[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަޢުވަތު ސިލްސިލާ: 01 (އިސްލާމީ ޢަޤީދާ)

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَمَنْ أَحْسَنُ قَوْلاً مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحاً وَقَالَ إِنَّنِي مِنْ الْمُسْلِمِينَ)) فصلت: 33 މާނައީ: “ﷲގެ މަގަށް ގޮވާލައި، އަދި ޞާލިޙުޢަމަލުކޮށް، އަދި ހަމަކަށަވަރުން ތިމަންނާވަނީ މުސްލިމުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅުބަސް ބުނާމީހަކީ ކާކު ހެއްޔެވެ؟” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((الدَّالُّ عَلَى الْخَيْرِ كَفَاعِلِهِ)) (الترمذي – وصحّحه الألباني في السلسلة) މާނައީ: “ހެޔޮކަމަށް މަގުދައްކައިފިމީހާ އެކަން ކުރިމީހާ ފަދައެވެ.”

އާދެ، ސައިންސާއި ޓެކްނޮލޮޖީގެގޮތުން ކުރިއަރާފައިވާ މިފަދަ ދުވަސްވަރެއްގައި، ﷲ ތަޢާލާގެ މަގަށް ދަޢުވަތު ދިނުމުގައި ވަރަށް ގިނަ ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ. މިގޮތުން ލީފްލެޓަކީ، މިކަމަށްޓަކައި އެންމެ ފަސޭހަކަމާއެކު  ބޭނުންކުރެވިދާނެ އެއްވަސީލަތެވެ. އެހެންކަމުން، “ދަޢުވަތު ސިލްސިލާ” ގެ ނަމުގައި ދިސަލަފިއްޔާ ވެބްސައިޓުގެ ފަރާތުން ގެނެސްދެވޭ މިލީފްލެޓްތަކަކީ، މިކަންތައް ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި ގެނެސްދެވޭ ސިލްސިލާ ލީފްލެޓްތަކެކެވެ.

ދުޢާއަކީ، މިސިލްސިލާ ލީފްލެޓްތަކަކީ ﷲގެ މަގަށް ދަޢުވަތުދިނުމުގައި ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށްވެސް ހިއްސާވުމަށް ކޮށާލެވޭ މަގެއްކަމުގައި ލެއްވުމެވެ. އަދި މިއީ ގިނަބަޔަކަށް އިސްލާމްދީނުގެ ޢިލްމު ފޯރުކޮށްދެވޭނޭ މަގެއްކަމުގައި ލެއްވުމެވެ.

ލީފްލެޓް ޑައުންލޯޑުކުރައްވާ

ދަޢުވަތު ސިލްސިލާގެ އެހެނިހެން ބައިތައް