[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމުގެ މާތްކަން 2

ޢިލްމު ހޯދުމާއި ޢިލްމު އިތުރުކުރުމާ އެއްހަމަ ޝަރަފެއް ނުވެއެވެ. އެއީ ޙައްދެއް ނުވާ ޝަރަފެކެވެ. އޭގެ މޭވާ މިދުނިޔެ މަތީގައިވެސް ލިބެއެވެ. އަދި އޭގެ ގޮފިތައްވަނީ އަތްފޯރާ ފަށުގައެވެ. އެއަށް އެދޭ މީހާއެވަނީ މަތިވެރިކަމުގެ މަގުގައެވެ. ވަޙީޘްބަސްފުޅުގައިވެއެވެ.

﴿يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ  وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ﴾ [سورة المجادلة ١١]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

ﷲ އިރާދަކުރެއްވިއްޔާ، ދީނީ ޢިލްމަށްވުރެ ބޮޑަށް އަޅާ ރައްކާތެރިކޮށްދޭ އެއްޗެއްނުވެއެވެ.

އެމަގުން ހިނގައިފިމީހަކަށް އެވަނީ ދާއިމަށް ސުވަރުގޭގައިވުމުގެ ތައުފީޤު ލިބިގެންނެވެ. އަދި އެންމެހާ މަޚްލޫޤުންވާނީ އޭނާއާމެދު ރުހިގެންނެވެ. އަދި އޭނާއަށްޓަކައި އެބައިމީހުން ފާފަފުއްސެވުމަށް އެދޭނެވެ. އަދި ޢިލްމުގެ އަހުލުވެރިންގެ މަޖިލިސްތަކުގައިވުމަށް މަލާއިކަތުންވަނީ ޝައުޤުވެރިވެއެވެ.

ޢިލްމުގެ މާތްކަމާއި އަދި އެހޯދުމަށް ބާރުއެޅުމުގައި ހުރިހާ ބުއްދިވެރިންވަނީ އެއްބަސްވެފައެވެ. ޢިލްމުގެ ސަބަބުން ﷲ ތަޢާލާވަނީ ބަޔަކު އުފުއްލަވާފައެވެ. އަދި އެބައިމީހުން ލައްވާފައިވަނީ ހެޔޮކަމުގެ މުގުލުގައެވެ. ޢިލްމުގެ ސަބަބަން، ޝަރަފުވެރިންގެ ސަފަށް އަގެއްނެތް ކިތައް މީހުން  އުފުލިގެން ހިނގައްޖެ ހެއްޔެވެ! އަދި ޢިލްމުގެ ސަބަބުން، މަތިވެރިކަމުގެ މަގަށް ކިތައް ނިކަމެތިން އުފުލިގެން ހިނގައްޖެ ހެއްޔެވެ!

_______________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް