[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ صلى اللّه عليه وسلم ގެ ދަރިކަނބަލުން އުންމު ކުލްޘޫމް رضي الله عنها

އުންމު ކުލްޘޫމް رضي الله عنها އަކީ ނަބިއްޔާ صلى الله عليه وسلم ގެ ހަތަރުވަނަ ދަރިކަނބަލުންނެވެ. އެކަމަނާގެ މަންމާފުޅަކީ ޚަދީޖާ رضي الله عنها އެވެ.

އެކަމަނާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ އަބޫ ލަހަބުގެ ދަރި ޢުތައިބާއާއެވެ. އޭނާވަނީ އެކަމަނާއާ ދުރުވެފައެވެ.

އެކަމަނާ އިސްލާމްވެވަޑައިގެންނެވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމުން އެކަމަނާވެސް މަދީނާއަށް ހިޖުރަކުރެއްވިއެވެ.

އެކަމަނާގެ އުޚްތު ރުޤައްޔާ رضي الله عنها އަވަހާރަވުމުން ޢުޘްމާނުގެފާނު އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. އެއީ ހިޖުރައިން ތިންވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައެވެ. އެކަމަނާއަށް ދަރިކަލަކު ލިބިވަޑައިނުގަންނަވައެވެ.

އުންމު ކުލްޘޫމް رضي الله عنها އަވަހާރަވީ ހިޖުރައިން 9 ވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ.

*******

މަޞްދަރު: سير أعلام النبلاء / الجزء الثاني / ص: ٢٥٣