[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމުގެ މާތްކަން 1

މީހަކަށް ހޯދައިގަނެވޭނެ އެންމެ މަތިވެރި އެއްޗަކީ ޢިލްމެވެ. އަދި އެއީ ނިސްބަތްވެވޭނެ އެންމެ މަތިވެރިކަމެވެ. އަދި އެއީ މީހަކަށް ލިބޭނެ އެންމެ އަގުހުރި ޖަވާހިރެވެ. އަދި އެއީ ކެނޑޭނެ އެންމެ ރަނގަޅު މޭވާވެސްމެއެވެ. ހެޔޮމަގަށް މަގުދައްކައިދޭ ނުވަތަ ނުބައިކަމަކުން ދުރުކޮށްދޭ ޢިލްމަކަށްވުރެ ހެޔޮއެއްޗެއް މީހަކަށް ނުހޯދޭނެއެވެ.

ސުފްޔާނު ބުން ޢުޔައިނާ ވިދާޅުވިއެވެ.

“(ދީނީ) ޢިލްމު ހޯދަން މަސައްކަތްކުރާމީހަކު، ﷲ އަށް ބައިޢަތު ހިފައިފިކަން ކަށަވަރެވެ.”

އެއީ ނަބީކަމުގެ ވާރުތައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَوَرِثَ سُلَيْمَانُ دَاوُودَ  وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ  إِنَّ هَـٰذَا لَهُوَ الْفَضْلُ الْمُبِينُ﴾ [سورة النمل ١٦]

މާނައީ: “އަދި ދާވޫދުގެފާނުގެ ކިބައިން (ނަބީކަމާއި ވެރިކަން) ވާރުތަވީ، ސުލައިމާނުގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން، މިކަންތަކަކީ، ފާޅުވެ އެނގިގެންވާ ފަޟްލުވަންތަ ކަމެއްކަން ކަށަވަރެވެ.”

ޤުރުއާނާއި ސުންނަތުގެ ޢިލްމު، ﷲ ތަޢާލާ މީހަކަށް ދެއްވައިފިނަމަ ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އެވަނީ އެމީހަކު ޚިޔާރުކުރައްވާފައެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

((مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ)) [رواه البخاري]

މާނައީ: “ﷲ ތަޢާލާ މީހަކަށް ހެޔޮގޮތެއް އިރާދަކުރައްވާނަމަ، އެމީހަކަށް ދީނުގެ ހެޔޮވިސްނުން ދެއްވައެވެ.”

 

_______________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް