[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަޢުވަތު

ވައްހާބީންނަކީ ކޮބާ؟” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ސަލަފީ ޞައްޙަ އަޤީދާ ފެތުރުއްވުމަށްޓަކައި ސަޢޫދީ އަރަބިއްޔާއަށް ނިސްބަތްވެވަޑައިގަންނަވާ، އިސްލާމީ އުއްމަތުގެ ބޮޑު ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޚުލް މުޖައްދިދު މުޙައްމަދު ބިން ޢަބްދުލް ވައްހާބު އައްތަމީމީ رحمه الله ގެ ސަލަފީ ދަޢުވަތަށް އިޖާބަދިން މީހުންނަށް ނިސްބަތްކޮށް ވައްހާބީންނޭކިޔެއެވެ. ވައްހާބީ މިނަން ކިޔެނީ ޝައިޚުގެ ބައްޕާފުޅުގެ ނަންކަމުގައިވާ ޢަބްދުލް ވައްހާބަށް ނިސްބަތްކޮށެވެ. އިމާމް އަޙުމަދު ބިން ހަންބަލް رحمه الله ގެ މަޒްހަބަށް ތަބާވާމީހުންނަށް ހަންބަލީން ކިޔޭފަދައިންނެވެ. ހަންބަލް އަކީ އިމާމް އަޙްމަދުގެ ބައްޕާފުޅެވެ.

ނަމަވެސް މުސްތަޝްރިޤުންނާއި ޣައިރުމުސްލިމުން މިހާރަކަށް އައިސް، ފަރުޟު ފަސް ނަމާދުކޮށް ދީނުގެ އުސޫލުތަކަށް ބަރާބަރަށް ތަބަޢުވާ މީހުންނަކީ ވައްހާބީންކަމުގައި ހަދައި އެއީ ހައްދުފަހަނަ އަޅައިގޮސްފައިވާ ބައެއްކަމުގައި ބުނެއެވެ. މިފަދަމީހުންގެ މަޤްޞަދަކީ އިސްލާމްދީނުން މީސްތަކުން ދުރުކޮށް، ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތާއިމެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތު އުފައްދާ ޝައްކު އުފެއްދުމެވެ. އަދި މިއީ އާ މަޒްހަބެއްކަމަށް ބުނެ އިސްލާމްދީނުގެ ޢަދުއްވުންގެ ދަލުގައި ޖެހިފައިވާ، މުސްލިމުން ކަމަށް ދަޢުވާކުރާ ބަޔަކުވެސް އުޅެމުންދެއެވެ.  ނަމަވެސް މިއީ އާ މަޒްހަބެއް ނޫންކަމާއި، ޝައިޚުގެ ދަޢުވަތަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ދިރުވާ ފެތުރުއްވެވުންކަން ޝައިޚުގެ ދަޢުވަތައް ނަޒަރުހިންގާލިމީހަކަށް ފެނިގެންދާނެއެވެ. އަދި ޝައިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބު رحمه الله ފެތުރުއްވެވީ އާ ޝަރީޢަތެއްވެސް ނޫނެވެ. އެހެނެއްކަމަކު، އެބޭފުޅާ ފެތުރުއްވެވީ ސަލަފުއްޞާލިހުންގެ މަންހަޖެވެ. އެބޭފުޅާގެ ދަޢުވަތަކީ ހަމަ ރަސޫލުﷲ صلى الله عليه وسلم ގެ ދަޢުވަތެވެ. ޞަޙާބީންގެ ދަޢުވަތެވެ. ސަލަފުއްޞާލިހުންގެ ދަޢުވަތެވެ. އިސްލާމް ދީނުގެ ސާފުސީދާ މަގަށް ގޮވާލެއްވުމެވެ.

އެބޭފުޅާގެ ދަޢުވަތަކީ އެއްވެސް ހާލެއްގައި ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި ޚިލާފް އާ ގޮތްތަކަކަށް ގޮވާލި ގޮވާލެއްވުމެއް ނޫންކަން، ޝައިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު رحمه الله ގެ ސީރަތު ދިރާސާކޮށްފި މީހަކަށް ވަރަށް ސާފުކޮށް އެނގިގެން ދާނެއެވެ. ނަމަވެސް ހިތާމައަކީ، އިސްލާމްދީނުގެ ޢަދުއްވުން، އެމީހުންގެ ޢަދުލުވެރިކަމެއްނެއް މީޑިޔާތަކުގައި ފަތުރަމުންދާ ޙަޤީޤަތެއްނެތް ދޮގު ވާހަކަތައް ޤަބޫލުކޮށް މުސްލިމުންގެ ތެރެއިން ބަޔަކުވެސް، ދީނުގެ ޙުކުމްތަކުގައި ފުރިހަމައަށް ހިފޭތޯ މަސައްކަތްކުރާ ތިމާގެ އެހެން މުސްލިމު އަޚުންނަށް ނިސްބަތްކޮށް، ފުރައްސާރަކުރުމުގެ ގޮތުން ވައްހާބީންނޭކިޔާތީއެވެ. ހަޤީޤަތުގައި މި ފުރައްސާރަކުރެވެނީ ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތަށެވެ. އެހެނީ ޝެއިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބު رحمه الله ދަޢުވަތު ދެއްވީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށެވެ. ތަވްޙީދަށެވެ. ޝިރުކާއި ބިދުޢަތަކާއި ޚުރާފާތްތައް ނައްތާލުމަށެވެ.

ޝައިޙު މުޙައްމަދު ބިން ޢަބްދުލް ވައްހާބު رحمه الله ގެ ޢާއިލާ” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ޝައިޚުގެ ޢާއިލާއަކީ ޢިލްމީ އަދި ދީނީ ޢާއިލާއެކެވެ. ޝައިޚަކީ އާލް މުޝައްރަފު ޢާއިލާގެ ބޭފުޅެކެވެ. އަދި އާލް މުޝައްރަފު ޢާއިލާ ނިސްބަތްވަނީ ބަނީތަމީމް ޤަބީލާއަށެވެ. ބަނީތަމީމް ޤަބީލާއާއި ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރައްވާފައި ވެއެވެ.

((هُمْ أَشَدُّ أُمَّتِي عَلَى الدَّجَّالِ )) [رواه البخاري]

މާނަ: ”އެއީ ތިމަންކަލޭގެފާނުގެ އުއްމަތުގައި ދައްޖާލުގެ މައްޗަށް އެންމެ ގަދަފަދަވެގެންވާ މީހުންނެވެ.“

ޝެއިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބު رحمه الله ގެ ނަސަބުފުޅު” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

އެއީ، މުޝައްރަފުގެ ދަރިކަލުން ބުރައިދުގެ ދަރިކަލުން މުޙައްމަދުގެ ދަރިކަލުން ބުރައިދުގެ ދަރިކަލުން ރާޝިދުގެ ދަރިކަލުން އަޙްމަދުގެ ދަރިކަލުން ޢަލީގެ ދަރިކަލުން ސުލައިމާނުގެ ދަރިކަލުން  ޢަބްދުލްވައްހާބުގެ ދަރިކަލުން މުޙައްމަދެވެ. – رحمهم الله جميعا – ޝެއިޚުގެ ކާފާފުޅު، ސުލައިމާނު ބިން ޢަލީ رحمه الله  އަކީ ހިޖުރައިން 11 ވަނަ ޤަރުނުގައި ނަޖިދުގައި ފާޅުވި އެންމެ ބޮޑު ޢިލްމުވެރިޔާއެވެ. އަދި ޝެއިޚުގެ ބައްޕާފުޅު ޢަބްދުލްވައްހާބު ބިން ސުލައިމާން رحمه الله ، އެބޭފުޅާގެ ޢިލްމުވެރިކަމުގެ ސަބަބުން، ޢުޔަޔިނާ އޭ ކިޔުނު ރަށުގެ ޤާޟީއަކަށް އިސްކުރެވުނެވެ. ޝެއިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު އުފަންވެވަޑައިގަތީ ހިޖްރައިން 1115 ވަނަ އަހަރު ޢުޔަޔިނާ އޭ ކިޔުނު ރަށުގައެވެ.

ޝެއިޚު ތަރުބިއްޔަތުވެވަމުންއައި ގޮތާއި ޢިލްމީ ޙަޔާތުގެ ފެށުން” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ޝެއިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު رحمه الله އަކީ، އެބޭފުޅާ އެންމެ ކުޑައިރުއްސުރެ ޢިލްމު އުނގެނިވަޑައިގެންނެވުމަށް ވަރަށް ބޮޑު ޝަވްޤުވެރިކަމެއް ހުންނަ ބޭފުޅެކެވެ. އެބޭފުޅާއާއި އެއް އުމުރުފުރާގެ ކުދިން ކުޅިވަރާއި މަޖަލުގައި ވަޤުތު ހޭދަކުރާގޮތައް، ޝެއިޚަކީ އެފަދަ ބޭކާރު ކަންކަމުގައި ވަޤުތު ހޭދަކުރެއްވުމަށްމަށް ޝަވްޤު ހުންނަ ބޭފުޅެއްނޫނެވެ. ޝެއިޚުގެ ޢިލްމީ ދަތުރުގެ ފެށުމަކަށްވީ ކީރިތި ޤުރުއާން އުނގެނި ދަސްކުރެއްވުމެވެ. ބުނެވޭގޮތުގައި ޝެއިޚު ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވަނީ އުމުރުފުޅުން 10 އަހަރު ފަހަނައަޅައި ނުދަނީހެވެ. މި މުހިއްމު މަރުޙަލާ ފުރިހަމަކުރެއްވުމަށްފަހު، ދެން ފެއްޓެވީ ޝަރުޢީ އެހެނިހެން ޢިލްމު ޙާޞިލުކުރެއްވުމަށެވެ. ޚާއްސަކޮށް ޙަންބަލީ މަޒްހަބުގެ ފިޤުހު، އެބޭފުޅާގެ ބައްޕާފުޅުގެ ކިބައިން ޙާސިލްކުރެއް ވިއެވެ. ޝައިޚު އެންމެ ބޮޑަށް ކިޔަވާވިދާޅުވީ ޝައިޚުލްއިސްލާމް އިބްނި ތައިމިއްޔާގެ ފޮތްތަކުންނާއި އަލްއިމާމް އިބްނިލް ޤައްޔިމް رحمهما الله ގެ ފޮތްތަކުންނެވެ.

ޝެއިޚަކީ ވިސްނުންފުޅުތޫނު، ހިތުދަސްކުރުމުގެ ބާރުގަދަ، ޝަރުޢީ ޢިލްމު ޙާސިލްކުރުމަށް ފެންބޮވާގެންފައިވާ ބޭފުޅެކެވެ. އަދި ޝައިޚުގެ ބައްޕާފުޅު، ޝައިޚަށް ޢިލްމު އުނގެނުމަށް ބާރުއަޅުއްވައި ހިއްވަރުދެއްވައެވެ. އަދި ޢިލްމު ޙާސިލުކުރުމުގެ ތަފާތުމަގުތަކަށް އިރުޝާދުދެއްވާ ހައްދަވައެވެ. ޝައިޚުގެ ބައްޕާފުޅަކީ ފިޤުހުވެރިއަކަށް ވުމުގެ ސަބަބުން، އެބޭފުޅާގެ އަމިއްލަ ރަށްކަމުގައިވާ ޢުޔަޔިނާއާއި އަދި އެހެން ރަށްރަށުގެ ކިޔަވާކުދިންވެސް ޝައިޚުގެ ބައްޕާފުޅާއި ބައްދަލުކުރުމަށް އައިސްހަދައެވެ. އެގޮތުން ތަފާތު ޢިލްމީ ބައްދަލުވުންތަކާއި ޢިލްމީ ބަޙުޘްތައް ބާއްވާހަދައެވެ. މުޙައްމަދު ބިން ޢަބްދުލްވައްހާބު رحمه الله ވެސް މި ޢިލްމީ ބައްދަލްވުންތަކާއި ބަހުޘްތަކަށް ހާޟިރުވެވަޑައިގެންނެވުމުގެ ސަބަބުން، ޢީލްމީ ގޮތުން އިތުރު ފައިދާތަކެއް ކުރަމުން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން ޝައިޚުގެ ޢިލްމު ހާޞިލުކުރެއްވުމުގެ ފުރަތަމަ މަރުޙަލާ ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާއި އެކުގައެވެ. ޝައިޚާއި ބެހޭގޮތުން ޝައިޚުގެ ބައްޕަ ވިދާޅުވެފައިވެއެވެ.

”ތިމަންނައަށް، ތިމަންނަގެ ދަރިފުޅުގެ ކިބައިން، ދަރިފުޅު ބާލިޣުވުމުގެ ކުރީން، ދީނުގެ ޙުކުމުތަކާއި ބެހޭގޮތުން ވަރަށް ގިނަ ފައިދާތަކެއްކުރިއެވެ.”

ޝެއިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު رحمه الله  ބާލިޣުވީ އެބޭފުޅާގެ އުމުރުން 12 އަހަރުގައެވެ. އެއަހަރު ޝައިޚުގެ ބައްޕަ ވަނީ ޝައިޚު ކައިވެނި ކޮށްދެއްވާފައެވެ. އަދި ހަމަ އެއަހަރު ޝެއިޚުގެ ފުރަތަމަ ޙައްޖު އަދާކުރެއްވިއެވެ.

މި ޙައްޖު ދަތުރުގައި، ކިޔަވާކުދިން ޝައިޚުންގެ އަރިހުން ޢިލްމު ޙާސިލުކުރުމަށް އެއްވެތިބޭ މަޖްލިސްތައް، މަސްޖިދުލްޙަރާމް އިން ޝައިޚު ދެކެވަޑައިގަތެވެ. އަދި މިފަދަ މަޖްލިސްތަކުން ފައިދާހުރި ތަފާތު ޢިލްމީ މަޢުލޫމާތު ޝައިޚު ހޯއްދެވިއެވެ.

ޝައިޚު ހައްޖަށް މިކުރެއްވި ދަތުރުފުޅު ނިއްމަވާލެއްވުމަށްފަހު ޝައިޚުގެ އަމިއްލަ ރަށްކަމުގައިވާ ޢުޔަޔިނާއަށް ވަޑައިގެންނެވުމުގެ ކުރިން މަދީނަތުލްމުނައްވަރާ އަށްވެސް ޒިޔާރަތްކުރެއްވިއެވެ. މި ޒިޔާރަތަށްފަހު އެނބުރި ރަށަށް ވަޑައިގެން ، ތަފްސީރު ފޮތްތަކާއި ޙަދީޘްފޮތްތަކާއި ތަވްޙީދު ޢިލްމުގެ ފޮތްތައް ކިޔަވާވިދާޅުވާން ފެއްޓެވިއެވެ. އަދި މިފަދަ ފޮތްތަކުގައި ވާ ޢިލްމީ މަޢުލޫމާތު ރަނގަޅަށް ފަހުމުވެވަޑައިގަންނަވައެވެ. ނަމަވެސް، އެމިންވަރުން އަދި ނުފުދޭކަމާއި، އިތުރަށް ޢިލްމަށް މުހުތާޖުވާކަން ޝައިޚަށް އަމިއްލަފުޅަށް ވިސްނިވަޑައިގެން، ޢިލްމު ހާޞިލުކުރެއްވުމަށް އެހެން ހިސާބުތަކަށް ދަތުރުކުރެއްވުމަށް ޢަޒުމު ކަނޑައެޅުއްވިއެވެ.

ޢިލްމު ޙާސިލުކުރެއްވުމަށް ޝައިޚު ދަތުރުކުރެއްވުން” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

މިގޮތުން ޝައިޚު ޢިލްމު ޙާސިލްކުރެއްވުމަށް ޢިރާޤަށް ވަޑައިގެންނެވިއެވެ. އަދި އެންމެ ބޮޑަށް ޝައިޚަށް ޢިލްމީގޮތުން ފައިދާވީ ޢިރާޤުގެ ބަޞަރާގެ  ޝައިޚެއްކަމަށްވާ މުޙައްމަދުލް މަޖްމޫޢީ رحمه الله ގެ އަރިހުންނެވެ. ޝައިޚުގެ ކާފަދަރިކަލުން ޢަބްދުއްރަޙުމާނު ބިން ޙަސަން ވިދާޅުވެފައިވާގޮތުގައި، ޝައިޚު “ކިތާބުއްތަވްޙީދު” ލިޔުއްވީ ބަޞަރާގައެވެ. ދެން ޝައިޚު ޢިލްމު ޙާސިލްކުރެއްވުމަށް ޙިޖާޒަށާއި (މައްކާ އަދި މަދީނާ) އަދި އަޙްސާއު އޭކިޔުނު ރަށަށްވެސް ވަޑައިގަތެވެ.

ޝައިޚުގެ ދަޢުވަތުގެ ފެށުން” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ބަޞަރާގައި ޝައިޚު ކިޔަވާވިދާޅުވާން ހުންނެވި ދުވަސްވަރު އެތަނުން ފެނިވަޑައިގަންނަމުންދިޔަ، ޝަރީޢަތާއި ޚިލާފުކަންކަމަށް އިންކާރުކުރަމުން ދިޔައެވެ. ޚާއްސަކޮށް ތަވްޙީދާއި ޝިރުކުގެ މައްސަލަތަކުގައެވެ. އަދި ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތުގައި ހިފުމަށް މީސްތަކުންނަށް ދަޢުވަތުދެއްވަން ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން ބަޞަރާގެ އަހުލުވެރިން އެރަށުން ޝައިޚު ނެރެލިއެވެ. އެއަށްފަހު ޝާމްކަރައަށް ވަޑައިގެންނެވުމަށް ޝެއިޚު މިސްރާބުޖެހިއެވެ. ނަމަވެސް އެ ހިސާބަށް ވާސިލްވެވޭގޮތެއްނުވިއެވެ. ޝައިޚު ޢިލްމު ޙާސިލްކުރެއްވުމަށް މި ވަޑައިގެންނެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޙުރައިމަލާއު އޭ ކިޔުނު ރަށަށް ވަޑައިގަތެވެ. އެއިރު ޝައިޚުގެ ބައްޕަ މަޤާމުން ވަކިކުރެވުމުގެ ސަބަބުން ވަނީ ޢުޔަޔިނާ ދޫކޮށް ޙުރައިމަލާއު އަށް ހިޖުރަކުރައްވާފައެވެ. އެރަށުގައި ޝައިޚުގެ ދަޢުވަތު ފެއްޓެވިއެވެ. ނަމަވެސް، ޝައިޚުގެ ބައްޕާފުޅު ޝައިޚުގެ ދަޢުވަތުގެ ސަބަބުން ޝައިޚަށް ލިބިވަޑައިގެންފާނެ ގެއްލުމަކަށްޓަކައި ބައެއް ކަންކަމުގައި ޝައިޚާއި ޚިޔާލުތަފާތުވެވަޑައިގެންނެވިއެވެ. ނަމަވެސް ހިޖުރައިން 1153 ވަނަ އަހަރު ޝައިޚުގެ ބައްޕާފުޅު އަވަހާރަވުމުން، ދަޢުވަތު އިތުރަށް ފުޅާކުރެއްވިއެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރެއްވުމުގައި ދެމިހުންނެވިއެވެ. މިކަމުގެ ސަބަބުން ބައެއް ޢާއްމުންނާއި ބޮޑުން ޝައިޚަށާއި ޝައިޚުގެ މަސައްކަތަށް ނަފްރަތު ކުރަންފެށިއެވެ. އަދި އަނދިރިކަން ގަދަ ރެއެއްގައި ޝައިޚު އަވަހާރަކޮށް، ޝައިޚުގެ ކަންތައް މުޅިން ނިންމާލުމަށް އެމީހުން ރޭވިއެވެ. ނަމަވެސް ޢަދާވާތްތެރިންގެ މި މަކަރުވެރި ރޭވުމުން ﷲ ތަޢާލާ ޝައިޚު ސަލާމަތްކުރެއްވިއެވެ. ޙުރައިމަލާއުގައި ދަޢުވަތު ކުރިޔަށް ގެންދެވޭނެ މަގެއް ނުފެނުމުން ޝައިޚު އެރަށްދޫކުރައްވައި، އުފަން ރަށް ކަމުގައިވާ ޢުޔަޔިނާއަށް އަނެއްކާވެސް ހިޖުރަކުރެއްވިއެވެ.

ޝައިޚު ޙުރައިމަލާއިން ނެރެލުމުން ޢުޔަޔިނާއަށް ބަދަލުވުން” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ޢުޔަޔިނާއަކީ މިހާރު ސަޢޫދީޢަރަބިއްޔާގެ ވެރިރަށް ރިޔާޟާއި ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ޝައިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު رحمه الله ، ޢުޔަޔިނާއަށް ވަޑައިގަތުމުން، އޭރު ޢުޔަޔިނާގެ އަމީރަކަށް ހުންނެވި ޢުޘްމާން ބިން މުޢުމަރު ޝައިޚަށް މަރުހަބާދެންނެވިއެވެ. އަދި ފުރަތަމަކޮޅުގައި ޝައިޚަށް އެހީތެރިވެދީ ނަސްރުދިނުމުގައި ތެދުވެވަޑައިގަތެވެ. ޢުޔަޔިނާގައިވާ މުންކަރާތްތައް ނަހީކޮށް ނައްތާލުމުގައި ޝައިޚާއި ބައިވެރިވެވަޑައިވިއެވެ. މީސްތަކުން، މަގުފުރެދުމުގައި ތިބެ އެ ގަސްތަކަކުން ބަރަކާތް ޙާސިލުކުރަމުން ދިޔަ ގަސްތައް ކެނޑުމާއި، ޤުއްބު ބިނާކޮށްފައިވާ ޤަބުރުތަކުގެ ޤުއްބުތައް ތަޅާލުމާއި، އުސްކުރެވިފައިވާ ޤަބުރުތައް ބިމާއި ހަމަކުރެއްވުމާއި، ނަމާދަށް ނުދާމީހުންނަށް އަދަބުދިނުމާއި، ރަޖަމުކުރުމުގެ ޝަރުތުތައް ފުރިހަމަވެ ޘާބިތުވީ އަންހެނެއްގެ މައްޗަށް ޙުކުމްޤާއިމުކުރެއްވުން ހިމެނެއެވެ. މިފަދައިން ކަންތައް ވަމުންގޮސް، ރަށުގެ ތެރޭގައި ޝައިޚުގެ ދަޢުވަތު ފެތުރި، އެންމެފަހުން އަޙްސާއުގައި ހުރި ޙާކިމަށް އެކަމުގެ ޚަބަރުލިބި، ޢުޘްމާން ބިން މުޢުމަރުގެ އަރިހަށް މީހަކު ފޮނުވައި، ޝައިޚު ރަށުން ބޭރުކޮށްލުމަށް ނުވަތަ ޤަތުލުކޮށްލުމަށް އަމުރުކުރިއެވެ. ޢުޘްމާން ބިން މުޢުމަރަށް މިކަން ބޮޑުކަމަކަށް ވެއްޖެއެވެ. އެއީ އަޙްސާއުގެ ޙާކިމުގެ އަމުރާއި އެއްގޮތައް ކަންތައް ނުކޮށްފިނަމަ، ކޮންމެ އަހަރަކު ލިބޭ މުސާރަ ކަނޑާލާނެކަން އެނގޭތީއެވެ. ޢުޒުރުވެރިވާ ހާލުގައި ޢުޘްމާން ބިން މުޢުމަރު ޝައިޚަށް މިކަންތައް ހުށަހަޅައިފިއެވެ. އެހެން ކަމުން ޝައިޚު ޢުޔަޔިނާއިން އިން ނެރެލެއްވުމުން އިޚްތިޔާރުކުރީ ދިރުޢިއްޔާއަށް ވަޑައިގަތުމަށެވެ.

ޝައިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބު رحمه الله ގެ ދަޢުވަތުގެ މަޤުޞަދުތައް” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

1 – އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމަށް ގޮވާލުން.

2 – ޝިރުކުގެ އެންމެހައި ވައްތަރުތަކާއި ދެކޮޅަށް ތެދުވެ، އެކަންތައް ނައްތާލުން.

3 – ޝިރުކަށް މަގުފަހިވާ އެންމެހައި ކަންކަން ނައްތާލުން.

4 – ބިދުޢަ ހެދުމާއި ދެކޮޅަށް ތެދުވުމާއި، ބިދުޢަތައް ނައްތާލުން.

5 – ދިރިއުޅުމުގެ ހުރިހާ ދިމާއެއްގައިވެސް އިސްލާމީ ޝަރީޢަތް ތަޠުބީޤު ކުރުން.

ޝައިޚުގެ ދަޢުވަތަށް ބައެއް ޢާއްމުންގެ އިތުރުން ބައެއް ޢިލްމުވެރިން ދެކޮޅު ހެއްދެވީ ކީއްވެ؟” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ޝައިޚުގެ ދަޢުވަތަކީ ތައުޙީދުގެ ކަލިމަ މަތިވެރިކޮށް، ޝިރުކާއި ބިދުޢައާއި ޚުރާފާތްތަކާއި ދެކޮޅަށް ހަނގުރާމަކުރެއްވުން ކަމުގައި ވީއިރުވެސް، އޭރު އެ ރަށްތަކުގައި އުޅުއްވި ބައެއް ޢިލްމުވެރިން ޝައިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބުގެ ދަޢުވަތާއި ދެކޮޅު ހެދީ، މުޖުތަމަޢުގައި އެބައިމީހުންގެ މަޤާމާއި ޤަދަރު ވެއްޓިގެން ހިނގައިދާނެތީއެވެ. އެބައިމީހުން ޝައިޚާއި އެއްކޮށް، ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ ވާޖިބާއިގެން ތެދުވެއްޖެނަމަ، ޢާންމުން އެ ޢިލްމުވެރިންނާއިމެދު މިފަދައިން ވާހަކަދައްކާ ހަދާނެއެވެ.

މިވެނި ޢިލްމުވެރިއަކީ ކުރިންވެސް، މިރަށުގައި އުޅެމުން އައި ޢިލްމުވެރިއަކަށް ވީއިރުވެސް، މިވެނި ގޯސްކަމެއް މަނައެއް ނުކުރެއެވެ. ނުވަތަ ނުހުއްޓުވައެވެ. އެ ޢިލްމުވެރިންނަށް އެނގިހުރެމެ އެކަން ނުހުއްޓުވިނަމަ އެއީ އިޚްލާސްތެރި ނޫންބައެއްކަމުގައި މީހުން ބުނާނެއެވެ.

ނުވަތަ ކުރިން އެ ޢިލްމުވެރިޔާއަށް އެކަން ނޭންގެނީ ބާވައެވެ. އެހެން ވެއްޖެނަމަ އެ ޢިލްމުވެރިޔާއަކީ ޖާހިލު އަދި ޢިލްމު ލިބިފައިނެއް މީހެއްކަމަށް މީސްތަކުން އޭރުން ބުނާނެއެވެ.

ދެގޮތުގައިވެސް އޮތީ ޢާއްމުންގެ ކައިރީގައި އެ ޢިލްމުވެރިންގެ އަގުވެއްޓިގެން ދިޔުމެވެ. އެހެން ކަމުން ޝައިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބުގެ ދަޢުވަތަށް ދެކޮޅުހެދީއެވެ.

ޝައިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު ދިރުޢިއްޔާގައި” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ދިރުޢިއްޔާއަކީ، ޢުޔަޔިނާގެ ދެކުނުގައި 30 ކިލޯމީޓަރަށްވުރެ ދުރުނޫން ހިސާބެއްގައި އޮންނަ ރަށެކެވެ. މި ދެރަށްވެސް އޮންނަނީ ވާދީ ޙަނީފާގައެވެ. މިއީ ބޮޑެތި ވާދީތަކުގެ ތެރެއިން އެއްވާދީއެވެ. ޝައިޚު ދިރުޢިއްޔާއަށް ވަދެވަޑައިގަތީ ހަވީރުގެ ވަގުތުގައެވެ. އެއަށްފަހު މިސްރާބުޖެއްސެވީ އާލް ސުލައިމުގެ ގެއާއި ދިމާއަށެވެ. އެއީ ޝައިޚު ކުރިންވެސް ދެނެވަޑައިގެންނަވާ އަދި ގުޅުން އޮންނަ ބައެކެވެ. އެ ގޭގެ އަހުލުވެރިން ޝެއިޚަށް މަރުހަބާއެވެ.

