[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (26)

ބައެއްފަހަރު ޖިންނީން އެފަދަ މީހުންގެ ސޫރައިގައި ޢަރަފާތުގައި ވެސް ތިބެއެވެ. އެފަދަ މީހުންނާމެދު ހެޔޮކޮށް ދެކޭމީހުން ހަމަ ޙަޤީޤަތުގައިވެސް އޭނާ ޢަރަފާތުގައި ހުރީކަމަށް ހީކުރެއެވެ. އަދި ޝައިޠާނާ ވަރަށް ގިނަ މީހުން ޢަރަފާތަށާއި އެނޫންވެސް ޙުރުމަތްތެރިވެގެންވާ ތަންތަނަށް ގެންދެއެވެ. ފަހެ، އެފަދަމީހުން އިޙްރާމް ބަނުމެއް ތަލްބިޔާ ކިޔުމެއް ނެތި މީޤާތު ހުރަސްކުރެއެވެ. އަދި ގެފުޅު ވަށައިގެން ޠާވާފެއް ނުކުރެއެވެ. އަދި ޞަފާއާ މަރުވާއާ ދެމެދު ސަޢުޔެއްވެސް ނުކުރެއެވެ. އަދި އޭގެތެރޭން ބައެއް މީހުން މައްކާ ހުރަސްކޮށްފައިވެސް ނުދެއެވެ. އަދި އޭގެތެރެއިން ބައެއްމީހުން ޢަރަފާތުގައި ތިބުމަށްފަހު ޖަމުރާތަކަށް ހިލަ އުކުމެއް ނެތި އެނބުރި ދެއެވެ. މިފަދަ ގޮތްގޮތުން ޝަރީޢަތުގައި ނަހީކުރައްވާފައިވާ ކަންކަމުން ޝައިޠާނުން މީހުން މަގުފުރައްދައެވެ. ވާޖިބު ނުވަތަ ސުންނަތްކަމަކަށް ނުވާ، ޙަރާމް ނުވަތަ މަކްރޫހަ ކަންކަމުންނެވެ. ޝައިޠާނާ މީސްތަނުންނަށް ޒީނަތްތެރިކޮށްދެނީ އެއީ ޞާލިޙުންގެ ކަރާމާތްތަކުގެ ގޮތުގައެވެ. އެހެނެއްކަމަކު އެއީ ޝައިޠާނާގެ އޮޅުވާލުންތަކެކެވެ. ފަހެ، ވާޖިބު ނުވަތަ މުސްތަޙައްބު ކަމެއް މެނުވީ ﷲ ތަޢާލާގެ ޙަޟްރަތަށް އަޅުކަމެއްގެ ގޮތުގައި އަދާ ނުކުރެވޭނެއެވެ. ފަހެ، ވާޖިބު ނުވަތަ މުސްތަޙައްބު ނޫން ކަމެއް އެއީ ވާޖިބު ނުވަތަ މުސްތަޙައްބު ކަމެއްކަމުގައި ދެކިގެން ކޮށްފިނަމަ ދަންނައެވެ. ހަމަކަށަވަރުން އެމީހަކަށް ޝައިޠާނާ އެކަން ޒީނަތްތެރިކޮށްދީފިއެވެ. އޭނާގެ ނިޔަތް ރަނގަޅުވެ އެކަމުގައި އޭނާ ގަދައަޅާ މަސައްކަތްކުރުމުން ﷲ ތަޢާލާ އޭނާއަށް ފުއްސަވައިދެއްވަފާނެކަމަށް ބެލިޔަސް، މިފަދަ ކަންކަމަކީ ތަޤުވާވެރި ވަލީވެރިންގެ ކަރާމާތެއްކަމުގައި ﷲ ތަޢާލާ ލެއްވި ކަންކަމެއް ނޫނެވެ. އެހެނީ ޙަރާމް ކަންކަމާއި މަކްރޫޙަ ކަންކަން ކަރާމާތްތެރިވެގެން ނުވެއެވެ. ކަރާމާތްތެރިކަންވަނީ އެފަދަކަންކަމުން ރައްކާތެރިވެ މަނާވެގެންނެވެ. އެފަދަކަންކަމުގެ ސަބަބުން އީމާންތެރިކަން ދަށްވާނީއެވެ. އިތުރެއް ނުވާނެއެވެ. އޭނާއަށް އެކަމުން ޢަޛާބު ނުލިބުނުނަމަ އޭނާގެ ދަރަޖަ އެކަމުން އުނިވެގެންދާނެއެވެ. އަދި އެފަދަ މީހުންނަށް މަތިވެރިކޮށް ހިތައި، ޘަނާ ކިޔާ އުޅޭ، އެމީހުންނަށް ތަބާވީ މީހުންގެ ދަރަޖަވެސް އުނިވެގެންދާނެއެވެ.

ފަހެ، ޙަރާމް ކަންކަމާއި މަކްރޫޙަ ކަންކަމަށް ޘަނާ ކިޔުމާއި އެފަދަ ކަންކަން ކުރާމީހުން މަތިވެރިކުރުން ވާކަން ކަށަވަރީ ﷲ ތަޢާލާގެ މަގުން އެއްކިބާވެ މަގު ފުރެދުމަކަށެވެ. އަދި އަޅަކު އިޖުތިޙާދުކޮށް ބިދުޢައެއް ގެންނަ ކޮންމެ ފަހަރަކު އޭނާ ﷲ ތަޢާލާއާ ދުރަށް ޖެހެއެވެ. އެހެނީ އޭރުން އެވަނީ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާ އަދި ޞާލިޙުންގެ ތެރެއިން ﷲ ތަޢާލާ ނިޢުމަތް ދެއްވި މީހުންގެ މަގުން ނުކުމެ ﷲ ތާޢާލާ ކޯފާވެވޮޑިގެންވާ މީހުންނާއި މަގުގެއްލިފައިވާ މީހުންގެ މަގުތަކަށް ވަދެވިފައެވެ…

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް