[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 33

އަދި ބައެއް ފިރިންނަށް އެވަރުވެސް ނުފުދެއެވެ. ހަގު އަނބި ބުނެލާ ބަހެއް ނުވަތަ ކޮށްލާ ޝަކުވާއަކަށް ނުވަތަ އިޝާރާތަކުން ދޮށީ އަނބި ކުށްވެރިއަކަށް ބަދަލުވެގެން ދެއެވެ. ނުވަތަ ހަނގު އަނބި ކުރިމައްޗަށް ދޮށީ އަނބި ގެނެވި އޭނާ ދިމާލަށް ހަޅޭއްލަވައި އެއްޗެހި ކިޔައި މުޖުރިމަކަށް ބަދަލުވެގެން ދެއެވެ. ދަރިން ތިއްބަސް ނުވަތަ އެނޫން ބަޔަކު ތިއްބަސް ފަރުވާލެއްނޯވެއެވެ. އެފަދަ މީހުންގެ ކައިރީގައި އެމީހުންގެ ހަގު އަނބީގެ ބަހަކީ ޤުރްއާނުގެ އާޔަތެއް ފަދަ އެއްޗެކެވެ. އެއްވެސް ޝައްކެއް، ތަޙްޤީޤު ކުރުމެއް ނެތި ވަގުތުން ޤަބޫލުކުރެވޭ އެއްޗެކެވެ. ދޮށީ އަނބިމީހާއާ މެދު ޝަކުވާކޮށް އޭނާގެ ޣީބަ ކިޔައި، އޭނާއާ މެދު ދެބައުޑުވިޔަކަސް އެއީ ބޮޑު ކަމެއް ކަމުގައެއް އެމީހުންނަކަށް ނުވެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެއީ ދޮށީ އަންބަށް ނަފްސާނީ ގޮތުންނާއި ދީނީ ގޮތުން ދެވޭ ބޮޑު އަނިޔާއެކެވެ. އެކަމަށް ދޮށީ އަނބި މަޢާފު ނުކޮށްފި ނަަމަ އެފަދަ މީހުން ޤިޔާމާތް ދުވަހުން ލައްކަ ހިތާމަ ކުރަންޖެހޭނެއެވެ.

ކޮންމެއަކަސް މިފަދައިން އެތައް ކަމެއް ހުރެމެ އެމީހުންގެ ދުލުކޮޅުން ފަސޭހަކަމާއެކު ބުނެލަނީ އިތުރު މީހަކާ ކައިވެނި ކުރީ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ދިރުވަން ކަމުގައެވެ. އާއެކެވެ. ސުންނަތް ދިރުވަން ކުރިކަމެކެވެ. ނަމަވެސް އެއީ އެމީހަކަށް މީރު ކާ އެއްޗެހި އަރު ތެރެއިން ދިރުވާލާފައި މީރު ނޫން އެއްޗެހި ބާކީކޮށް ޑަސްބިނަށް އެއްލާލާ އުޞޫލުން ސުންނަތް ދިރުވަން ކުރި ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް އޭގެ ޙަޤީޤީ މާނައިގައި ދިރުވަން ކުރި ކަމެއް ނޫނެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 32