[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން – މުއުމިނުންގެ މައިކަނބަލުން رضي الله عنهن -7

11. ޞަފިއްޔާ ބިންތު ޙުޔައްޔު ބުން އަޚްޠަބް رضي الله عنها:

 

ރަސޫލުﷲ صلى الله عليه وسلم އެކަމަނާއާއި ކައިވެނި ބައްލަވައިގެންނެވީ ޚައިބަރު ހަނގުރާމައިގެ ފަހުން އެކަމަނާ މިނިވަންކުރެއްވުމަށް ފަހުގައެވެ. [رواه البخاري 371]

 

*********

 

ފަހެ، މިއަނބިއަނބިކަނބަލުންނަކީ ނަބިއްޔާ صلى الله عليه وسلم އެބޭކަނބަލުންނާ ކައިވެނި ބައްލަވައިގެންނެވުމަށްފަހު، އެއްދާންކުރެއްވި ބޭކަނބަލުންނެވެ. އަދި މީގެ ތެރެއިން ދެ ބޭކަނބަލަކު ނަބިއްޔާ صلى الله عليه وسلم ޙަޔާތްފުޅުގައި އަވަހާރަވިއެވެ. އެއީ ޚަދީޖަތުގެފާނާއި ޒައިނަބު ބިންތު ޚުޒައިމާ رضي الله عنهما އެވެ. އެކަލޭގެފާނު އަވަހާރަވީއިރު ދެންތިބި ނުވަ ބޭކަނބަލުން ދުނިޔޭގައި ތިއްބެވިކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ. [ބައްލަވާ: زاد المعاد 1/105-114]

 

އަދި ރައިޙާނާ ބިންތު ޢަމްރު އައްނަޟަރިއްޔާ (އަލްޤުޡަރިއްޔާ ކަމަށްވެސް ބުނެވެއެވެ.) ވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރޭގައި ހިމެނޭކަމަށް ބުނެވެއެވެ. ބަނޫ ޤުރައިޡާގެ ހަނގުރާމައިގެ ދުވަހު އެކަމަނާ އަސީރުކުރެވުނެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ނަފްސަށް އެކަމަނާ އިޚްތިޔާރުކުރެއްވިއެވެ. އަދި އެކަމަނާ މިނިވަންކުރައްވާ ކައިވެނި ބައްލަވައިގެންނެވިއެވެ. ދެން ވަރިކުރެއްވިއެވެ. އަދި އަނެއްކާ ކައިވެނި ބައްލަވައިގެންނެވިއެވެ. [طبقات ابن سعد عن الواقدي 8/130]

 

އަދި ބުނެވޭގޮތުގައި އެކަމަނާއަކީ އެކަލޭގެފާނުގެ އަޅެކެވެ. އެންމެ ރަނގަޅުގޮތަކީ މިއީކަމަށް އިބްނުލްޤައްޔިމް ޒާދުލްމަޢާދުގައި ވިދާޅުވެފައިވެއެވެ.

 

=ނިމުނީ=

______________________________________________

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން