[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޚްލާޞްތެރިކަމަކީ ކޮބާ ހެއްޔެވެ؟

އިޚްލާޞްތެރިކަމުގެ ދެނެގަނެވޭނެ މިންގަނޑަކީ: ޢަމަލެއް ކުރާއިރު ﷲ އަށްޓަކައި އެޢަމަލުކުރުމެވެ. އަދި ﷲ ނޫން ފަރާތަކަށްޓަކައި އެކަން ނުކުރުމެވެ. އެކަމަކީ ކަންދެއްކުމަށްޓަކައި ނުވަތަ މީސްތަކުންނަށް އިއްވުމަށްޓަކައި ނުވަތަ މަތިވެރިކަން ހޯދުމަށްޓަކައި ނުވަތަ މީހަކާ ގާތްވުމަށްޓަކައި ކުރާކަމަކަށްވެގެން ނުވާނެއެވެ. އަދި މީސްތަކުން އެކަމަށްޓަކައި މަދަޙަޘަނާ ކިޔާތޯ ބަލާކަށް ނުޖެހެއެވެ. އަދި ފާޑުކިޔާފާނެތީ ބިރުގަންނާކަށްވެސް ނުޖެހެއެވެ. ފަހެ ތިބާ ﷲ އަށްޓަކައި ކަމެއްކުރުމަށް ނިޔަތްގަނެފިނަމަ، ތިބާއަކީ އެކަމުގައި އިޚްލާޞްތެރިމީހެއްނަމަ މީސްތަކުންނަށް ދެއްކުމަށްޓަކައި އެކަން ޒީނަތްތެރިއެއް ނުކުރާނެއެވެ.

ފުޟައިލު ބުން ޢިޔާޟް ވިދާޅުވިއެވެ.

“މީސްތަކުންނަށްދެއްކުމަށްޓަކައި ޢަމަލުކުރުމަކީ ޝިރުކެކެވެ. އަދި މީސްތަކުންނާހެދި ޢަމަލެއް ދޫކޮށްލުމަކީ ދެއްކުންތެރިކަމެވެ. އިޚްލާޞްތެރިކަމަކީ އެދެކަމުންވެސް، ﷲ ތަޢާލާ ތިބާ ސަލާމަތްކޮށްދެއްވުމެވެ.”

ފަހެ ތިބާގެ ހުރިހާ ޢަމަލެއް ﷲ އަށްޓަކައި ޚާލިޞްކުރާށެވެ. އަދި އެއްވެސް މީހަކަށް ނުބަލާށެވެ. އަންނަނިވި ވަޙީބަސްފުޅުގައިވާ މީހުންގެ ތެރެއިންވާށެވެ.

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމުތަކުގެ ވެރި ﷲ އަށެވެ. [162] އެއިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުންމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ. [163] “

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް