[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން – މުއުމިނުންގެ މައިކަނބަލުން رضي الله عنهن -1

ރަސޫލުﷲ صلى الله عليه وسلم ކައިވެނި ބައްލަވައިގެންނެވި ބޭކަނބަލުންނަކީ:

 

 

  1. ޚަދީޖާ ބިންތު ޚުވައިލިދު رضي الله عنها:

އެކަލޭގެފާނު عليه الصلاة والسلام ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ ބޭކަނބަލަކީ މިއީއެވެ. އެކަލޭގެފާނު އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 25 އަހަރެވެ. އެކަމަނާ އަވަހާރަވެވަޑައިގަތުމުގެ ކުރިން އިތުރު ކައިވެނިފުޅެއް އެކަލޭގެފާނު ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ އެންމެހާ ދަރިކަލުންނާއި ދަރިކަނބަލުންނެއް ލިބިވަޑައިގެންނެވީ އެކަމަނާގެ ފުށުންނެވެ. އެއީ އިބްރާހީމް ފިޔަވައެވެ.

“ނަބިއްޔާ صلى الله عليه وسلم އާ ޚަދީޖަތުގެފާނުގެ ކައިވެނިފުޅާއި އެކަމަނާ رضي الله عنها ގެ މާތްކަން” މިނަމުގައި އަލްބުޚާރީ رحمه الله ވަނީ އެކަލޭގެފާނުގެ ޞަޙީޙުގައި ބާބެއް ގެންނަވާފައެވެ. އަދި އެބާބުގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

((مَا غِرْتُ عَلَى امْرَأَةٍ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، مَا غِرْتُ عَلَى خَدِيجَةَ، هَلَكَتْ قَبْلَ أَنْ يَتَزَوَّجَنِي، لِمَا كُنْتُ أَسْمَعُهُ يَذْكُرُهَا)) [رواه البخاري  3815]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޚަދީޖަތުގެފާނުގެ މައްޗަށް، ތިމަންކަމަނާ ޣީރައްތެރިވެވަޑައިގެންނެވި ވަރަށް، އެހެން އެއްވެސް އަނބިކަނބަލެއްގެ މައްޗަށް ޣީރަތްތެރިވެވަޑައި ނުގަންނަވަމެވެ. އެއީ އެކަލޭގެފާނު ތިމަންކަމަނާއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން އެކަމަނާ އަވަހާރަވިކަމުގައި ވިޔަސް، އެކަމަނާގެ ވާހަކަ އެކަލޭގެފާނު ޛިކުރު ކުރައްވާ އަޑު އިވިވަޑައިގަންނަވާލެއް ގިނަކަމުންނެވެ.”

 

=ނުނިމޭ=

______________________________________________

 

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް

 

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން