[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (3)

އަދި الشَّافِعِي ވިދާޅުވެފައި ވެއެވެ. ((كان ابن سيرين، وإبراهيم النخعي، وغير واحد من التابعين يذهبون إلى أن لا يقبلوا الحديث إلا عمن عرف وحفظ، وما رأيت أحدا من أهل العلم بالحديث يخالف هذا المذهب، وكان طاوس إذا حدثه رجل حديثا قال: إن كان حدثك حافظ ملي، وإلا فلا تحدث عنه))[1] {މާނައީ: [ޙަދީޘް ރިވާކުރި ރާވީއަކީ ކާކުކަމާއި އޭނާގެ حِفْظُ ކުރުމުގެ (އެބަހީ، ހިތުދަސްކުރުމުގެ) ބާރު ހުރި މިންވަރު ނޭނގޭނަމަ، اِبْنُ سِيْرِيْنُ އާއި إِبْرَاهِيْمُ النَّخَعِيّ އާއި އިތުރު އެތަކެއް ތާބިޢީންނެއް އެފަދަ ޙަދީޘް ޤަބޫލުނުކުރައްވަތެވެ. އަދި ޙަދީޘް ޢިލްމުވެރިންކުރެ އެއްވެސް ބޭފުޅަކު މި ގޮތާ ޚިލާފަށް ޢަމަލުކުރައްވާފައިވާތީ އަހުރެން ނުދެކެމެވެ. ޠާވޫސަށް މީހަކު ޙަދީޘެއް ކިޔައިދީފިނަމަ ވިދާޅުވެތެވެ. “ތިބާއަށް އެ ޙަދީޘް ކިޔައިދިނީ حَافِظُ އަކު ކަމުގައިވާނަމަ (އެންމެ ރަނގަޅެވެ.)، މިއާޚިލާފަށް، އެއީ حَافِظُ އަކު ކަމުގައިނުވާނަމަ، އޭނާގެ ފަރާތުން ޙަދީޘް ރިވާނުކުރާށެވެ!”]}

އަދި سَعْدُ بنُ إِبْرَاهِيْمُ ވިދާޅުވި އެވެ. ((لا يحدث عن رسول الله صلى الله عليه وسلم إلا الثقات))[2] {މާނައީ: [ثِقَة ރާވީންނަށް މެނުވީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން (އަންނަ ޙަދީޘްތައް) ރިވާނުކުރެވޭނެ އެވެ.]} އެ ބޭފުޅާގެ އަރިހުން ވާރިދުވެގެންވާ އެހެން ރިވާޔަތެއްގައި ވެއެވެ. ((كان يقال: خذوا الحديث من الثقات))[3] {މާނައީ: [އެ ބޭފުޅާ ވިދާޅުވާކަމުގައި ވިއެވެ: ثِقَة ރާވީންގެ ފަރާތުން ޙަދީޘް ލިބިގަންނާށެވެ!]}

އަދި أَبُو الزّنَادُ ވިދާޅުވެފައި ވެއެވެ. ((أدركت بالمدينة مائة كلهم مأمون، ما يؤخذ عنهم الحديث، يقال: ليس من أهله))[4] {މާނައީ: [މަދީނަތުލްމުނައްވަރާގައި، އެއިން އެއްވެސް މީހެއްގެ ފަރާތުން ޙަދީޘެއް ނުނެގޭ ސަތޭކަ އަމާނާތްތެރިންނާ އަހުރެންނާ ބައްދަލުވި އެވެ. ބުނެވޭކަމުގައި ވިއެވެ: ޙަދީޘްގެ އަހުލުވެރިންގެ ތެރޭގައި އެއުރެން ނުހިމެނެއެވެ.]}

