[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 15

الحديث الثالث والعشرون:

عَنْ أَبِي مَالِكٍ الْحَارِثِ بْنِ عَاصِمٍ الْأَشْعَرِيِّ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم ((الطَّهُورُ شَطْرُ الْإِيمَانِ، وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ تَمْلَآنِ -أَوْ: تَمْلَأُ- مَا بَيْنَ السَّمَاءِ وَالْأَرْضِ، وَالصَّلَاةُ نُورٌ، وَالصَّدَقَةُ بُرْهَانٌ، وَالصَّبْرُ ضِيَاءٌ، وَالْقُرْآنُ حُجَّةٌ لَك أَوْ عَلَيْك، كُلُّ النَّاسِ يَغْدُو، فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا)). [رَوَاهُ مُسْلِمٌ]

 

މާނައީ: އަބޫ މާލިކު، އަލްޙާރިޘު ބުން ޢާޞިމު އަލްއަޝްޢަރީ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަދި الحمد لله (މި ކަލިމަ) މީޒާން ފުރާލައެވެ. އަދި سبحان الله والحمد لله، މި ދެ ކަލިމަ (ނުވަތަ މި ކަލިމަ) އުޑާއި ބިމާ ދެމެދުގައި ވާހައި ތަނެއް ފުރާލައެވެ. އަދި ނަމާދަކީ ނޫރެކެވެ. އަދި ޞަދަޤާތަކީ (އީމާންކަމުގެ) ހެއްކެކެވެ. އަދި ކެތްތެރިކަމަކީ އަލިކަމެކެވެ. އަދި ޤުރުއާނަކީ ތިބާއަށް ނުވަތަ ތިބާއާ ދެކޮޅަށްވާ ޙުއްޖަތެކެވެ. ކޮންމެ މީހަކުވެސް ހެނދުނު، އޭނާގެ ނަފްސު ވިއްކާލަން ނުކުމެއެވެ. ފަހެ (އޭގެ ތެރޭގައިވަނީ ހެޔޮ ޢަމަލުތައްކޮށް) ނަފްސު މިނިވަންކުރާ ބަޔަކާއި (ފާފަތައްކޮށް) ނަފްސު ހަލާކުކުރާ ބަޔަކެވެ.”

 

عن أَبي أُمَامَةَ الْبَاهِلِيُّ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: ((اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لِأَصْحَابِهِ)) [أخرجه مسلم في صحيحه]

”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް (އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުން) ޝަފާޢަތްތެރިއެއްގެ ގޮތުގައި އަންނާނެއެވެ.”

 

 

قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (( يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا )) [رواه أبو داود وقال الألباني حسن صحيح]

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

”ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތިބާ ދުނިޔެމަތީގައި ތަރްތީލްކޮށް ކިޔެވިފަދައިން ތަރްތީލްކޮށްކިޔަވާށެވެ. ސުވަރުގެއިން ތިބާއަށް ލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށް އަރަމުން، އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއެކު ވާޞިލުވެވޭ ހިސާބެވެ.

 

 

އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ.

«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي وصححه الألباني]

މާނައީ:”ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. (އަލިފް ލާމް މީމް)އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް އަލިފަކީ އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ.”

 

 

ޤުރުއާން ހަޖުރުކުރުމުން ދުރުވުން

ޤުރުއާން ހަޖުރުކުރުމަކީ ކީރިތި ޤުރުއާން ދޫކޮށްލުމެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ.

وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا ﴿٣٠﴾

މާނައީ: “رسول އާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ.” {ފުރުޤާން 30}

ކީރިތި ޤުރުއާން ހަޖުރުކުރެވޭ ގޮތްތަކަކީ:

  • ކީރިތި ޤުރުއާން ކިޔެވުމާ ނުވަތަ އަޑުއެހުމާ ދުރުވެ ފަރުވާކުޑަކޮށް އެކަންކަން ކުރެވޭލެއް މަދުވުން. ނުވަތަ އެއްވެސް ގޮތަކަށް ކީރިތި ޤުރުއާން ނުކިޔެވުން ނުވަތަ އަޑު ނޭހުން.
  • ކީރިތި ޤުރުއާނާއި އެއްގޮތަށް ޙުކުމް ނުކުރުން.
  • ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމަށް މަސައްކަތްނުކުރުން.
  • ކީރިތި ޤުރުއާނުން ޝިފާލިބިގަތުން ދޫކޮށްލުން.

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް