[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުޅަނގު ލަންޑަނުގައި ހުރި ޖަލެއްގައި އިސްލާމްވާ ޒުވާނުން އިތުރުވަނީ

ޖަލުގެ ކުށްވެރިއަކު ހަތިމެއް ދައްކާލަނީ

ހުޅަނގުލަންޑަނުގައި ހުރި އެންމެ ގިނަ ގޭންގުކުށްތަކުގައި ފާހަގަކޮށްލެވޭ ޒުވާނުން ލާފައިވާ ޖަލެއްގައި ޒުވާނުން އިސްލާމްވާ އަދަދު ވަރަށް ގިނަވެއްޖެއެވެ. އެއީ ފެލްޓުހަމްޖަލެވެ. (ނުވަތަ ފެލްތަމް ޖަލެވެ.) 686 ޒުވާނުންގެ ތެރެއިން މިހާރު މުސްލިމުންގެ އަދަދަކީ 229 ޒުވާނުންނެވެ. މިއީ އަލަށް ޖަލުގައި އިސްލާމްވެފައިވާ ކުދިން ލައިގެންނެވެ.
ހުކުރު ދުވަހު ވަރަށް ގިނަޒުވާނުން އެއްކޮށް ހުކުރު ނަމާދުކުރެއެވެ. އެތަނުގެ މިސްކިތް ފުރިގެން އެތަނުގެ ޖިމްގައިވެސް ބައެއްކުދިން ހުކުރުކުރެއެވެ.

އަދި އިނގިރޭސި ވިލާތުގެ ބައެއްނޫސްތަކުން ތުހުމަތުކުރާ ގޮތުގައި ގިނަ ޒުވާނުން އިސްލާމްވަނީ މޮޅުކާތަކެތި ހޯދާށެވެ. އާނއެކެވެ. އިސްލާމުންނަކި ސުވަރުގޭގެ މޮޅުކާނާއަށް ދަހިވެތި އެޔަށް އިންތިޒާރުކުރަމުންދާ ބަޔެކެވެ.
އަދިވެސް ޑެއިލީމެއިލްއަށް މައުލޫމާތު ދިންފަރާތަކުން ހާމަކުރާގޮތުގައި” އެތަނުގައި ޒުވާނުން އިސްލާމްވާ އަދަދު ގިނަވެ އިސްލާމްދީނަށް ލިބޭ ސަމާލުކަމުގެ ސަބަބުން އެތަނުގެ ބަޔެއް ފަރާތްތަކުން ދަނީ ހައިރާންކުރުވަމުންނެވެ. މިފަހަކަށް އައިސް ވަރަށް ގިނަ މީހުން ދީނީ އެއްވުންތަކުގައި ދަނީ ބައިވެރިވަމުންނެވެ.”މިފަހަކަށް އައިސް ހުޅަނގުގައި އިސްލާމްދީން ނުހަނު ހަލުވިކަމާއެކުގައި ދަނީ ފެތުރެމުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ގައުމުތަކުގައި މުސްލިމުންގެ ނަމުގައި ތިބި މިހުން އެދުވަނީ އެތަނުގައި މީހުން ބޭނުން ނެތިގެން އެއްލަމުންދާ ކުނިގޮތްތަށް ކޮޕީކޮށް ދިރުވުމަށް މަސައްކަތްކުރަމުންނެވެ. އަދި މިފަހަކަށް އައިސް ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ބައިބަލް ދިވެހިބަހަށް ތަރުޖަމާކޮށް އިންޓަރނެޓާއި އެނޫން ދާއިރާތަކުން ނަޞާރާ ދީނަށް ގޮވާލުމުގެ ހަރަކާތްތައްވެސް ދަނީ ހިންގަމުންނެވެ. އަދި އަވައްޓެރި ގައުމުތަކުގައި ގާއިމު ތިބެގެން މިތަކެތި ދިވެހިންނަށް ބަހައި ހަދަމުންދެއެވެ..

އަދި ދީނާއި ދެކޮޅު ރޫހު ޚާއްޞަކޮށް ޔޫރަޕުން ކިޔަވައިގެން އަންނަ ބަޔެއް ފަރާތްތަކުން މިކަން ފާހަގަކުރެވޭލެއް ބޮޑެވެ. ހަމައެޔާއެކު ޔޫރަޕުން ފައިދާކުރަނިވި ދާއިރާތަކުން ކިޔަވައިގެން އައިސް ގައުމަށް ހިދުމަތްކުރާ ޒުވާނުންވެސް މަދެއްނޫނެވެ.

އަދި އޭގެ އިތުރުން އެތީސްޓުން ތަފާތު ފިކުރުގެ މީހުން އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމައަށް ވަންނަން މެދުވެރިވާ ސަބަބަކީ ކުޑައިރު ރަނގަޅު އަޤީދާއެއްގެ މަތީގައި ތަރުބިއްޔަތުކުރެވިފައިނެތީމައެވެ. އަދި އެފަދަ ހުޅުވާލެވިފައިވާ ޑިމޮކްރަސީގެ ނަމުގައި ހައްދެއްނެތް ގައުމުތަކަށް ދޫކޮށްލެވޭތީއެވެ. މިފަހަކަށް އައިސް ދިވެހިރާއްޖޭގައި ޔޫރަޕުގައި ވަކާލާތުކުރާ ފަދަ ކަންކަމަށް ވަކާލާތުކުރާ ފަރާތްތައްވެސް އަންނަނީ ގިނަވަމުންނެވެ.

ހަވާލާ: ޑެއިލީމެއިލް. އިނގިރޭސިވިލާތް