[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 29

ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅު މިމަޢުޟޫގައި ބެހެއްޓެވި ގޮތް މިޙަދީޘުން ބަޔާންވެގެން ދިޔައިރު، އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އެކަލޭގެފާނާ މެދު މުޢާމަލާތް ބެހެއްޓަވާ ގޮތްވެސް މިޙަދީޘުން ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެއެވެ. ފަހެ، ޢާއިލީ ދިރިއުޅުމަކީ އެއި ޙާލަތުގައި އެކި ގޮތަށް އޮންނަ އެއްޗެކެވެ. އެއް ހިނދެއްގައި އުފާވެރިކަން ކުރިމަތިވާ ފަދައިން އެއާ ޖެހިގެން ނުތަނަވަސްކަމާއި ހިތް ހަމަނުޖެހުން ކުރިމަތިވެގެން ވެސް ހިނގައިދާނެއެވެ. މިއީ ވަކި މީހަކަށް ޚާއްޞަ ކަމެއް ނޫނެވެ. އެހެނީ، އެންމެ ފުރިހަމަ ނަމުނާ ޢާއިލާ ކަމުގައިވާ ނަބަވީ ޢާއިލާއަށްވެސް އެފަދަ ޙާލަތްތައް އެވަނީ ކުރިމަތިވެފައެވެ. ނަމަވެސް ތަފާތުވެގެން މިދަނީ އެފަދަ ޙާލަތްތަކުގައި ޢަމަލު ބަހައްޓާ ގޮތެވެ. ކަންކުރާ ގޮތެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ގެ އަނިބއަނބި ކަނބަލުން އެކަލޭގެފާނާ މެދު ހިތްޕުޅާ ހަމަޖެހިވަޑައި ނުގަތަސް ބައެއް މީހުންގެ އަނބީން ހަދާހެން ފިރިމީހާ ކުރިމަތީގައި ހުރިހާ އުދާސްތަކެއް ހިފެހެއްޓުމެއް ނެތި އަބަދު ކުޑަކޮށް އެކީއެކައްޗަށް ބަންޑުންކޮށެއް ނުލައްވައެވެ. ގޭދޮށު އެންމެ އެއްވާވަރަށް އަޑުގަދަކޮށެއް ގަޔަށް އަތްލައެއް ނުހައްދަވައެވެ. ފިރިކަލޭގެފާނުގެ މުދަލަކަށްވެސް އަދި ފޭރާމަކަށްވެސް ގެއްލުމެއް ނުދެއްވައެވެ. ދަރީން ކުރިމަތީގައި ނުވަތަ އެހެން މީހުންގެ ކުރިމަތީގައި ފިރިމީހާ ލަދުގަންނަ ފަދަ އެއްވެސް ހާސަރެއް އަދި އެފަދަ ޢަމަލެއްވެސް ގަސްތުގައި ނުކުރައްވައެވެ. “މުޅީންހެން” މަސައްކަތް ކުރައްވާފައިވަނީ ރިވެތި އުޞޫލުން މައިޑުމައިރު ކަމާއެކު ވާހަކަ ދައްކައިގެން ޙައްލެއް ފެނޭތޯއެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 28