[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 34

ހަމައެއާއެކު މީގެ އަނެއްކޮޅުވެސް އެބައޮތެވެ. ބައެއް މީހުން އަލަށް މީހަކާ އިންނަނީ ދޮށީ އަންބަށް ނޯކުރީ ކުރާ ކުއްޖަކު ހޯދާ ބީދައިންނެވެ. އޭނާ ގޮވައިގެން ތަންތަނަށް ގޮސްލާ އުފާކޮށްލަން ދާއިރު ދަރިން ބަލަން ގޭގައި އިންނަން ނުވަތަ ގޭގެ ހުރިހާ ގުލާނު މަސައްކަތެއް ކުރުވަންވެގެންނެވެ. ދޮށީ އަންބަކީ މާ މުއްސަނދި ޤަދަރު ހުރި ޢާއިލާއަކުން ފައިބައިގެން އިންނެވި ކަނބަލެއް ކަމުގައި ވީތީ އެކަމަނާއަށް އެއްވެސް ކަމެއް ނުކުރެވޭތީ، އެކަމަނާގެ ޚިދުމަތް ކުރާ ޚާދިމެެއްގެ ގޮތުގައެވެ. ނުވަތަ އޭނާގެ ދޮށީ އަނބި ކޮންމެވެސް ބައްޔެއްގައި އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާއާ އެކު އެއްދާން ނުކުރެވޭތީ ހަމައެކަނި އޭނާގެ ޖިންސީ ޣަރީޒާތައް ހަމަޔަކަށް އަޅުވާލަން ބޭނުންކުރާ މެޝިނެއްގެ ގޮތުގައެވެ. ހަގު އަންބަކީވެސް އިންސާނެއް ކަމާއި އޭނާއަށް ވެސް އަނބެއްގެ ހައިސިއްޔަތުން އަޅާލުމާއި އަރާމާއި އުފަލާއި ހިތްހަމަޖެހުން ބޭނުންވާނެ ކަމާމެދުގައި އެމީހުންގެ ފިކުރުވެސް ނުހުންނަ ކަހަލައެވެ. ކޮށްޓެއްގެ ތެރޭގައި އިންނަ ބުޅަލަކަށް ކާއެތިކޮޅެއް ދޭ ބީދައިން އެއަންބަށް ހަމައެކަނި އިންނާނެ ތަނަކާއި ކޮންމެ މަހަކު ފައިސާކޮޅެއް ދިނީމަ ހުރިހާ ކަމެއް ހަމަވީ ކަމުގައި އެމީހުންނަށް ހީވަނީ ބާވައެވެ!

އަނބިންގެ މެދުގައި ޢަދުލުވެރި ވުމަކީ، ހިޔާވަހިކަމާއި، ޚަރަދު ދިނުމާއި، އަންނައުނު ދިނުމާއި ޖިމާޢުވުމުގައި އެކަނބަލުންގެ މެދުގައި އެކަންކަން ފުރިހަމަ ކޮށްދޭން ލާޒިމުވާ މިންވަރަށް ފުރިހަމަކޮށްދީ ފޯރުކޮށްދިނުމެވެ. އެފަދައިން ޢަދުލުވެރި ނުވެވޭ މީހުންނާ މެދު ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން ވަޢީދުގެ ބަސްފުޅު އައިސްފައިވާކަން މަތީގައި ބަޔާންވެދިޔަ ފަދަ ފިރިންނަށް ހަމަ ނޭނގެނީ ބާވައެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 33