[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 20

އެކަލޭގެފާނު އަނބިއަނބި ކަނބަލުންނާ އެކީގައި ނާނޭފުޅު ފިއްލަވާ ކަމުގައި ވިއެވެ:

އެކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ:

“كنت أغتسل أنا ورسول الله صلى الله عليه وسلم من إناء واحد بيني وبينه….”. البخاري 250.

“ތިމަން ކަމަނާއާއި އެކަލޭގެފާނުގެ ދެމެދުގައި ކަންވާރެއް ބަހައްޓައިގެން ތިމަން ކަމަނާއާއި ﷲ ގެ ރަސޫލާ صلى الله عليه وسلم ނާނޭފުޅު ފިއްލަވާކަމުގައި ވީމެވެ. އަދި “ތިމަން ކަލޭގެފާނަށް ފެންފޮދު ބަހައްޓަވާށޭ” ޙަދީޘްފުޅު ކުރައްވައި އެކަލޭގެފާނު ތިމަން ކަމަނާއާ ވާދަ ޖައްސަވައެވެ. “ތިމަން ކަމަނާއަށް ފެންފޮދު ބަހައްޓަވާށޭވެ” ބުނެ ތިމަން ކަމަނާ ވެސް އެކަލޭގެފާނާ ވާދަ ޖެއްސެވީމެވެ”.

ހަމަ އެފަދައިން އިބްނު ޢައްބާސް رضي الله عنهما ރިވާކުރައްވާފައި ވާގޮތުން، އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ކަމުގައިވާ މައިމޫނާ رضي الله عنها އާ އެކުގައި ވެސް ނަބިއްޔާ صلى الله عليه وسلم އެއް ކަންވާރަކުން ނާނޭފުޅުފިއްލަވާ ކަމުގައިވިއެވެ: އެކަލޭގެފާނު ރިވާކުރެއްވިއެވެ:

“كَانَا يَغْتَسِلَانِ مِنْ إِنَاءٍ وَاحِدٍ.”. البخاري 253

“އެ ދެކަލުން އެއް ކަންވާރަކުން ނާނޭފުޅު ފިއްލަވާ ކަމުގައި ވިއެވެ”.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 19