[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 38

އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ކަރުނަފޮދު އެކަލޭގެފާނުގެ އަތްޕުޅުން ފޮހެދެއްވާ ކަމުގައިވިއެވެ:

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުންނާ އެކަލޭގެފާނުގެ އަރިހުގައި ޙައްޖު ކުރެއްވިއިރު ޤާފިލާގެ ތެރެއިން މީހަކު އައިސް ހުރިހާ އަނބިކަނބަލުންގެ ޖަމަލުތަކާއިގެ އަސްވައަވަހަށް ހިނގައިގަތެވެ. ނަމަވެސް ޞަފިއްޔާ رضي الله عنها ގެ ޖަމަލު އެހިނދު ބަނޑުޖެހިއެވެ. ފަހެ ޞަފިއްޔާ رضي الله عنها އަށްވުރެ އެހެން ހުރިހާ އަނބިކަނބަލުން ޖަމަލާއެކު ކުރިއަރައިވަޑައިގެން ދިޔުމުގެ ސަބަބުން އެކަމަނާ ކީރިތިކުރައްވަން ފެއްޓެވިއެވެ. އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަމަނާގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެކަމަނާގެ ކަރުނަފޮދު ފޮހެދެއްވިއެވެ. أحمد 26325 صححه الألباني في الصحيحة 3205.

މިޙަދީޘްގައި އަޅުގަނޑުމެން ފިރިހެނުންނަށް ވަރަށް ބޭނުންތެރި މުހިއްމު ފިލާވަޅެއް އެބަ ވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ފިރިހެނުންނަނީ އަނބިންގެ ކަރުނަ ފޮހެދިނުމުގެ އިތުރުން އަމިއްލަ ލޮލުން ފައިބާ ކަރުނަ ފޮހެން ޖެހިދާނެތީ ވެސް ކަންބޮޑުވާ ބައެކެވެ. އަމިއްލަ ލޮލުން ކަރުނަ ތިއްކެއް ފައިބަައިފާނެތީ ވެސް ބިރުން އުޅޭ ކަހަލައެވެ. އެހެންކަމުން އެހެން މީހެއްގެ ކަރުނަ ފޮހެ ދިނުމަކީ އަދި މާ ނާދިރު ކަމެކެވެ. އެހެނަސް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ފެންނަން މިއޮތީ އެހެންތޯއެވެ؟

އަންހެނުންނަކީ ޢާއްމު ގޮތެއްގައި ވަރަށް ފަސޭއިން ރޯ ބައެކެވެ. ފިރިހެންނުންނަށް ކިތަންމެ ކުޑަ ކަމެކޭ ހީވާ ފަދަ ކަންކަމުގައިވެސް އެމީހުން ރޮއެ ކަރުނަ އަޅައިފާނެއެވެ. އަދި ކިތަންމެ ބައިވަރު މީހުންތަކެއްގެ ތެރޭގައި ހުރެގެންވެސް އެމީހުން ރޮއެފާނެއެވެ. އަދި ކައިރީގައި ހުންނަ ފިރިމީހާ ލަދުގަންނަ ވަރަށް ވެސް އެމީހުން ރޮއެފާނެއެވެ. އެއީ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ އެމީހުން ޚަލްޤުކުރައްވާފައިވަނީ އެފަދައިންނެވެ. އޭގައި އަޅުގަނޑުމެން ފިރިހެނުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯނާނެއެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 37