[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 25

އަޅުގަނޑުމެންގެ މުޖުތަމަޢުއިން މިޔާ ޚިލާފަށް ގިނަ މީހުންގެ ޢަމަލުތައް ހުންނަކަމީ ނުހަނު ހިތާމަކުރަން ޖެހޭ ކަމެކެވެ. ފަހެ އެމީހުން އެމީހުންގެ އަނބީން އެކަނިމާ އެކަނި ތަންތަނަށް ދާން ދޫކޮށްލައެވެ. އެއްވެސް ރައްކާތެރިކަމެއް ނެތިއެވެ. ބައެއް ފަހަރު މަޖުބޫރުވެސް ކުރުވައެވެ. އަނެއްބައި ފަހަރު ކޮންމެވެސް ހިލޭ ފިރިހެނަކާ އެކީވެސް ދާން ދޫކޮށްލައެވެ. ދައްޔޫޘުން ކަންކުރާ ފަދައިންނެވެ. ތިމާގެ ރައްޓެހިންނާ އެކީ ކޮންމެވެސް ތަނަކަށް ދާންވެގެން ނޫނީ ކޮފީއަކަށް ދާން މާ މުހިއްމުވާތީއެވެ. ނުވަތަ ގޭގައި ބަލަން އިން ޓީވީ ޕުރޮގުރާމު މެދުކަނޑާލާފައި ދާން ބުރަކަމަކަށް ވެގެންނެވެ. ބައެއް ފަހަރު އަނބިމީހާ ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ދާންޖެހޭ ފަހަރު ފަހަރު ވެސް އެވެ. އަލިކަމެއް ނެތް އަނދިރި މަގުތަކުން ދާންޖެހުނު ކަމުގައި ވިޔަސް ފަރުވާލެއް ނުބަހައްޓައެވެ. ފަހެ މާތްވެގެންވާ އިޢުތިކާފުގެ އަޅުކަން މެދުކަނޑުއްވާލެއްވުމަށް ފަހު މާތް ނަބިއްޔާ صلى الله عليه وسلم މިވަނީ މިނެޓެއް ތެރޭގައި ދެވޭހާ ކައިރީގައި ހުރި ގެކޮޅަށް، އަނބިކަމަނާ ގެންގޮސްދިނުމަށް ވަޑައިގެންފައެވެ. އަދި އެއީވެސް އެއްވެސް ނާމާންކަމެއް ބިރުވެރިކަމެއް ނެތް، ދުނިޔެ ދުށް އެންމެ އަމާން މުޖުތަމަޢުގައެވެ. އަޅުގަނޑުމެންގެ ތެރޭގައި މިވާފަދަ ނާމާންކަމާއި ބިރުވެރިކަން ފެތުރިފައި އޮތް މުޖުތަމަޢުއެއްގައި ނަބިއްޔާ صلى الله عليه وسلم ގެ މިފަދަ ޢަމަލުފުޅުތަކަށް ތަބާވެ އެއަށް ޢަމަލުކުރުން މާ ލާއިޤުވެގެންވެއެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 26