އަދި مَالِكُ ވިދާޅުވެފައި ވެއެވެ. ((لا يؤخذ العلم من أربعة، ويؤخذ ممن سوى ذلك، لا تأخذ من سفيه معلن بالسفه وإن كان أروى الناس، ولا تأخذ من كذاب يكذب في أحاديث الناس، إذا جُرِّب ذلك عليه، وإن كان لا يتهم أن يكذب على رسول الله صلى الله عليه وسلم، ولا من صاحب هوى يدعو الناس إلى هواه، ولا من شيخ له فضل وعبادة إذا كان لا يعرف ما يحدث))[5] {މާނައީ: [ހަތަރު މީހެއްގެ ފުށުން ޢިލްމެއް (އެބަހީ، ޙަދީޘެއް) ނުނެގެއެވެ. އެ ނޫން މީހުންގެ ފުށުން ޢިލްމު ނެގެއެވެ. ސަފީހުކަން ފާޅުވެ އެނގިގެންވާ ސަފީހެއްގެ ފުށުން ޢިލްމެއް ނުނެގެއެވެ. އޭނާއީ، މީސްތަކުންގެ ތެރެއިން އެންމެ މުރޫއަތްތެރިމީހާ ކަމުގައި ވިޔަސް މެއެވެ. އަދި މީސްތަކުންނާ ވާހަކަދައްކާއިރު ދޮގުހަދާ ދޮގުވެރިޔާގެ ފުށުން ވެސް ޢިލްމެއް ނުނެގެއެވެ. އެއީ، އެ ކަން އޭނާގެ ފުށުން ތަޖުރިބާކުރެވިއްޖެނަމަ އެވެ. އެއީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އޭނާ ދޮގުހަދައިފާނެކަމަށް ތުހުމަތު ނުކުރެވުނުކަމުގައި ވިޔަސް މެއެވެ. އަދި އޭނާގެ ހަވާނަފްސަށް މީސްތަކުންނަށް ދަޢުވަތުދީ އުޅޭ ހަވާނަފްސަށް ތަބާވާ މީހާގެ ފުށުން ވެސް ޢިލްމެއް ނުނެގެއެވެ. އަދި އޭނާ ދައްކާ ވާހަކަ ޚުދު އޭނާއަށް ވެސް ނޭނގޭ ދަރަޖައިގެ ދުވަސްވީ މާތް އަޅުވެރިޔާގެ ފުށުން ވެސް (މުތަރުޖިމު: އެބަހީ، ޢުމުރުން ދުވަސްވުމުގެ ސަބަބުން، ހަމަނުޖެހޭ ގޮތަށް އޮޅުންބޮޅުންއަރާ ގޮތަށް ވާހަކަދައްކައިއުޅޭ ޞާލިޙު އަޅުވެރިޔާގެ ފުށުން ވެސް) ޢިލްމެއް ނުނެގެއެވެ.]}

އަދި ވެސް (مَالِكُ) ވިދާޅުވެފައި ވެއެވެ. ((لقد أدركت بهذا البلد -يعني المدينة- مشيخة لهم فضل وصلاح وعبادة، يحدثون، ما سمعت من واحد منهم حديثا قط، قيل: ولم يا أبا عبدالله؟ قال: لم يكونوا يعرفون ما يحدثون))[6] {މާނައީ: [ހަމަކަށަވަރުން، މި ރަށުގައި (އެބަހީ، މަދީނަތުލްމުނައްވަރާގައި) ޙަދީޘް ރިވާކޮށްއުޅޭ މާތް ޞާލިޙު އަޅުވެރި ޝައިޚުންތަކަކާ އަހުރެންނާ ބައްދަލުވެފައި ވެއެވެ. އެއިން އެއްވެސް ބޭފުޅެއްގެ ފަރާތުން އެއްވެސް ޒަމާނެއްގައި އަހުރެން ޙަދީޘެއް އަޑެއް ނާހަމެވެ. ބުނެވުނެވެ: އޭ އަބޫ ޢަބްދިﷲ އެވެ! އެއީ (އެބަހީ، އަޑުނާހަނީ) ކީއްވެގެންތޯއެވެ؟ ވިދާޅުވިއެވެ: އެއުރެން ދައްކާ ވާހަކަ އެއުރެންނަށް (ވެސް) ނޭނގޭތީއެވެ. (މުތަރުޖިމު: އެބަހީ، ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ޙަދީޘް ހިތުގައި ހަރުލެއްވުމުގައި މައްސަލަޖެހި، އޮޅުންބޮޅުން އަރާފައި ތިބޭތީ އެވެ.)]}

=ނުނިމޭ=

ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)

މިލިޔުމުގެ އެހެނިހެން ބައިތައް


[1]  ((الكفاية)) ص132، وانظر: ((صحيح مسلم)) 15:1.

[2]  ((صحيح مسلم)) 15:1، و((الكفاية)) ص32.

[3]  ((الجامع لأخلاق الراوي)) 130:1.

[4]  ((صحيح مسلم)) 15:1.

[5]  ((المعرفة والتاريخ)) 684:1، و((الكفاية)) ص116، و((الجامع لأخلاق الراوي)) 139:1.

[6]  ((المعرفة والتاريخ)) 684:1، و((الكفاية)) ص116، و((الجامع لأخلاق الراوي)) 139:1.