ފަތުވާ: ކީރިތި ޤުރުއާން ކިޔަވާފައި އެކަމުގެ ޘަވާބު އެހެންމީހަކަށް ހަދިޔާކުރުން…
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾[سورة ص ٢٩]
މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެބައިމީހުން އެ ފޮތުގެ އާޔަތް ތަކުގެ މާނަތަކާމެދު ވިސްނާ ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެ) ހަނދުމަ ކުރުމަށެވެ.”