[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކައިވެނީގެ ރަން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

އިސްލާމްދީނަކީ މީސްތަކުންގެ ދުނިޔެވީ ޙަޔާތާއި އުޚްރަވީ ޙަޔާތް ބާއްޖަވެރިކޮށް ދެއްވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ މީސްތަކުންނަށްޓަކައި ބާވާލެއްވުނު ހިދާޔަތުގެ ތެދުމަގެވެ. އެދީނުގައި މީސްތަކުންނަށް ފައިދާއާއި މަންފާ ލިބޭނެ އެންމެހާ ހެޔޮމަގަކަށް ވަނީ މަގު ދައްކަވާ ދެއްވާފައެވެ. މިގޮތުން ހެޔޮގޮތުގައި މީސްތަކުންގެ ދަރިފަސްކޮޅު އިތުރުކުރެވޭނެ މަގުކަމުގައިވާ ކައިވެނީގެ މަގަށް އިސްލާމްދީން ވަނީ އެންމެ ފުރިހަމަގޮތުގައި މަގުދައްކަވާފައެވެ. މިދީނުގެ މަތިވެރި ދެދުސްތޫރަކަމުގައިވާ ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ވަނީ މިކަންކަމާގުޅޭ އެންމެހާ ޙުކުމްތަކެއް އެންމެ ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. ކައިވެންޏާގުޅޭ ފިޤުހީ މަސްއަލަތަކުގެ ތެރެއިން އެއްމަސްއަލައަކީ ކައިވެނިކުރާ ފިރިހެންމީހާގެ ފަރާތުން ކައިވެނިކުރާ އަންހެންމީހާއަށް ދޭންޖެހޭ ކައިވެނީގެ ރަނެވެ. މިފޮތަކީ ޤުރުއާނާއި ސުންނަތުގެ އަލީގައި ކައިވެނީގެ ރަނަށް އަލިއަޅުވާލައިފައިވާ ފޮތެކެވެ.

ދުޢާއަކީ މި ޢަމަލުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާ، ގިނަބަޔަކަށް މިފޮތުގެ ލާބަޔާއި މަންފާ ވާސިލް ކޮށްދެއްވުމެވެ.

ފޮތުގެ ނަން:  ކައިވެނީގެ ރަން

ލިޔުއްވީ:މުޙައްމަދު ސިނާން

ޞަފްޙާގެ ޢަދަދު: 31 ޞަފްޙާ (A4 ސައިޒް).

ފައިލް ސައިޒް: 1 mb

ފޮތް ޑައުންލޯޑުކުރައްވާ