[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމުގެ ފައިދާތައް

ފައިދާހުރި ޢިލްމުގެ ސަބަބުން ޢަޤީދާ ޞައްޙަވެ، ނަފްސު ތަޒްކިޔާވެ އަދި ޚުލުޤު ރިވެތިވެއެވެ. އަދި އޭގެ ސަބަބަން ހެޔޮ ޢަމަލުތަކުގައި ރަނގަޅު މޭވާއަޅައެވެ. ޢިލްމަކީ އެކަނިވެރިކަމުގައިވާ އެކުވެރިޔާއެވެ. އަދި އެކަހެރިކަމުގައިވާ ބައިވެރިޔާއެވެ. އަދި އެއީ ސުވަރުގެއަށް މަގުދައްކާ ނޫރެވެ. އަދި އެއީ އެންމެ މަތިވެރި އަޅުކަންތަކުންކުރެ އަޅުކަމެކެވެ.

ބިޝްރުލް ޙާފީ ވިދާޅުވިއެވެ.

“ޢިލްމު ހޯދުމަށްވުރެ މަތިވެރިކަމެއް މިބިންމަތީގައިވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ.”

ޢިލްމުގެ އޮށް އިންދައިފިމީހަކު ތޫނުފިލިކަން ލިބިގަންނާނެއެވެ. އަދި މަޑުމައިތިރިކަން އިންދައިފިމީހަކަށް ހައިބަތު ލިބިގެންދާނެއެވެ.

އިބްނު ޙަޒަމު ވިދާޅުވިއެވެ.

“ޢިލްމު ހޯދުމާއި އެކަމުގެ ތެރޭގައި އުޅުމުގެ ހަމައެކަނި ފައިދާތަކަކީ: ޝައިޠާނާގެ ގިނަގުނަ ވަސްވާސްތަކާ ދުރުހެލިކުރުމާއި މީހާ ކަންބޮޑުކުރުވާ ބޭނުމެއް ނެތް އުންމީދުތަކުން ދުރުހެލިކުރުވުމާ އަދި އިންސާނާއަށް އުނދަގޫވާފަދަ ފިކުރުތަކުން ދުރުހެލިކުރުވުންކަމުގައިވިޔަސް، އެކަމަށްޓަކައި މީސްތަކުން ޢިލްމު ހޯދުމަށް އުޅުނީހެވެ. ދެންފަހެ އޭގެ އިތުރަށްވެސް، އެތައް ފައިދާއެއް ޢިލްމުގައިވާ ހިނދު ޢިލްމު ނުހޯދާންވީ ކީއްވެ ހެއްޔެވެ!”

_________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް