[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ (1)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކުޑަކުދިންގެ ވާހަކަތަކަށް އަޅުގަނޑުމެން ބަލާލައިފިކަމުގައިވާނަމަ، ގިނައިން ފެނިގެންދާނީ ޖާދުލާއި، ތަފާތު ޚުރާފީ ޝަޚްޞިއްޔަތުތައް އެކުލެވޭ ވާހަކަތަކެވެ. އަދި އެއިގެ ތެރެއިން ބައެއް ވާހަކަތަކަކީ ސީދާ އިސްލާމްދީނުގައިވާ ޢަޤީދާގެ މިންގަނޑުތަކާ ޚިލާފުވާހަކަތަކެކެވެ. އަދި އަނެއްބައި ވާހަކަތަކަކީ މާބޮޑު ޢިބްރަތެއްނުލިބޭ، ހަމައެކަނި ޚިޔާލީ ވާހަކަތަކެކެވެ. ކުޑަކުދިން ކިޔާ ވާހަކަތަކާއި، ލިޔުންތަކަކީ އެކުދިންގެ ވިސްނުމާގުޅޭ، އިސްލާމީ ގިއުގަނޑުގެ ތެރޭގައިވާ ވާހަކަތަކެއްތޯ ނުވަތަ ލިޔުންތަކެއްތޯ ބެލުމަކީ އެކުއްޖާގެ ބެލެނިވެރިންގެ ވަރަށް ބޮޑު ޒިންމާއެކެވެ.

މިފޮތަކީ ދިސަލަފިއްޔާ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ކުޑަކުދިންގެ ވާހަކަތަކުގެ ތެރެއިން 4 ވާހަކަ ޖަމާކޮށް ތައްޔާރުކޮށްފައިވާފޮތެކެވެ. އަޅުގަނޑުމެން މިވާހަކަތަކުގައި ބަލާފައިވާނީ ކުދިންނަށް ހަމައެކަނި ވާހަކައެއް ހުށަހަޅާލަދިނުމުގެ އިތުރަށް، ކުއްޖާއަށް ދީނީ މަޢުލޫމާތުތަކާއި، އަޚްލާޤީ ރިވެތި އަދަބުތައް  ވާހަކަތަކެއްގެ ސިފާގައި ފޯރުކޮށްދިނުމަށެވެ.

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިފޮތުގެ ފައިދާ އަޅުގަނޑުމެންގެ ދަރިންނަށް ފޯރުކޮށްދެއްވުމެވެ. އަދި މިވާހަކަތަކުން އެކުދިންނަށް ޢިބްރަތް ޙާޞިލުކުރުމުގެ ތަޥްފީޤު ދެއްވުމެވެ. އާމީން.

ފޮތުގެ ނަން:  ކުޑަކުދިންގެ ވާހަކަ (1)

ޞަފްޙާގެ ޢަދަދު: 54 ޞަފްޙާ (A5 ސައިޒް).

ފައިލް ސައިޒް: 3.36 mb

ފޮތް ޑައުންލޯޑުކުރައްވާ