ދިރުޢިއްޔާގެ އަމީރު ޝައިޚާއި ބައްދަލުވުން އަދި ހިމާޔަތް ދެއްވުން” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ދިރުޢިއްޔާގެ އަމީރު މުޙައްމަދު ބިން ސުޢޫދު رحمه الله، ޝައިޚަށް ހިމާޔަތްދީ އަމާންކަން ދިނުމަށް ޤަސްދުކުރެއްވިއެވެ. އަދި ޝައިޚުގެ ޢިލްމީ މަޤާމާއި ޤަދަރަށްޓަކައި ޝައިޚުގެ އަރިހަށް ޒިޔާރަތް ކުރަން ފެއްޓެވިއެވެ. ޒިޔާރަތްކުރުމުގެ އަނެއް ބޭނުމަކީ، އަމީރު މުޙައްމަދު ބިން ސުޢޫދު ވަނީ ޝައިޚާއި އެކުގައިކަމާއި، ޝައިޚުގެ ދަޢުވަތަށް ނަޞްރުދިނުމުގައިކަމާއި އަދި ޝައިޚަށް ހިމާޔަތް ދީފައިކަން މީސްތަކުންނަށް ހާމަކޮށްދިނުމެވެ. ޝައިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު رحمه الله އާއި މުޙައްމަދު ބިން ސުޢޫދު رحمه الله އާއި ދެބޭކަލުން ޚާއްސަ ބައްދަލުވުމެއް ބޭއްވިއެވެ. ތަވްޙީދު ފެތުރުމާއި ޝިރުކާއި ބިދުޢަތަކާއި ޚުރާފާތްތައް ނައްތާލުމަށް އެކީގައި މަސައްކަތްކުރެއްވުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. އެއަށްފަހު ރަސޫލުﷲ صلى الله عليه وسلم ގެ ޙަޔާތްފުޅާއި ބެހޭގޮތުން ޝައިޚު ވާހަކަފުޅުދެއްކެވިއެވެ. އެކަލޭގެފާނުގެ ދަޢުވަތާއި އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި، އެކަލޭގެފާނުގެ ޞަޙާބީން ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމާއި ﷲގެ މަގުގައި ޖިހާދުކުރެއްވުމުގެ މަތިވެރި ވާޖިބާއިގެން ތެދުވެވަޑައިގެންނެވި ވާހަކަ ބަޔާންކޮށްދެއްވިއެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެއްކަމާއި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައިކަން މާތް ނަބިއްޔާގެ ޙަދީޘްގެ އަލީގައި ބަޔާންކޮށްދެއްވިއެވެ. މިގޮތުން ޝައިޚާއި ދިރުޢިއްޔާގެ އަމީރާއި ދެބޭފުޅުން، ﷲ މަގުގައި ޖިހާދުކުރުމަށާއި، ޝިރުކާއި ބިދުޢައާއި ޚުރާފާތްތަކާއި ދެކޮޅަށް ތެދުވުމަށާއި، ތަވްޙީދުގެ ކަލިމަ މަތިވެރިކުރުމަށާއި ހެޔޮކަންތަކަށް އަމުރުކުރުމަށާއި މުންކަރާތްތައް ނަހީކުރުމުގެ ވާޖިބާއިގެންތެދުވުމަށް އިއްތިފާޤުވިއެވެ. މި އެއްބަސްވުމަށް “އިއްތިފާޤުއްދިރުޢިއްޔާ” އޭކިޔެއެވެ. މި އެއްބަސްވުމާއި އެކު ހިޖްރައިން 1157 ގައި ސަޢުދީއަރަބިއްޔާގެ ފުރަތަމަ ދަވްލަތުގެ ބިންގާއެޅުނެވެ.

އިއްތިފާޤުއްދިރުޢިއްޔާ އަށްފަހު” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

އިއްތިފާޤުއްދިރުޢިއްޔާއަށްފަހު ދެއަހަރުދުވަހުގެތެރޭގައި ޝައިޚުގެ ދަޢުވަތު ފުޅާކޮށް ފެތުރުއްވެވިއެވެ. އެގޮތުން ވަރަށް ދަތި އުނދަގޫ މަރުޙަލާތަކާއިވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. ތަވްޙީދުގެ ކަލިމަފުޅު މަތިވެރިކޮށް ޝިރުކާއި ބިދުޢަތައް ނައްތާލައި މީސްތަކުންގެ މުޅިޙަޔާތުގެ ހުރިހާ ކަމެއްގައިވެސް އިސްލާމީ ޝަރީޢަތް ތަޠުބީޤުކުރެއްވުމުގެ ގޮތުން ﷲ ގެ މަގުގައި ޘާބިތުވެ ހުންނަވައި، މީސްތަކުން، ޙައްޤުގެ މަގަށް ގެނައުމަށްޓަކައި ޖިހާދު އިޢުލާނުކުރެއްވިއެވެ.

މިގޮތުން “شهادة أن لاّ إله إلاّ الله و أن محمدا رسول الله” މިކަލިމައިގެ ޝަރަޙަ ބަޔާންކޮށްދެއްވައި، ދީނުގެ އުޞޫލުތަކާއި ތަވްޙީދު ބަޔާންކޮށްދެއްވައި، ތަފާތު ރަށްތަކުގެ ބޮޑުންނަށް ސިޓީ ލިޔުއްވައި، އީމާންކަމަށް ގޮވާލައްވައި ޝިރުކުގެ އެންމެހައި ކަންކަމުން ބަރީއަވުމަށް ގޮވާލެއްވިއެވެ.

މީސްތަކުންނަށް ދީނުގެ އުޞޫލުތަކާއި ޝަރުޢީ ޢިލްމު އުނގަންނަވައި ދެއްވިއެވެ.

