[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙު މީހުންވެސް ދެއްކުންތެރިކަމުގެ މަޅީގައި ޖެހޭ ހެއްޔެވެ؟

ޝައިޠާނާ ވަރަށް ގިނަ ދޮރުން އަޅުތަކުންނާ ދިމާކުރެއެވެ. އަދި ކޮންމެ ބަޔަކަށްމެ އެބައެއްގެ ފޭރާމުގައި ކުރިމަތިލައެވެ. ވިޔަފާރިވެރިންނަށް ހިތްވަރުދެނީ ރިބާ ކެއުމަށެވެ. އަންހެން ކަނބަލުންނަށް ޒީނަތްތެރިކޮށްދެނީ ޙަރާމް ގޮތްތަކަށް ނަލަވުމަށެވެ. ހަމައެފަދައިން ޞާލިޙުންނާ ދިމާކުރަނީ ދެއްކުންތެރިކަމުގެ ދޮރުންނެވެ.

ދެއްކުންތެރިކަމާ ބެހޭގޮތުން އައްޠީބީ ވިދާޅުވިއެވެ.

“އެއީ ނަފްސުގެ އެންމެ ގެއްލުން ބޮޑު އެއް ފަސާދައެވެ. އަދި ފޮރުވިފައިވާ ދަންތުރައެކެވެ. އެކަމުގެ އަވައިގައި ޢިލްމުވެރިންނާއި އަޅުވެރިންނާ އަދި އާޚިރަތަށްޓަކައި ގަދައަޅާ މަސައްކަތްކުރާ މީހުންވެސް ޖެހެއެވެ.”

އަދި އެއީ އަޅާއަށް އެންމެ ވަންހަނާވެގެންވާ އަދި އެންމެ ގެއްލުންވެސް ބޮޑު ކަމެވެ. تيسير العزيز الحميد [1] އޭ ކިޔުނު ފޮތުގައިވެއެވެ.

” ދެންކުންތެރިކަމަކީ ދައްޖާލުގެ ފިތުނައަށްވުރެވެސް ޞާލިޙުންނަށް ބިރުހުރި ކަމެކެވެ.”

ޝައިޚުގެ ބަސްކޮޅު ނިމުނީ

ނަބިއްޔާ ﷺ ގެ ޞަޙާބީންނަށް އެކަން ޖެހިދާނެތީ އެކަލޭގެފާނު އެކަމާ ނުހަނު ބިރުފުޅުވެވަޑައިގެން، އެބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

((أَلَا أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ؟ فَقُلْنَا: بَلَى يَا رَسُولَ اللَّهِ قَالَ: «الشِّرْكُ الْخَفِيُّ أَنْ يَقُومَ الرَّجُلُ فَيُصَلِّيَ فَيَزِيدَ صَلَاتَهُ لِمَا يَرَى مِنْ نَظَرِ رجلٍ)) . [رَوَاهُ ابْن مَاجَه وحسنه الألباني]

މާނައީ: “މަސީޙުއް ދައްޖާލުގެ ފިތުނައަށް ވުރެވެސް ތިޔައިބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވާކަމެއްގެ ޚަބަރު ދެއްވަމުތޯއެވެ. ތިމަން ބޭކަލުން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އާދޭހެވެ. (ދެއްވާށެވެ.) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ފޮރުވިފައިވާ ޝިރުކެވެ. ފަހެ (އޭގެ މިޘާލަކީ) ތިޔަބައިމީހުންކުރެ މީހަކު ނަމާދުކުރުމަށް ތެދުވެފައި މީހަކު ބަލާތީވެ އެނަމާދު ދިގުކުރުމެވެ.”

ޞާލިޙު މީހަކު އޭނާގެ ޢަމަލުތައް ދެއްކުންތެރިކަމުގެ ގޮތުންކުރާނަމަ އާޚިރަތުގައި އެހެންމީހުންނަށްވުރެ ކުރިން އޭނާއަށް ޢަޛާބުދެއްވޭ ހުއްޓެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

((إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ. قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ ثُمَّ أُلْقِيَ فِي النَّارِ.)) [رواه مسلم]

މާނައީ: “ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ޝަހީދުވި މީހެއްގެއެވެ. އޭނާ ގެނެވޭނެއެވެ. ދެން(ޝަހީދެއްގެ ދަރަޖަ ހާސިލްކުރުމަށްޓަކައި) އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާ ހެއްޔެވެ؟ އޭނާ ޖަވާބުދޭނެއެވެ. ތިމަންނަ ޝަހީދުވަންދެން އިބަ އިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ. އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ ކަލޭތީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. (ދުނިޔެމަތީގައި) މީސްތަކުން ކަލޭތީ ބަޠަލެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެވަނަމީހަކީ ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭން އުޅުނު މީހެކެވެ. އަދި ޤުރުޢާން ކިޔަވައިދޭން އުޅުނު ޤާރީއެކެވެ. އޭނާ ގެނެވޭނެއެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ އިލްމު އުނގެނި އެޢިލްމު އުނގަންނައިދިނީ އެވެ. އަދި އިބަ އިލާހައްޓަކައި ޤުރުއާން ކިޔެވީމެވެ. އެއަށްފަހު އޭނައަށް ބުނެވޭނެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ޢިލްމު އުނގެނުނީ މީސްތަކުން ކަލޭތީ ޢާލިމެކޭ ބުނޭތޯއެވެ. އަދި ކަލޭ ޤުރުއާން ކިޔަވާ އުޅުނީ ކަލޭތީ ޤާރީ އެކޭ ބުނެއުޅުމަށްޓަކައެވެ. ދެން ބުނެވޭނެއެވެ. ދުނިޔެމަތީގައި މީސްތަކުން ކަލޭ އެދުނު ގޮތަށް ޤާރީއެކޭ ، ޢާލިމެކޭ ބުނެއުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ތިންވަނަ މީހަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވެނު މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ. ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭ ބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ.”

ފަހެ މިޙަދީޘް އާ މެދު ވިސްނާ ފިކުރުކުރާށެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހު އެންމެ ފުރަތަމަވެސް ނިޔާ އިއްވެނީ، ނިޔަތް ފަސާދަވެފައިވާ މުޖާހިދަކާއި ޢިލްމުގެ އަހުލުވެރިއަކާ އަދި ހޭދަކުރި މީހެއްގެ މައްޗަށެވެ. އެބައިމީހުން މޫނުވަތަށް ނަރަކައަށް އެއްލާލެވޭނެއެވެ. ފަހެ އެބައިމީހުން ކުޅަ ޢަމަލުތައް ކިތަންމެ މަތިވެރިވިޔަސް އެޢަމަލުތަކުން އިޚްލާޞްތެރިކަން އެއްކިބާވެފައިވާތީ އެކަންވެގެން އެދިޔައީ ނަރަކައިގެ އެންމެ ފުން މިނަށް އެބައިމީހުން ވާސިލުކުރުވިކަމަކަށެވެ.
____________________________

[1] تيسير العزيز الحميد ص: 354

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް