[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން – މުއުމިނުންގެ މައިކަނބަލުން رضي الله عنهن -5

7. ޖުވައިރިޔާ ބިންތު އަލްޙާރިޘް رضي الله عنها:

 

ބަނޫ އަލްމުޞްޠަލަޤު ހަނގުރާމައިގައި މުސްލިމުންގެ އަސީރެއްގެ ގޮތުގައި އެކަމަނާ ގެނެވުނެވެ. އެކަމަނާ މިނިވަންވެވަޑައިގެންނެވުމުގެ ކަންކަމުގައި އެހީތެރިވެދެއްވުން އެދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އެކަމަނާ ވަޑައިގެންނެވިއެވެ. ފަހެ، އެކަމަނާ މިނިވަންވުމުގެ އަގަކީ، އެކަމަނާ އެކަލޭގެފާނާ ކައިވެނި ބައްލަވައިގެންނެވުމުން ކައިވެނީގެ ރަންކަމުގައި ހަމަޖައްސަވައިދެއްވުމަށް އެކަލޭގެފާނު ހުށަހެޅުއްވުމުން އެކަމަނާ އެކަން ޤަބޫލުކުރެއްވިއެވެ. ދެން ފަހެ، އެކަލޭގެފާނު އެކަމަނާއާ ކައިވެނިބައްލަވައިގަންނަވާ އެކަމަނާ މިނިވަންކޮށްދިނުން އެއީ ކައިވެނީގެ ރަންކަމުގައި ހެއްދެވިއެވެ. އެކަން މީސްތަކުންނަށް އެނގުމުން، ރަސޫލާ صلى الله عليه وسلم ގެ ކައިވެނީގެ ސަބަބުން ޅިޔަންފަހަރިންނަށްވީ މީހުންނަށް މާތްކޮށް ހިތުމުގެ ގޮތުން، އެބައިމީހުންގެ އަތުގައިވި އަސީރުން މިނިވަންކުރިއެވެ. ފަހެ، އެކަމަނާ ފިޔަވާ އެހެން އަންހެނަކު އޭނާގެ ޤައުމުގެ މީހުންނަށް އެފަދަ ބޮޑު ބަރަކާތެއް ގެނެސްނުދެއެވެ. [رواه ابن إسحاق بإسناد حسن ، سيرة ابن هشام 3/408-409]

 

8. ޒައިނަބް ބިންތު ޖަޙުޝް رضي الله عنها:

 

އެކަމަނާއާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީ ބާއްވައިލެއްވެވިއެވެ.

﴿فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا لِكَيْ لَا يَكُونَ عَلَى الْمُؤْمِنِينَ حَرَجٌ فِي أَزْوَاجِ أَدْعِيَائِهِمْ إِذَا قَضَوْا مِنْهُنَّ وَطَرًا﴾ [سورة الأحزاب 37]

މާނައީ: “ފަހެ، ޒައިދު އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް ޢިއްދަ ހަމަވުމުން) ތިމަންއިލާހު، ކަލޭގެފާނާ އެކަމަނާއާ ކައިވެނިކޮށްދެއްވީމެވެ. އެއީ މުއުމިނުންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައިފިހިނދު (ވަރިކޮށްފިހިނދު)، އެއުރެންނާ ކައިވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ.”

އަދި އެކަމަނާ މިކަމާ ފަޚްރުވެރިވެވަޑަގެން ނަބިއްޔާ صلى الله عليه وسلم ގެ އެހެން އަނބިއަނބިކަނބަލުންނަށް ވިދާޅުވެއެވެ.

“زَوَّجَكُنَّ أَهَالِيكُنَّ، وَزَوَّجَنِي اللَّهُ تَعَالَى مِنْ فَوْقِ سَبْعِ سَمَوَاتٍ” [رواه البخاري 7420]

މާނައީ: “ތިޔަކނބަލުން ކައިވެނިކޮށްދެއްވީ ތިޔަކަނބަލުންގެ އަހުލުންނެވެ. އަދި ތިމަންކަމަނާ ކައިވެނިކޮށްދެއްވީ ހަތް އުޑުގެ މަތިން ﷲ ތަޢާލާއެވެ.”

=ނުނިމޭ=

______________________________________________

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން