[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 9

 

ފަހެ މި ޙަދީޘުން ފެންނަން މިއޮތީ އެބޭކަލުން އެކަލޭގެފާނުގެ ސުންނަތް ތަބާވެވަޑައިގެން އަމުރުފުޅު ތަންފީޒު ކުރެއްވި ކަން ނުލާހިކު ޞަރީޙަކޮށް ފެންނާށެވެ. އެއްވެސް ޙާލެއްގައި ސުންނަތަށް އިންކާރު ކުރާ މީހުން އެ ދަޢުވާ ކުރާހެން އެބޭކަލުން އެކަލޭގެފާނުގެ ސުންނަތް ބޮލާލައި ޖައްސެވި ކަމަށް މިޙަދީޘުން ދަލީލު ނެގޭނީ ކިހިނެއް ހެއްޔެވެ؟

 

ތެދެކެވެ. މިޙަދީޘްގެ އެބުނާ ތަންކޮޅު އެކަނި ކިޔައިގެން ފުއްދާލާ ނަމަ ފަހަަރެއްގައި އެހެން ބުނުމުގެ ފުރުޞަތު އޮވެދާނެއެވެ. ނަމަވެސް ޙަދީޘް ފެށިގެން ނިމެން ދެން ކިޔައިފި މީހަކަށް އެހެން އެކަން ހިނގަން ދިމާވި ސަބަބު ވަރަށް ރަނގަޅަށް ވިސްނޭނެއެވެ. އަދި އެކަން އިތުރަށް ސާފުކޮށްލައި ޔަޤީންކޮށްލަން ބޭނުން ނަމަ ޙަދީޘްގެ އެހެން ރިވާޔަތްތައް ވެސް ކިޔާލުމަކީ ނެތްކަމެއް ނޫނެވެ. އެގޮތުން،

 

أَنَّ أَنَسَ بْنَ مَالِكٍ، حَدَّثَهُمْ قَالَ لَمَّا نَزَلَتْ ‏{‏ إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا * لِيَغْفِرَ لَكَ اللَّهُ‏}‏ إِلَى قَوْلِهِ ‏{‏ فَوْزًا عَظِيمًا‏}‏ مَرْجِعَهُ مِنَ الْحُدَيْبِيَةِ وَهُمْ يُخَالِطُهُمُ الْحُزْنُ وَالْكَآبَةُ وَقَدْ نَحَرَ الْهَدْىَ بِالْحُدَيْبِيَةِ فَقَالَ ‏”‏ لَقَدْ أُنْزِلَتْ عَلَىَّ آيَةٌ هِيَ أَحَبُّ إِلَىَّ مِنَ الدُّنْيَا جَمِيعًا ‏”‏ (مسلم: 1786)

 

“ހަމަކަށަވަރުން އަނަސް ބުނު މާލިކު رضي الله عنه އެބައިމީހުންނާ ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ: ‘އަލްޙުދައިބިއްޔާގައި ހަދްޔު ކަތިލުމަށް ފަހު ހިތްދަތިކަމާއި ހިތާމައިގައި އެބައިމީހުން އަލްޙުދައިބިއްޔާއިން އެނބުރި އަންނަނިކޮށް إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا * لِيَغْفِرَ لَكَ اللَّهُ‏ އިން ފެށިގެން‏ ‏‏فَوْزًا عَظِيمًا‏ އާ ހަމައަށް ބާވައިލެއްވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: ‘ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް އާޔަތެއް ބާވައިލެއްވިއްޖެއެވެ. އެ އާޔަތް، ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑުވެގެންވެއެވެ”.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 8