[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 43

ހުއްދަ ބާވަތުގެ ޅެން މަދަހަ އަޑުއެހުން އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް މަނާ ނުކުރައްވާ ކަމުގައިވެއެވެ.

އެއްފަހަރު ޢީދު ދުވަހެއްގައި ޢާއިޝާ رضي الله عنها ގެ އަރިހުގައި ދެ ޖާރިޔާއެއް (ބާލިޣު ނުވާ ފުރަައިގެ ދެ އަންހެން ކުދިން ތާރަ ހިފައިގެން) ޅެން ކިޔަން ތިއްބާ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެކޮޅަށް ވަދެވަޑައިގެން ދާންކޮޅުގައި އެކުދިންނަށް ފުރަގަސްދެއްވަައިގެން އޮށޯވެވަޑައިގެން އޮންނަވަނިކޮށް އަބޫ ބަކުރު ވަޑައިގެން އެކުދިންނަށް ވަދާޅުވިއެވެ: “مزمار الشيطان عند رسول الله صلى الله عليه وسلم !”. “ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ޝައިޠާނާގެ ދުންމާރި (ގެންގުޅެނީ ހެއްޔެވެ)!”. އެހިނދު އެކަލޭގެފާނާ ދިމާލަށް ﷲ ގެ ރަސޫލާ صلى الله عليه وسلم އެނބުރިވަޑައިގެން ޙަދީޘްފުޅު ކުރެއްވިއެވެ: “دعْهما”. “އެ ދެ ކުދިން ދޫކޮށްލާށެވެ”. البخاري 950، المسلم892.

 

ނަމަވެސް، އޭގެ ފަހުން ފާރިސްކަރައާއި ރޫމް ފަދަ ތަންތަން މުސްލިމުންގެ ދަށަށް ފަތަޙަ ވެގެން ދިއުމަށް ފަހު، އެގައުމުތަކުގެ އަހުލުވެރިންގެ ތެރޭން ފެނިގެން ދިޔަ ޒާތްޒާތުގެ އެކިއެކި ފާޙިޝް ޅެންތަކާއި މިއުޒިކުގެ އެކިއެކި އާލާތްތަކުން ރާގުރާގަށް ކުޅެމުން ލަވަތަކާއި ބަނޑިބަނޑި ލައްވައިގެން ނެރެމުން ދިޔަ އަޑުތަކަށް ނަބިއްޔާ صلى الله عليه وسلم ގެ ލޮބުވެތި ޞަޙާބީން رضي الله عنهم ނުހަނު އިންކާރު ކުރެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ހުއްދަ ދެއްވާފައިވާ ބާވަތާއި އެނޫން ބާވަތްތައް އެއްވެސް އޮޅުވެއް ނާރާނެ ވަރަށް އުންމަތަށް ބަޔާންކޮށްދެއްވައި ވަކިކޮށްދެއްވައި ފަރަޤުކޮށްދެއްވިއެވެ. ފަހެ ޢަރަބިންގެ މެދުގައި ގެންގުޅު އެފަދަ ކަންކަމުގެ ތެރެއިން ނަބިއްޔާ صلى الله عليه وسلم ހުއްދަ ކުރެއްވި ތާރައާ މުޅީން ޚީލާފަށް އެނޫން ގޮތްތަކާއި ސާމާނުތަށް އިންސާނާގެ ޙަވާ ނަފްސު ކައްކުވައިގަނެއެވެ. އަދި އިންސާނާގެ ޠޮބީޢީ ޙާތަލުން ބޭރުކޮށް، ބުއްދި ގުޑުވައި ފާފަތަކަށް އަރުވައިގަންނުވައެވެ. މިއީ އެޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް ހަމަބުއްދި ހުރި ކޮންމެ މީހަކަަށް ސާފުވެގެންވާ ކަމެކެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 42