[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الضحى ގެ ތަފްސީރު 4

ވަޙީކުރެއްވިއެވެ.

﴿ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴾ 

މާނައީ: “ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟  ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވެހިކަން (އަދި ރައްކާތެރިކަން) ދެއްވިއެވެ.

މިތަނުގައި މިވާ ސުވާލުގެ މުރާދަކީ “تقرير” އެވެ، އެއީ އެކަން ބަޔާންކޮށްދެއްވުމެވެ. މާނައީ ކަލޭގެފާނު ޔަތީމެއްކަމުގައި ވަނިކޮށް ﷲ ދެނެވޮޑިގެންވިއެވެ. ދެން ﷲ ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ. ބައްޕަ ނެތުމުން ޔަތީމަކުކަމުގައްޔާއި މަންމަ ނެތުމުން ޔަތީމަކުކަމުގައެވެ. އެހެނީ އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރިން ބައްޕާފުޅު ނިޔާވެއްޖެއެވެ. އަދި އެކަލޭގެފާނު ކިރުތުބުން ވީއްލުމުގެ ކުރިން މަންމާފުޅު އަވާރަވެއްޖެއެވެ.

އެހެނެއްކަމަކު ﷲ ތަޢާލާ އެކަލޭގެފާނު ރައްކާތެރިކުރެއްވިއެވެ. އަދި ﷲ އެދިވޮޑިގަންނަވާ ހިސާބަށް ވާޞިލްވަންދެން އެކަލޭގެފާނު ތަރުބިއްޔަތުކުރުމާއި ދިފާޢުކުރުމުގައި ތެދުވެއްޖެ ކޮންމެ މީހަކަށްމެ އެކަން ﷲ ފަސޭހަކޮށްދެއްވިއެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ.

﴿ يَتِيمًا فَآوَىٰ ﴾ މިއާޔަތުގެ ﴿ فَآوَىٰ ﴾ މިލަފްޒުގެނެވިފައިމިވަނީ ، ލަފުޒީ ސަބަބަކާ މަޢުނަވީ ސަބަބަކާ ހުރެއެވެ. – އެކަން ﷲ މޮޅަށް ދެނެވޮޑިގެންވެތެވެ. – ލަފްޒީ ސަބަބަށް ބަލައިލާއިރު:

ސޫރަތް ފެށިގެން މިހާހަމައަސް ނިމުން އެއްގޮތް ވުމަށެވެ. އަދި މަޢުނަވީ ސަބަބަށް ބަލައިލާއިރު:

މިއާޔަތުގައި فَآوَاك ވާނަމަ އޭގެން ނެގޭނެ މާނައަކީ ހަމައެކަނި އެކަލޭގެފާނަށް ހިމާޔަތްދެއްވުމެވެ.  ނަމަވެސް ކަން ހިނގާފައިވަނީ އެއަށްވުރެ ފުޅާ ދާއިރާއެއްގައެވެ. ﷲ ތަޢާލާވަނީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ސަބަބުން މުއުމިނުންނަށް ހިޔާވެހިކަމާއި ރައްކާތެރިކަން ދެއްވާފައެވެ. އެބައިމީހުންނަށް ނަޞްރާއި ބާރު ދެއްވާ އެބައިމީހުން ދިފާޢުކުރެއްވިއެވެ.

= ނުނިމޭ =

މިސޫރަތުގެ އެހެނިހެން ބައިތައް