[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުންދޭ މުދާ 10

  1. ނިންމުން

ވަރިކުރުމަށްފަހު މުދަލެއް ދިނުމަކީ ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި ޞަރީޙަކޮށް އެފަދައިން ވަޙީކުރައްވާފައެވެ.

  • ވަރިކުރުމަށްފަހު އަންހެނާއަށް މުދަލެއް ދެވޭ މައިގަނޑު ސަބަބަކީ ވަރިކުރުމުގެ ސަބަބަން އޭނާއަށް މެދުވެރިވާ ގެއްލުންތައް ފޫބެއްދުމުގެ ގޮތުންނެވެ.
  • ވަރިކުރުމަށްފަހު ދެވޭ މުދަލުގެ ވަކި މިންވަރެއް ކަނޑައަޅާފައިވާ ނައްޞެއް ނުވެއެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ އެކަމުގައި ބެލެވޭނީ ކޮންމެ މުޖުތަމަޢުއެއްގެ ޢުރްފަށް ކަމަށެވެ.
  • އަންހެނާ ވަރިކުރުމަށްފަހު ދޭންޖެހޭ މުދަލުގެ މިންވަރު ކަނޑައެޅުމުގައި، ބައެއް ޤާނޫނުތައް ހަދާފައިވާގޮތުން ފިރިހެންމީހާއަށް ބޮޑެތި ގެއްލުންތައް ވާގޮތަށް ހަދާފައިވެއެވެ.
  • ހުޅަނޑުގެ ވަޟުޢީ ޤާނޫނުތަކަށް މިފަދަ މައްސަލަތަކުގައި ޙުކުމްކުރުމަކީ ޙަރާމްކަމެކެވެ.
  • މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ މިފަދަ މައްސަލަތަކުގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމްކުރާ ޝަރުޢީ ކޯޓުތަކަށް ރުޖޫޢަވުމެވެ. އަދި އެފަދަ ކޯޓަކުންކުރާ ޙުކުމްތައް ޤަބޫލުކުރުން ލާޒިމުވެގެންވެއެވެ.
  • ވަޟުޢީ ޤާނޫނުތަކުން ޙުކުމްކުރާ ކޯޓުތަކުން ޙުކުމްކޮށްގެން އަންހެނާއަށް ލިބޭ މުދާ ނެގުން އެ އަންހެނާއަށް ހުއްދަވެގެން ނުވެއެވެ. އޭނާގެ މައްޗަށް ލާޒިމުވެގެންވަނީ ހަމައެކަނި ޝަރުޢީ ގޮތުން ކަނޑައަޅާފައިވާ މިންވަރު ނެގުން އެކަންޏެވެ. އަދި އެއަށްވުރެ އިތުރަށް ކޯޓުން ދީފިނަމަ ފިރިމީހާއަށް އެބައި ރައްދުކުރުން ހުށްޓެވެ.

والله أعلم.

وصلى الله على نبينا محمد وعلى آله وصحبه أجمعين والحمد لله رب العالمين.

= ނިމުނީ =

ލިޔެ ޖަމާކުރީ

އައްޝައިޚް ޔާމީން ނާޞިރު

އައްޝައިޚް ޢިމްރާން މުޙައްމަދު

 

________________________

މިލިޔުމުގެ އެހެނިހެން ބައިތައް