[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަނާކިއުން 2

ޢަބްދުއްރަޙްމާން ބުން ޖުބައިރު ބުން ނުފައިރުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ތިބާގެ އަޚާގެ ކުރިމަތީގައި ތިބާ، އޭނާއަށް ސަނާކިޔުމަކީ އޭނާގެ ކަރުގައި ތޫނު އެއްޗެއް ޖެއްސުންފަދަ ކަމެކެވެ.”

އަދި ވިދާޅުވިއެވެ.

“އިބްނު ޢުމަރުގެ އަރިހުގައި މީހަކު އެކަލޭގފާނަށް ސަނާކިޔެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.”
«إِذَا رَأَيْتُمُ الْمَدَّاحِينَ فَاحْثُوا فِي وُجُوهِهِمُ التُّرَابَ»
މާނައީ: “ގިނައިން ސަނާކިޔާބަޔަކު ތިޔަބައިމީހުންނަށް ފެންނަ ހިނދު، ފަހެ، އެބައިމީހުންގެ މޫނަށް ވެލި ޖަހާށެވެ.”
ދެންފަހެ، އެކަލޭގެފާނު ވެލި ނަންގަވާ އެމީހާގެ މޫނަށް ޖެއްސެވިއެވެ. އަދި މިފަދައިން ތިންފަހަރު ވިދާޅުވިއެވެ. “މިއީ ކަލޭގެ މޫނަށެވެ.” [سلسلة الأحاديث الصحيحة]

ސަނާކިޔާމީހުންގެ މޫނަށް ވެލި ޖެހުމަކީ ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތެކެވެ. ނަމަވެސް މިކަމުގައި އެމީހާގެ ޙާލަތަށް ބަލަންޖެހޭނެއެވެ. އަޅުގަނޑު މިބުނަނީ މީހަކު އައިސް ތިބާއަށް ސަނާކިޔާ އިރަށް، ހަމަ އެވަގުތު، ވެލި މުށެއް ނަގާ އޭނާގެ މޫނަށް ޖަހާށެކޭ ނޫނެވެ. އެހެންނަމަވެސް އޭނާގެ ޙާލަތަށް ބަލާށެވެ. އޭނާއަށް އެކަމުގެ ސަނާކިއުމުގެ ޙުކުމްތައް ނޭނގި އޮވެދާނެއެވެ. ފަހެ، ހަމަކަށަވަރުން އިބްނު ޢުމަރު رضي الله عنه ޢަމަލުކުރެއްވި ގޮތް ބައްލަވާށެވެ. ފުރަތަމަ އެކަލޭގެފާނު އެމީހާއަށް އެކަން އޮތްގޮތް ބަޔާންކޮށްދެއްވީއެވެ. އަދި ޙަދީޘް ކިޔައިދެއްވީއެވެ. އޭނާގެ މޫނަށް ވެލި ޖެއްސެވީ އެއަށްފަހުގައެވެ. ތިބާއަށް އޮތީ މިކަމުގައި ޙިކުމަތްތެރިކޮށް ޢަމަލުކުރުމެވެ. ޖާހިލަކު ނަމަ އޮތީ އޭނާއަށް ހެޔޮގޮތް ބުނެދިނުމެވެ. އޭނާއަށް ކަންއޮތްގޮތް ނޭނގި ހުއްޓާ އެފަދައިން އޭނާ ސަނާކިއުމުން އޭނާގެ މޫނަށް ވެލިޖަހައިފިނަމަ އޭނާއަށް އެކަމުން ނުބައި ހީއެއް ކުރެވިދާނެއެވެ. އަދި އޭނާ ތިބާއާ ދުރުވެދާނެއެވެ. އިސްލާމްދީނަށް ދަޢުވަތު ދިނުމުގައި އޮތީ ޙިކުމަތުގެ ބޭނުން ހިފުމެވެ. އަދި ދަންނާށެވެ. މިޙަދީޘްގައި އެވަނީ الْمَدَّاحِينَ އެވެ. މިއަށް ޢަރަބި ބަހުގެ ޤަވާޢިދުގައި ދެވިފައިވާ ނަމަކީ صيغة المبالغة އެވެ. އެފަދައިން ބޭނުންކުރެވެނީ ގިނަގިނައިން ސަނާކިޔާ މީހުންނަށެވެ. އެހެންކަމުން އެޙަދީޘްގައި ވެސް އެވަނީ ސަނާކިޔާ ކޮންމެ މީހެއްގެ މޫނަށް ވެލިޖެހުމަކަށް ނޫނެވެ. ނަމަވެސް ގިނަގިނައިން އެކަން ކުރާ މީހުންނަށެވެ.

 

=ނުނިމޭ=

______________________________________________________

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް