[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 32

ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅާއި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ޢަމަލު ހުންނަ ގޮތާ އަޅާކިޔަލާމާ ހެއްޔެވެ! އެބައިމީހުން ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާން ކަމުގައި ބުނެ އެކަކަށް ވުރެ ގިނަ އަނބީން ހޯދައެވެ. އަދި އެސުންނަތް ދިރުވުމަށް އެހެން މީހުންނަށް ހިތްވަރުދީ ފޯރިއާއެކު އެކަމުގެ ވާހަކަ ދައްކައި ހަދައެވެ. އެވަރުން ނުވެގެން އަމިއްލަ ތަޖުރިބާގެ އަލީގައި ކަމަށް ބުނެ، އެކަމުގެ މަޖާކަމާއި ފައްކާކަމާއި ހިތްގައިމުކަން ކިޔައިދީ އަމިއްލައަށް ފޮނިކަނޑައި ފަޚުރުވެރިވެސް ވެއެވެ. އަދި ނުވިތާކަށް އެކަން ނުކޮށް ތިބި ނުވަތަ ނުކުރެވި ތިބި މީހުންނަށް ހަޖޫ ޖަހައި މަލާމާތްކޮށް ދިމާކޮށްވެސް ހަދައެވެ.

އެކަމަކު އެފަދަ ގިނަ މީހުންގެ ޙަޤީޤަތް ފާޅުވާއިރު ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ދިރުވަން ކަމަށް ބުނެ އިތުރު އަނބިންނާ ކައިވެނި ކުރާ މީހާ ހުންނަނީ ދޮށީ އަނބި ފެންފޮދެއް ހެން ދިރުވާލައިގެންނެވެ. އޭނާ އަކީ އެއްވެސް އަގެއް ހުރި މީހެއް ފަދައިންނެވެ. ހަގު އަނބީގެ އައުކަމާއި އާރޯކަން ފެނިފައި އެކަނބުލޮ ޖާދޫގައި ޖެހި ތިމާއާ އެކުގައި އެއޮށް ހުރިހާ ދުވަހު ޙަޔާތް ވޭތުކުރި ދޮށީ އަނބި މަތިން ފޫހިވެފައެެވެ. ނުވަތަ ހަނދާން ނެތިފައެވެ. އޭނާގެ ދަރިން ބަލަން އެކަމަނާ އުފުލިހާ ބުރައާއި އެކުދިންގެ ޙައްޤުގައި ދަންވަރުގެ ނިދި ނަގާލައިގެން ލޮލުފިޔައެއް ނުޖަހައި ދަމަށް އިން ރޭތަކާއި، ގަދަޔަސް ބައްޔަސް ފިރިމީހާއަށް ކާންދީ، އަންނައުނު އިސްތިރިކޮށްދީ، މުދަލާއި ގެދޮރު ބަލަހައްޓައިދީ ދެންވެސް ކޮށްދިން ހުރިހާ ކަމެއް ހަވާގެ ތެރެއަށް އަރައިގެން ގެއްލިގެންދާ އާތްވަށް ވެގެން ދާ ފަދައިންނެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 31