ކައިރި ރަށްތަކަށް، ދީނުގެ ދަޢުވަތުދީ، ދީން އެބައިމީހުންނަށް އުނަގަންނަވައިދެއްވުމަށް ދާޢީން ފޮނުއްވެވިއެވެ.

ޢިލްމުވެރިންނާއި، ރަށްތަކުގެ ބޮޑުންނަށް ސިޓީފޮނުއްވައި، ޝައިޚުގެ ދީނީ ދަޢުވަތަށް އެއްބާރުލުންދީ ނަސްރުދިނުމަށް އެދިވަޑައިގަތެވެ.

ނަމާދުގެ ޖަމާޢަތަށް ޙާޞިރުވުން ލާޒިމުކުރައްވައި، ނަމާދުތަކުގެ ފަހުން ދީނީ ދަރުސްތަކަށްވެސް ޙާޟިރުވުން ލާޒިމުކުރެއްވެ. ޖާހިލުކަމާއި ޝިރުކާއި ޚުރާފާތްތަކުން މީސްތަކުން ނެރުއްވުމަށްޓަކައެވެ. މި ދަރުސްތަކުގައި ޚާއްސަކޮށް އީމާންކަމާއި އިސްލާމްކަމުގެ ރުކުންތަކުގެ ޝަރަޙަ ބަޔާންކޮށްދީ، އަޅުކަންތައް އުންގަންނަވައި ދެއްވައެވެ.

އިޖްތިމާޢީ ގޮތުން ބަލާއިރު، މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި ގުޅުން ރަނގަޅުކޮށް، ޢަދުލުވެރިކަމާއި އަމާންކަން ޤާއިމުކުރެއްވިއެވެ.

ޝައިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބު އަވަހާރަވުން” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ޝައިޚު رحمه الله އަވަހާރަވީ ހިޖުރައިން 1206 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއިރު ޝައިޚުގެ ޢުމުރުފުޅަކީ 91 އަހަރެވެ. ޝައިޚު ދުނިޔޭގައި ހުންނަވަނިކޮށް ﷲ ތަޢާލާވަނީ ޝައިޚުގެ ދަޢުވަތުގެ ފޮނި ނަތީޖާ ޝައިޚަށް ދައްކަވާފައެވެ. ޝައިޚު އަވަހާރަވެގެންދިޔައީ، ތަވްޙީދުގެ ކަލިމަފުޅު މަތިވެރިކޮށް، ބިދުޢަތަކާއި ޚުރާފާތްތައް ނައްތާލުމުގެ ހިނިތުންވުން ގެނެސްދީފައެވެ. ޝައިޚުގެ އަރިހުން ދަރިވަރުވެގެން އެތައް ޢިލްމުވެރިންނެއް އިސްލާމީ އުއްމަތުގައި އުފެދުނެވެ. ޝައިޚުގެ ދަޢުވަތު މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ. ތެދުވެރިންނާއި، އިޚްލާސްތެރިންނާއި، ޞާލިޙުންގެ ތަޢުރީފާއި ޘަނާއާއި ހެޔޮދުޢާ ޝައިޚަށް މިއަދުވެސް އޮހެމުންދެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.

((لاَ تَزَالُ طَائِفَةٌ مِنْ أُمَّتِى ظَاهِرِينَ عَلَى الْحَقِّ لاَ يَضُرُّهُمْ مَنْ خَالَفَهُمْ)) [رواه مسلم]

މާނަ: ”ތިމަންކަލޭގެފާނުގެ އުއްމަތުގައި ހައްޤުގެ މަތީގައި ޤާއިމުވެތިބޭ ޖަމާޢަތެއްގެ ބަޔަކު އަބަދުވެސް ވާނެއެވެ. އެބައިމީހުންނާ ދެކޮޅުވެރިވާމީހުންގެކިބަޔަކުން، އެބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ.“

ޝައިޚު ލިޔުއްވާފައިވާ ބައެއް ފޮތްތައް” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ކިތާބުއްތަވްޙީދު ، އުޞޫލުއްޘަލާޘާ ، ކަޝްފުއްޝުބުހާތު ، މަސާއިލުލު ޖާހިލިއްޔާ ، މުޚްތަޞަރު ސީރަތު އިބްނު ހިޝާމް ، މުޚްތަޞަރު ޒާދުލްމަޢާދު ، އުޞޫލުއްސިއްތާ އަދި މިނޫނަސް ވަރަށްގިނަ ފޮތްތައް ލިޔުއްވިއެވެ.


ހަވާލާ :

1 – د/عبدالله صالح العثيمين ” تاريخ المملكة “

2 – الشيخ سليمان بن عبدالله ” تيسير العزيزالحميد “

3 – عثمان الصالح العلي ” العاصمة التاريخية للدعوة السلفية الدرعية “

4 – أمين سعيد ” تاريخ الدولة السعودية “

5 – محمد بن عمر الفاخري ” تاريخ الفاخري “

6 – محمد بن رشيد البارود الماجد ” الشيخ محمد بن عبدالوهاب و منهجه الإصلاحي “