[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 41

އަދި އަނބިކަނބަލުން އެކަލޭގެފާނާ ގުޅުން ކެނޑުމުންވެސް އެކަމަށް ކެތްތެރިވެވަޑައިގަންނެވިއެވެ:

ފަހެ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ބައެއް ފަހަރު ހެނދުނުން ފެށިގެން ރޭގަނޑުވަންދެން އެކަލޭގެފާނާ ވާހަކަ ނުދައްކާ ހުންނަވާ ޚަބަރު ޢުމަރު رضي الله عنه އަށް ލިބިވަޑައިގަތުމުން އެކަލޭގެފާނުގެ ދަރިކަލުން ޙަފްޞާ رضي الله عنها ގެ އަރިހަށް ވަޑައިގެން ސުވާލު ކުރެއްވިއެވެ: “ކަމަނާ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ކިބައިން ރުޖޫޢަވެ (އަނގައި ނުބުނެ) ހުންނަން ހެއްޔެވެ؟” އެކަމަނާ ޖަވާބުގައި ދެންނެވިއެވެ: “އާއެކެވެ”. ދެން އަނެއްކާވެސް ޢުމަރު رضي الله عنها ސުވާލު ކުރެއްވިއެވެ: “ކަމަނާމެން އެކަލޭގެފާނާ ދުވާލުން ރޭގަނޑަށްވެސް އެކަލޭގެފާނު (ވާހަކަ ނުދައްކައި) ހަޖުރުކުރަން ހެއްޔެވެ؟”. އެކަމަނާ ވިދާޅުވިއެވެ: “އާދޭހެވެ”. البخاري 89، المسلم1479.

މިފަދަ ވާހަކަތައް ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ފެނުމުން ވަރަށް ބޮޑެތި ފިލާވަޅުތައް ލިބިގެން ދެއެވެ. އެގޮތުން، އެފަދަ ފުރިހަމަ އިންސާނެއްގެ ޙަޔާތުގައިވެސް މިފަދަ ކަންކަން ދިމާވުމަކީ، ދެންތިބީންނަށް ޙަޔާތުގައި ދިމާވާ ކަންކަމަށް މާޔޫސްނުވެ، ދިމާވާ ކަންކަމަށް ކުރިމަތިލާނެ ގޮތް ދަސްވެގެންދާނެ ކަމެކެވެ. ގޮތް ހުސްވެގެން ޙަޔާތުގެ ގޮތް މޮހެލާން އަވަސްވެނުގަންނަން ހިތްވަރު ލިބެއެވެ.

ޒަވާޖީ ޙަލާޔަކީ ވަރަށް އެހެން ކަހަލަ ޙަޔާތެކެވެ. އެއީ ގިނަ ހިންދީ ފިލުމުތަކުން ފެންނަ ފަދައިން – ދެމަފިރިންގެ ދެމެދުގައި – އަބަދު އޮމާން ކަމާއެކީ ހޭދަވާ ޙަޔާތެއް ނޫނެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަކީވެސް އިންސާނުން ކަމުގައި ވީތީ، އެބޭބޭކަލުންގެ ޒަވާޖީ ޙަޔާތްވެސް ހޭދަވެފައިވަނީ އަޑިގަނޑާއި އުސްގަނޑުތައް ކަޑައްތުކުރަމުންނެވެ. އުފާވެރި ދުވަސްތައް އަންނަ ފަދައިން ހިތާމަވެރި ދުވަސްތަކާ ވެސް އެކީގައެވެ. ބުއްދިވެރިއަކީ، ހިތް ނުރުހޭ ޙާލަތްތަކުގައިވެސް ކެތްތެރިވެ ހެޔޮ ގޮތުގައި އާޚިރު މަންޒިލަށް ވާސިލުވާ މީހާއެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 40