[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔަރަތު ފިލާވަޅު 13

މައްކާގައި ހިނގާދިޔަ ނަބީކަމުގެ މަރުހަލާތައް:

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނަށް ﷲ ތަޢާލާގެ ފާރާތްޕުޅުން ނަބީކަން ޙަވާލުކުރެއްވުމާއެކު އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި އެކަމާ ކުރިމަތިލެއްވިއެވެ. މިގޮތުން އެންމެ ފުރަތަމަ މައްކާގައި 3 އަހަރުވަންދެން ސިއްރިއްޔާތުގައި އެކަލޭގެފާނުގެ ދަޢުވަތު ދެއްވެވިއެވެ. އެކަލޭގެފާނު ގިނިކަންޏާ ޙާލުކޮޅު މި މާތްވެގެންވާ އިސްލާމްދީނަށް ގޮވައިލެއްވުމުގެ ބުރަމަސައްކަތް ފެއްޓެވިއެވެ. ސިއްރިއްޔާތުގައި ދީނަށްގޮވާލެއްވުމުގެ ކަންތައްތައް ކުރިޔަށް ގެންދަވަނިކޮށް ﷲ ތަޢާލާގެ މި ވަޙީބަސްފުޅު އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވިއެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. (فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ ﴿٩٤﴾ )  سورة الحجر މާނައީ: ” ފަހެ، ކަލޭގެފާނަށް އަމުރުކުރައްވާގޮތަށް، ފާޅުގައި ދީނަށް ގޮވައިލައްވާށެވެ! އަދި ޝަރީކުކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! “ ﷲ ތާޢާލާ މި އާޔަތް ބާވައިލެއްވުމާއެކު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފާޅުގައި ދީނަށް ގޮވާލައްވަން ފެއްޓެވިއެވެ. އަދި އެހާހިސާބުން އެކަލޭގެފާނުގެ ޤައުމުގެ މީހުން ފާޅުގައި އެކަލޭގެފާނާ ޢަދާވާތްތެރިވާން ފެށިއެވެ. އަދި މުސްލިމުންނަށް 2 ހިޖުރައެއް ކުރެއްވުމަށް ﷲ ތަޢާލާ އިޒުނަ ދެއްވައިފުމަށް ދާންދެން މި ޢަދާވާތްތެރިކަމާއި ބޮޑެތި ވޭންހުރި އަނިޔާތަކާއި އުދަގޫތައް އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުންނަށް މައްކާގެ މުޝްރިކުން ކުރިމަތި ކުރުވަމުން ގެންދިޔައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމުގެ ދަޢުވަތުގެ މަރުޙަލާތައް:

ފުރަތަމަ މަރުޙަލާ: ނަބީކަން ޙަވާލުކުރެއްވެމުން.

ދެވަނަ މަރުޙަލާ: ގާތް ތިމާގެ މީހުންނަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން.

ތިންވަނަ މަރުޙަލާ: ޤައުމުގެ މީހުންނަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން.

ހަތަރުވަނަ މަރުޙަލާ: ކުރީގައި އެބަޔެއްގެ ގާތަށް އިންޒާރުދޭނޭ ބޭކަލަކު ވަޑައިގެންފައިނުވާ ޢަރަބީންގެ އެންމެނަށް އިންޒާރުދެއްވައި ދީނަށްގޮވާލެއްވުން.

ފަސްވަނަ މަރުޙަލާ: ޒަމާނުގެ އެންމެ ފަހުގެ ވަގުތާއި ޖެހެންދެން އިންސީންނާއި ޖިންނީންގެ ތެރެއިން އެކަލޭގެފާނުގެ ދަޢުވަތި ފޯރި ކޮންމެ މީހަކަށް އިންޒާރުދެއްވައި ދީނަށް ގޮވާލެއްވުން.

 މިފިލާވަޅުގެ ސުވާލުތައް:

1-      މައްކާގައި ހިނގައިދިޔަ ނަބީކަމުގެ ދެ މަރުޙަލާއެއްގެ ވާހަކަ ލިޔުމުގައި ބާޔާންކުރެވިފައިވެއެވެ. އެއީ ކޮން ދެ މަރުޙަލާއެއް؟

2-      ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މުޅި ނަބީކަމުގެ ދަޢުވަތަށް ބާލާލާއިރު އެކަލޭގޭފާނުގެ ދަޢުވަތު ބެހިގެންދަނީ ކިތަށް މަރުޙަލާއަށް؟ އަދި އެއީ ކޮން މަރުޙާލާތަކެއް؟

3-      މުސްލިމުން ކުރެއްވީ ކިތަށް ހިޖުރަ؟

4-      ފާޅުގައި ދީނަށް ގޮވާލެއްވުމަށް ﷲ ތަޢާލާ އެންގެވި އާޔަތަކީ ކޮބާ؟

މފިލާވަޅުގެ  އެހެން ބައިތައް ބެއްލެވުމަށް