[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުނިޔޭގެ އާބާދީއަށް 7 ބިލިއަން މީހުން ހަމަވަނީ… ދެނޯ؟

މިހާރަކަށް އައިސް މީޑިއާތަކުން އެންމެ ގިނައިން އިވެމުން އަންނަ އެއްވާހަކައަކީ ދުނިޔޭގެ އާބާދީ  7 ބިލިއަން މީހުނަށް އިތުރުވާ ވާހަކައެވެ. ދިރާސާތައް ދައްކާގޮތުން މި އަހަރުގެ އޮކްޓޯބަރ މަސް ނިމޭއިރު ދުނިޔޭގެ އާބާދީއަށްވާނީ 7 ބިލިއަން ހަމަވެފައެވެ.

މި ކަމާއި ގުޅިގެން ތަފާތު އަޑުތައް އެކި ދިމަދިމާލުން މިވަނީ އިވެންފަށާފައެވެ. މިކަމުގައިވެސް ދެކޮޅަށް ވާހަކަ ދައްކާ ބަހުސް ކުރާ މީހުން މަދެއްނޫނެވެ. އެއްބަޔަކު ބުނާ ގޮތުން އާބާދީ ބޮޑުވުމުގެ ސަބަބުން ގިނަ މީހުން ބަނޑަށް ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ސަބަބެއްކަމުގައި މި މީހުން ދެކެނީ ދުނިޔޭގައިވާ ތަކެތި ނުވަތަ ރިސޯސް ލިމިޓްވުމެވެ. އަނެއްބަޔަކު ދެކޭގޮތުގައި އާބާދީ އިތުރުވުމުގެ ނަތީޖާއެއްގޮތުން ދުނިޔެ އާބާދުވެ ތަރައްޤީވުމަށް މިކަން އެހީއަކަށް ވެގެންދެއެވެ.

އެހެންނަމަވެސް އަޅުގަނޑުމެން ދަންނަންޖެހޭ ހަގީގަތަކީ ދުނިޔޭގައި އަޅުގަނޑުމެން ދިރިއުޅުނު ކަމުގައިވިޔަސް އަޅުގަނޑުމެން ދިރިއުޅެމުންމިދާ ދުނިޔެ އަކީ އެއްވެސް މީހަކަށް ބާރުފޯރުވޭނެ އަދި އެއްވެސް މީހަކަށް ކޮންޓްރޯލް ކުރެވޭނެ ދުނިޔެއެއްނޫންކަމެވެ. ސަބަބަކީ މި ދުނިޔޭގެ މިލްކުވެރި ފަރާތަކީ ކައުނުގެ އެހެން ހުރިހާ އެއްޗެއްގެވެސް މިލްކުވެރި ފަރާތްކަމުގައިވާތީއެވެ.

ބައެއްފަރާތްތަކުން އަބާދީ ދަށްކުރުމުގެ ނަމުގައި ތަފާތު ގޮތްގޮތަށް މީހުންނަށް ވިސްނައި ދެމުންދެއެވެ. މިގޮތުން ދަރީން މަދުން ހޯދާށޭކިޔައި ބައެއް ފަރާތްތަކުން މީހުންނަށް ވިސްނައިދެމުންދާކަމީ ހިތާމަހުރި ކަމެކެވެ. މިއީ ހަމަ ކަނޑައެޅިގެން ނަބަވީ އިރުޝާދާއި ޚިލާފުކަމެކެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްއެއްގައިވެއެވެ.

 تَزَوَّجُوا الْوَدُودَ الْوَلُودَ فَإِنِّي مُكَاثِرٌ بِكُمْ الأُمَمَ  . وصححه الألباني

މާނައީ: ” ތިޔަބައިމީހުންގެތެރެއިން އެންމެ ލޮބިވެތިކަން ބޮޑު އަދި ގިނައިން ދަރިމައިވާ އަންހެނުންނާއި ތިޔަބައިމީހުން ކައިވެނި ކުރާށެވެ. އެހެނީ ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ގިނަ ކަމާއިމެދު ތިމަން ކަލޭގެފާނު ފަޚުރުވެރިވެ ވަޑައިގަންނަވާހުށީމެވެ. “

ވީމާ އަޅުގަނޑުމެން މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ދަރީން ގިނައިން ހޯދުމެވެ. އަދި އެހެންމެ އުއްމަތުގެ މުސްލިމުންގެ ޢަދަދު ގިނަވެ މުސްލިމުންގެ ބާރު ގަދަ ވެގެންދާނީ މުސްލިމުން ގިނައިން ދަރީން ހޯދިވަރަކަށެވެ.

ދެން އޮތްވާހަކައަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ރިސޯސްތައް ވަކި ހުދޫދަކަށް ލިމިޓްވެފައިވާ ވާހަކައެވެ. ތެދެއްމެއެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗަކީވެސް ވަކި ވަރަކަށް ލިމިޓް ވެފައިވާ އެއްޗެކެވެ. އެހެން ނަމަވެސް މާތްﷲ ވަނީ،  ކޮންމެ މީހަކަށްވެސް ބޭނުންވާނޭ ރިޒުޤު  ކަނޑައަޅުއްވާފައެވެ. އަދި އެކަނޑައެޅިފައިވާ ރިޒުޤު އަޅުގަނޑުމެންނަށް ލިބޭނެވެސްމެއެވެ.

ދަރީން ގިނައިން ހޯދުމުގެ ނަތީޖާއެއްގެގޮތުން އަޅުގަޑުމެންގެ އަތުގައި ހުރި ރިސޯސްތަކަކުން އެއްޗެހި ތަކެއް އުނިވެގެނެއްނުދާނެއެވެ. މާތްﷲ އެންގެވި ގޮތަށް މިދުނިޔޭގައި ދިރިއުޅުން ބައްޓަން ކުރާމީހަކަށް އޮތީ އުފާވެރި ބާއްޖަވެރި ދިރިއުޅުމެކެވެ. އަދި އެ އިލާހަށް އުރެދުނު ކަމުގައިވިޔަސް ދުނިޔެމަތީގައި އެމީހެއްގެ އަޖަލު ހަމަވަންދެން ކޮންމެ މީހަކަށްވެސް ކަނޑައެޅިގެންވާ ރިޒުޤު ލިބޭނެކަމީ ޔަޤީން ކަމެކެވެ. ދުނިޔޭގެ އާބާދީ އަށް އަދި 7 ބިލިއަން މީހުން އިތުރުވީކަމުގައިވިޔަސް މެއެވެ.