[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ނަމާދުގައި ގަނޑު ބަލައިގެން ދުޢާކުރުމުގެ ޙުކުމް

ވަރަށް މަދު ދުޢާއެއް މެނުވީ އަޅުގަނޑަށް ހިތުދަސްވެފައި ނުވެއެވެ. ފަހެ، ގަނޑެއްގައި ބައެއް ދުޢާތައް ލިޔެގެން އެގަނޑު ބަލައިގެން ނަމާދުގައާއި ނަމާދުން ބޭރުގައި ދުޢާކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟

މީހަކަށް ދުޢާތައް ދަސްވެފައި ނުވާނަމަ، އެ ދުޢާތައް ގަނޑެއްގައި ލިޔެގެން ދުޢާކުރަންޖެހޭ ވަޤުތުތަކުގައި އެދުޢާތައްކުރުމަކީ މައްސަލައެއް ނޫނެވެ.  އެއީ މިސާލަކަށް ރޭގަނޑުގެ (ތިން ބައިން) ފަހުބައިގައާއި ރޭގަނޑުގެ އެކި ވަޤުތުތަކާ އަދި އެނޫންވެސް ވަޤުތުތަކުގައެވެ. ދަތިކަމަކަށް ނުވާނަމަ، އެންމެ ފުރިހަމަ ގޮތަކީ އެދުޢާތައް ހިތުދަސްކޮށްގެން ޚުޝޫޢަތްތެރިކަމާއެކު ކިޔުމެވެ.

ނަމާދުގައި އެފަދައިން ދުޢާކުރުމާމެދު ދަންނައެވެ. އެންމެ މޮޅު އިތުރު ގޮތަކީ ދުޢާތައް ހިތުދަސްކޮށްގެން، ކުރު ދުޢާތައް ކިޔުމެވެ.

މިސާލަކަށް އައްތަޙިއްޔާތުގައި ނުވަތަ ދެސަޖިދަ ދެމެދުގައި ގަނޑެއްބަލައިގެން ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދުޢާތައް ހިތުދަސްކުރުމަކީ ޚުޝޫޢަތްތެރިކަމާ އެންމެ ގާތްކަންބޮޑުގޮތެވެ.

والله ولي التوفيق.

سماحة الشيخ عبدالعزيز بن باز – رحمه الله –

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

___________________________________

[1] نشر في كتاب الدعوة ج1 ص72.

މަޞްދަރު