[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 18

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ އުނގުފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅުލައްޕަވާ ކަމުގައިވިއެވެ:

އެއްފަހަރަކު ދަތުރެއްގެ މަތީގައި ޢާއިޝާ رضي الله عنها ގެ ކަރުފުޅުގައި ތުރުކުރައްވާފައި އޮތް ހާރުކޮޅެއް ހޯދަވަން ޖެހިވަޑައިގެން މުޅި ޤާފިލާ އެއްކޮށް މަޑުކުރެއްވިއެވެ. އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޢާއިޝާ رضي الله عنها ގެ ބައްޕާފުޅު އަބޫ ބަކުރު رضي الله عنه އެކަމަނާގެ އަރިހަށް ވަޑައިގެން ނުރުހުން ފާޅުކުރައްވައި އެކަމަނާގެ އަރިކަށީގައި އެކަލޭގެފާނުގެ އަތްޕުޅުން ޖައްސަވަމުން ގެންދެވިއެވެ. އެޙާދިޘާ ކިޔައިދެއްވަމުން އެކަމަނާ ވިދާޅުވިއެވެ:

“ފަހެ ރަސޫލާ صلى الله عليه وسلم އަށް ތިމަން ކަމަނާ ކުރައްވާ އިޙުރާމުގެ ފިޔަވައި ތިމަން ކަމަނާ ހިރިލުން މަނާކުރި އެހެން ކަމެއް ނުވިއެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު (އެވަގުތު) އޮތީ ތިމަން ކަމަނާގެ ފަލަމަސްގަނޑު މަތީގައެވެ”. مسلم 550.

އަދި ޢާއިޝާ رضي الله عنها ވިދާޅުވިއެވެ:

“كان النبي صلى الله عليه وسلم يتكئ في حجري وأنا حائض، ثم يقرأ القرآن”. البخاري 3672.

“ތިމަން ކަމަނާ ޙައިޟުވެރިވެގެންވާ ޙާލު، ތިމަން ކަމަނާގެ އުނގުފުޅުގައި ނަބިއްޔާ صلى الله عليه وسلم އިސްތަށިފުޅު އަޅުއްވައި ލެނގިވަޑައިގަންނައެވެ. ދެން އެކަލޭގެފާނު ޤުރްއާން ކިޔަވާ ވިދާޅުވެއެވެ”.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 17