[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 12

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ކަންކަން އެއްވެސް ގޮތަކަސް ނުފެންނަ ކަންކަމޭ ބުނެވޭހާ ނާދިރު ކަންކަން ކަމުގައި މިއަދު މިވަނީ ވެފައެވެ. ނުވަތަ މިކަންކަން މިވަނީ ލަދު ކަންކަން ކަމުގައެވެ. އެފަދަ ކަންކަމަކީ – ހިނގައިފި ނަމަ – ޢާއިލާ މީހުންގެ ފަރާތުންވެސް ގިނަ ފަހަރު އިންކާރު ކުރެވޭ ކަންކަމެވެ.
މިފަދަ ހަދީޘްތަކުން އަޅުގަނޑުމެންނަށް ބަޔާންވެގެންދާ އަނެއް ކަމަކީ، ފިރިމީހާ ލޯބިވާ ވާހަކަ ފާޅުކުރުމަކުން އެހެން އަނބިން އެކަމާ ޒާތީވެ ހަސަދަ ލާކަށް ނުޖެހޭ ކަމެވެ. އެއާ ޚިލާފަށް އެމީހުންނަށް އޮތީ އެކަމަށް އިޙްތިރާމު ކުރުމެވެ.
މިތަނުގައި އިތުރު މުހިއްމު ނުކުތާއެއް ފާހަގަކޮށްލާނަމެވެ. ބަޔާންކުރެވުނު ޙަދީޘްތަކުން އެނގި ސާފުވާ ފަދައިން ނަބިއްޔާ صلى الله عليه وسلم އެވަނީ، ޢާއިޝާ رضي الله عنها ގެ އަރިހުގައި ޚަދީޖާ رضي الله عنها ގެ މާތްކަމާއި މަތިވެރިކަން ބަޔާންކުރައްވާފައެވެ. އަދި ހަމަ އެއާއެކު ޚަޖީދާ رضي الله عنها ދެކެ ވެވަޑައިގަންނަވާ ލޯބީގެ ބޮޑުކަންވެސް ސާފު ޢިބާރާތުން ބަޔާންކުރައްވާފައެވެ. އެއާއެކު، އެނގި ސާފުވެގެންދާ އަނެއް ކަމަކީ، ޢާއިޝާ رضي الله عنها ދެކެވާ ލޯބީގެ ޚަބަރުވެސް ނަބިއްޔާ صلى الله عليه وسلم އެވަނީ އެކަމަނާގެ ޙާޒިރުގައި ފާޠިމާ رضي الله عنها އަށް ބަޔާންކޮށްދެއްވުމާއެކު، އެކަމައްޓަކައި ޢާއިޝާ رضي الله عنها ދެކެ އެކަމަނާވެސް ލޯބިފުޅު ވުމަށް އިޝާރާތް ކުރައްވާފައެވެ. މީގެން އަޅުގަނޑުމެން ލިބިގަންނަންވި ފިލާވަޅަކީ، އަނބިމީހާ ކައިރީގައި އެހެން އަނބީން ދެކެ ލޯބިވާކަން ބަޔާންކުރުމާއެކު އޭނާ ދެކެވެސް ލޯބިވާކަން ބަޔާންކުރަން ޖެހޭކަމެވެ. އަދި ޚާއްޞަކޮށް “ކުޑަ ޢާއިލާގެ” އެހެން މީހުންގެ ކުރިމަތީގައި އެކަން ފާޅުކުރުމަކީ އަނބިމީހާގެ އަގުވަޒަންކުރެވި، އެއަނބެއްގެ ހިތަށް އުފާވެރިކަމާއި ތަސައްލީއާއި ފިރިމީހާ ދެކެވާ ލޯބި އިތުރުވެގެންދާނެ ކަމެއް ކަމުގައެވެ. ހަމައެއާއި، ތިމާ ލޯބިވާ މީހުން ދެކެ ޢާއިލާގެ ދެންތިބި މީހުންވެސް ލޯބިވާން އިލްތިމާސް ކުރުންވެސް އޮންނަން ޖެހޭކަން މިފަދަ ޙަދީޘްތަކުން ހާމަވެގެންދެއެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 11