[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 7

މުވާސަލާތީ ގޮތުން ޒަމާން މިހާ ކުރިއަރާފައި އަތްޖެހޭ ހިސާބަށް އަގުތައް އައިސްފައިވުމުގެ އިތުރުން ގެއިން ބޭރުގައި އުޅުނެއް ކަމަކު ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މެސެޖަކުން ނަމަވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް ތިމާގެ އަމިއްލަ އަހުލުވެރިންނަށް ޚަބަރުވެލައި، ހާލުއަހާލައި، މުނިއަވަސްފިލުވާލަދީ ނުވަތަ ސަމާލާކޮށް މަޖާކޮށްލެވެން އޮންނައިރުވެސް އަޅުގަނޑުމެންނަށް މިފަދަކަންކަމަށް ސަމާލުކަން ނުދެވޭކަމެވެ. ހަނދާންވެސް ނުހުންނަކަމެވެ. والله المسستعان.

މީގެ އިތުރުން، ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިއްމު ވާހަކައެއް އެބަ އޮތެވެ. އެއީ، އާއްމުކޮށް، އެކަކަށް ވުރެ ގިނަ އަނބީން ގެންގުޅޭ މީހުންގެ އަނބީންގެ މެދުގައި އޮންނަ ރުޅިވެރިކަމާއި ޙަސަދައިގެ ސަބަބުން އެކަކު އަނެކެއްގެ މޫނު ނުދެކި އެތަކެއް ދުވަސް ހޭދަކުރެއެވެ. އެކަކު އަނެކަކާ ވާހަކަ ނުދައްކައި ހުރެވޭނެ އެންމެ ދިގު މުއްދަތަކީ ހަމައެކަނި ތިން ދުވަސް ކަމުގައި ޝަރުޢުގައި ކަނޑައަޅުއްވާފައި ވާއިރުވެސް އެއްގޮތަކަށް ވެސް ވާހަކަ ނުދައްކައި އެބަ ތިބެއެވެ. އަދި ފިރިމީހާ ވެސް މިކަން ޙައްލު ކުރުމަށް ނުކުޅެދޭ ނުވަތަ ފަރުވާ ކުޑަކުރާ ފަހަރުތައް ވަކި މަދެއް ނޫނެވެ. މިކަމުން ދައްކައިދެނީ ފިރިމީހާގެ ޤާބިލިއްޔަތުކަން ނެތްކަމެވެ. އޭނާގެ ހަރުދަނާކަމެއް ނެތްކަމެވެ.

ކޮންމެއަކަސް، މަތީގައި އެވާ ޙަދީޘްތަކަށް ކުޑަކޮށް ނަމަވެސް ވިސްނާލައިފި މީހަކަށް ވަންހަނާވެގެން ނުވާނެ އެންމެ މުހިއްމު އެއްކަމަކީ، ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުންގެ މެދުގައި ޣީރަތްތެރިކަން ހުއްޓެއް ކަމަކު، އެއީ އެކަނބަލުންގެ މެދުގައި ހަނގުރާމަކަށް ނުވަތަ އެކަކު އަނެކެއްގެ މައްޗަށް ޝައިޠޯނީ ހަސަދަވެރިކަމުގެ އަލިފާންގަނޑު ރޯވެގެން ދިއުމަށް މެދުވެރިކުރުވާ ސަބަބެއް ކަމުގައިވުމަށް އެކަނބަލުން އެއްވެސް ގޮތަކަށް ފުރުޞަތު ނުދެއްވި ކަމެވެ. ކިތަންމެ ވާދަވެރިކަމެއް އެކަނބަލުންގެ މެދުގައި އޮތެއް ކަމަކު، އެކުވެރިކަމާއި އުޚުއްވަތްތެރިކަން އެހެން ހުރިހާ ކަމަކަށް ވުރެ އިސްކުރެއްވިކަމެވެ. ކިތަންމެ މައްސަލައެއް ޖެހުނެއް ކަމަކު ލަސްތަކެއް ނުވެ އެކަމެއް ހިތުން ފިލުވާލައްވައި އިސާހިތަކު ބައްދަލުކޮށް އެކުގައި އެއް ތަނެއްގައި އިށީނދެވަޑައިގެން މަޖަލާއި ސަމާސާކޮށް އެންމެހާ ކަނބަލުންގެ ހިތްތައް ސާފުކަންމަތީ ދެމެހެއްޓެވިކަމެވެ. އަންނަން އޮތް ދުނިޔެއަށްޓަކައި މިދުނިޔޭގެ ވަގުތީ އެދުންވެރިކަމާއި ކެހިވެރިކަމުގެ ދަލުގައި ޖެހިވަޑައިނުގެން ސަލާމަތް ހިތަކައިގެން މިޙަޔާތް ވޭތުކުރެއްވިލެއް ޗާލުކަމެވެ.

ނުނިމޭ…

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 6