[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ތުނބުޅި ދިގުކުރަނީއެވެ.

الحمد لله رب العالمين. والعاقبة للمتقين. ولاعدوان إلا على الظالمين. وأصلي وأسلم على المبعوث رحمة للعالمين. نبينا محمد وعلى آله وصحبه أجمعين. أما بعد

ޙައްޤާއި ބާޠިލާއި ކުރެވެމުން އަންނަ ހަނގުރާމައަކީ ހުރިހާ ޒަމާނެއްގައިވެސް ކުރެވޭ ހަނގުރާމައެކެވެ. މިގޮތުން ﷲގެ ދީނަށް އުޅެން މަސައްކަތް ކުރަމުންދާ މުއުމިނުންނަށް ހުރިހާ ޒަމާނެއްގައިވެސް ބާޠިލުގެ އަހުލުވެރިންގެ ދުއްތުރާތަކާއި ފުރައްސާރަތައް ކުރިމަތިވެއެވެ. މިކަންތަކަށް ކެތްތެރިވެ، މަރުއައިސް ބައްދަލުކުރަންދެން ޙައްޤުގެ މަގުގައި ޘާބިތުވެއްޖެ މީހަކަށް ބާއްޖަވެރިކަން ހުއްޓެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް، ޙައްޤަށް ތަބަޢަވާން މަސައްކަތް ކުރަމުންދާ މީހުންނަށް އެކި ޒާތްޒާތުގެ މަލާމާތާއި ފުރައްސާރައާއި ދަތިއުނދަގޫތައް ކުރިމަތިވަމުންދާ ދިއުމަކީ، މި ހަނގުރާމަ ކުރިއަށްދާ މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. މިގޮތުން ދުލާއި، އަތާއި، ފަޔާއި ހުރިހާ ގުނަވަނެއްގެ މިނިވަންކަމަށް ގޮވައިލެވޭ މިފަދަ ދުވަސްވަރެއްގައިވެސް، ﷲގެ ދީނަށް ތަބަޢަވެ އިސްލާމީ ފޭރާމުން ޒީނަތްތެރިވުމުގެ ފުރުސަތު ބަންދުކުރެވި، އިސްލާމީ ތަޢުލީމު ޙާޞިލުކުރުމުގެ މަގު ހަނިކުރެވެމުންދާ ދިއުން ފާހަނގަކޮށްލަން ޖެހެއެވެ. ހަމައެހެންމެ މީޑިއާގެ އެކިއެކި ވަސީލަތްތަކުން އިސްލާމީ ޝިޢާރުތަކަށާއި ޙައްޤުގެ އަހުލުވެރިންނަށް، ކުރެވެމުންދާ ފުރައްސާރައާއި މަލާމާތަކީވެސް ބަޔާންނުކޮށް ފަރުޖައްސައިލެވޭ ވަރަށްވުރެ، އޭގެ ޚުޠޫރަތްތެރިކަން ބޮޑުވެގެންވާ ކަމެކެވެ.

އާދެ، ވައްކަންކުރުމާއި، ފޭރުމާއި، މާރާމާރީ ހިންގުމާއި، ޒިނޭކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުންފަދަ ބޮޑުވެގެންވާ ޖަރީމާތައް ސައްތައިންސައްތަ މުސްލިމުންގެ މިދިވެހި ފަސްގަނޑުގައި ފެތުރެމުންދާކަމީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވެ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި އެކަންތައް ޙައްލުކުރުމަށް އެންމެން އަތުރުކުރިއޮޅައި މަސައްކަތްކުރަން ޖެހިފައިވާ ކަމެކެވެ. ނަމަވެސް މިގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި އެކަންތައްތަކުންވެސް، އެހެން މަޤްޞަދުތަކެއް ޙާޞިލުކުރަން މީޑިއާގެ ވަސީލަތްތަކުގެ އެހީގައި ބައެއް މީހުން މަސައްކަތްކުރަމުންދާތަން ފެންނަމުން ދެއެވެ.

ނަތީޖާއަކަށްވަނީ، ކަމުގެ ޙަޤީޤަތް ހޯދާބެލުމެއްނެތި، ބައެއްމީހުން އެ އެއްޗެހީގައި ހިފައި، ދީނުގެ ޝިޢާރުތަކަށް ފުރައްސާރަ ކުރަމުން ދިއުމެވެ. ނޭގިތިބެ ނަމަވެސް ކުފުރާއި ދިމާލަށް މިޞްރާބު ޖަހަމުން ދިއުމެވެ. ދީނުގައި އައިސްފައިވާ ކަންތައް ބަޔާންކޮށްދެވޭހިނދު، ‘ތުނބުޅިދިގުކޮށްގެން އުޅޭ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނޭ’، ‘މޫނުބުރުޤާ އަޅައިގެން އުޅޭ މީހުންނަކީ ވައްކަންކުރާ މީހުންނޭ’ ބުނުންފަދަ ބަސްތަކުން ދީނަށް އުޅެން މަސައްކަތްކުރާ އެންމެނަށް ޙުކުމް ޖަހަމުން ދިއުމެވެ.

އެފަދަ މީހުންނަށް ދަންނަވާލާހިތް އޮތީ، ތުނބުޅި ދިގުކޮށްގެން އުޅޭ މީހުން މަސްތުވާތަކެތި ބޭނުންކުރަނީއެއް ނޫނެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ތުނބުޅި ދިގުކުރަނީއެވެ. އަދި މޫނުބުރުޤާ އަޅައިގެންއުޅޭ މީހުން ވައްކަންކުރަނީއެއް ނޫނެވެ. ވައްކަން ކުރާމީހުން މޫނުބުރުޤާ އަޅަނީއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަންކުރާ މީހުންނަށްވެސް، މިއީ ޞާލިޙު އަޅުންގެ ފޭރާންކަން އެނގެއެވެ. އަދި ކިއެއްތަ! ކާފިރުންވެސް މިކަން ދަނެއެވެ. މުސްލިމުންނަށް ފުރައްސާރަ ކުރުމަށްޓަކައި އެބައިމީހުން ކުރަހާ ކުރެހުންތަކުންވެސް މެންދުރުގެ އިރުފަދައިން މިކަންތައް ހާމަވެގެންވެއެވެ.