[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަޙުމަތުގެ ނަބިއްޔާއަށް އެކަލޭގެފާނުގެ ޞަޙާބީން ލޯބިކޮށް ތަބާވި ގޮތް – 2

އަލްއިމާމު އަލްޙާކިމް ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްތަދުރަކުގައި ގެންނަވާފައި ވެއެވެ. ޢާއިޝާ ރަޞިޔަﷲ ޢަންހާ ވިދާޅުވިއެވެ. ( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއިގެން މަސްޖިދުލްޙަރާމުން، މަސްޖުދުލް އަޤުޞާއަށް އިސްރާ ކުރެވުނު ޚަބަރު އެކަލޭގެފާނު ދެއްވުމުން، މީސްތަކުންގެ މެދުގައި އެޚަބަރު ފެތުރި އެ ވާހަކަ ދެކެވެންފެށިއެވެ. އެކަލޭގެފާނަށް އީމާންވެ އަދި އެކަލޭގެފާނުގެ ރަސޫލުކަން ތެދުކޮށްގެން ތިބި ބައެއްމީހުންނަށްވެސް އެ ޚަބަރު ޤަބޫލުކުރަން ދަތިވެ އެޚަބަރު ރައްދުކުރިއެވެ. އަދި އެބޭކަލުން އެ ޚަބަރާއިގެން އަވަސް އަވަހަށް އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނަށް ވިދާޅުވިއެވެ. ކަލޭގެފާނުގެ އެކުވެރިޔާ(މުޙައްމަދުގެފާނު) އެއްމެ ރެއަކުން ބައިތުލް މަޤްދިސަށް އިސްރާކުރެވުނުކަމަށް ކުރާ ދަޢުވާ ކަލޭގެފާނު ޤަބޫލުކުރާނަންހެއްޔެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ހަމަ އެހެން ވިދާޅުވިތޯއެވެ. އެމީހުން ބުންޏެވެ. އާނ އެކެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު އެހެން ވިދާޅުވާކަމުގައިވާނަމަ އެއީ ޔަޤީނުންވެސް ތެދެވެ. އެމީހުން ބުންޏެވެ. މުޙައްމަދުގެފާނު ބައިތުލް މަޤްދިސަށް ރޭގަނޑެއްގައި ގޮސް ހެނދުނު ވުމުގެ ކުރިން އެނބުރި އައިކަމަށް ކަލޭގެފާނު ހަމަ ޤަބޫލުކުރައްވަންތޯއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އާނ އެކެވެ. އެއަށްވުރެ މާ ދުރުގައި ހިނގާ ކަންކަންވެސް ތިމަން، އެކަލޭގެފާނުގެ ކިބައިން ޤަބޫލުކުރަމެވެ. ހެނދުނެއްގައި ނުވަތަ ހަވީރެއްގައި އެކަލޭގެފާނަށް ލިބިވަޑައިގެންނަވާ އުޑުގެ ޚަބަރުތައް ޤަބޫލުކުރައްވާ ބޭކަލެއްކަމުގައި ތިމަންވަމެވެ. އޭގެ ސަބަބުން އެކަލޭގެފާނަށް އައްޞިއްދީޤު(ތެދުވެރިޔާ) ގެ ލަޤަބު ލިބިވަޑައިގެންނެވިއެވެ.) އަލްޙާކިމް ރަޙިމަހުﷲ ވިދާޅުވިއެވެ. މި ޙަދީޘުގެ ސަނަދު ޞައްޙައެވެ. އަލްއިމާމްއައްޒަހަބީވެސް މި ޙަދީޘްގެ ސަނަދުގެ ޞައްޙަކަމާއިމެދު އަލްއިމާމުއަލްޙާކިމް ރަޙިމަހުﷲ އާއި އިއްތިފާޤުވެވަޑައިގަންނަވައެވެ.

-ނުނިމޭ-

މަޞްދަރު: رسالة ” حقيقة شهادة أن محمدا رسول الله ”  للشيخ عبدالعزيز بن عبدالله بن محمد

ކުރީގެ ބައިތައް