[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 21

އަދި އުއްމު ސަލަމާ رضي الله عنها ވެސް އެފަދައިން ރިވާކުރެއްވިއެވެ:

“كنت أغتسل أنا والنبي صلى الله عليه وسلم من إناء واحد من الجنابة”. البخاري 322.

“ތިމަން ކަމަނާއާއި ނަބިއްޔާ صلى الله عليه وسلم އެއް ކަންވާރަކުން ޖުނުބު ހިނެއުން ހިނައިގަންނަ ކަމުގައި ވީމެވެ”.

މިއަދުގެ ދިވެހި މުޖުތަމަޢުގައި، ޚާއްޞަކޮށް މާލެ ފަދަ ދަތި ތަންތަނުގައި މިއީ ކުރުމަށް ވަރަށް ދަތި ކަމެކެވެ. ދަރިންނާއި އަދި އޭގެ އިތުރުން ގިނަ ފަހަރު ގާތް ތިމާގެ އެތައް ބައެއް އެކުގައި އެއް ފަންގިފިލާއެއްގެ ދަށުގައި މުޅި އުމުރު ހޭދަކުރަމުން ދާއިރު ދެމަފިރިން އެކުގައި ފެންވަރާލުމަށް ފުރުޞަތު ލިބިމަކީ ހަމަ ވަރަށް ވެސް ނާދިރު ކަމެކެވެ.

އެކަން އެހެން ހުރިކަމުގައި ވީނަމަވެސް، ދެމަފިރިން، ކޮންމެވެސް ގޮތަކުން ނަމަވެސް އެކުގައި ފެންވަރާލުމަށް ފުރުޞަތެއް އިންތިޒާމު ކުރުމަކީ އެދެމަފިރިންގެ މެދުގައި އޮންނަ ގުޅުން އާރޯވެގެން ދާނެ ކަމެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم ކިބައިން ވާރުދުވެގެން އައިސްފައިވާ މި ސުންނަތަށް ދިރުން ލިބިގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ދެމަފިރިންނަށް ޘަވާބާއި ދަރުމަ ވެސް ލިބިގެންދާނެ ކަމެކެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 20