[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެޔޮ ކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ދޫކޮށްލައިފި މީހަކަށް ހުރި ގެއްލުންތައް

މީސްތަކުންދެކެ ބިރުން، ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުންދޫކޮށްލައިފިމީހަކު ދަންނައެވެ. އޭނާއަށް ކިޔަމަންވުމުން މީސްތަކުން ދުރުހެލިވާނެއެވެ. އަދި މީސްތަކުން އޭނާއަށް ޖެހިލުން ނުވާނެއެވެ. ފަހެ އެކަމުގައި ދޫ ދިނުމުން ދުރުހެލިވާށެވެ. އެއީ ނިކަމެތިކަމުގެ ފުޅާ ދޮރެކެވެ.

އެކަމުގެ ސަބަބުން ތިބާދެކެ މީހަކު ރުޅިއަތުވެއްޖެނަމަ ހިތާމަނުކުރާށެވެ. ނުވަތަ ތިބާ އަމުރެއް ކުރުމުން ނުވަތަ ކަމެއް ނަހީކުރުމުން ތިބާއާ ދުރުވެއްޖެމީހަކާ މެދުގައިވެސް ހިތާމަނުކުރާށެވެ.

މަޚްލޫޤުންގެ ކިބައިން ކަންކަމަށް އުންމީދު ނުކުރާށެވެ. ތިބާއަށް ފުދޭ މިންވަރަށް ކާއިނާތުގެ ވެރިރައްބު ދެއްވާނެކަން ޔަޤީންކުރާށެވެ.

މިމަތިވެރި ޝިޢާރު ފާޅުކުރުމަކުން ތިބާގެ ރިޒުޤުކެނޑިގެން ނުދާނެއެވެ. އަދި ތިބާގެ އަޖަލު ގާތްވެގެންވެސް ނުދާނެއެވެ.

ޢަލީ ބުން އަބީ ޠާލިބު رضي الله عنه ވިދާޅުވިއެވެ.

” ހެޔޮކަންތައްތައް އެއީ ރަނގަޅު ކަންތައްތައްކަމުގައި އޭނާގެ ހިތުން އިޤުރާރު ނުވެ އަދި މުންކަރާތްތަކަށް އޭނާގެ ހިތުން އިންކާރުނުކުރާމީހާ ދަންނައެވެ. އެމީހާ އެކުއެކީ އިދިކޮޅުވެ ވަތަށް ޖަހާނެއެވެ. (އެބަހީ: އެކީ ބަދަލުވާނެއެވެ.)”

މިއަޅުކަން ދޫކޮށްލައިފި މީހަކު ދަންނައެވެ. ފާފަވެރިން އޭނާ ކުޑާމީސްކުރާނެއެވެ. އަދި ޝަރީޢަތުގައިވާ ގޮތާ ޚިލާފަށް އޭނާގެ މައްޗަށް ބަސްކިޔާނެ މީހަކު އިސްވުމަށް، ﷲ ތަޢާލާ މެދުވެރިކުރައްވާނެއެވެ.

________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް