[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަބޫ ބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހު

އަބޫ ބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 573 ވަނަ އަހަރުއެވެ. އެކަލޭގެފާނުގެ ލަޤަބުފުޅަކީ އައްޞިއްދީޤްއެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ޤުރައިޝް ވަންހައިގެ ޢާއިލާއެއް ކަމުގައިވާ ބަނޫ ތަމީމް އަށެވެ. ބައްޕާފުޅަކީ އުޘްމާން ބިން ޢާމިރުއެވެ. އެކަލޭގެފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ އެވެ. އެކަލޭގެފާނަކީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވި ޞަޙާބީއެވެ. އަދި މީގެއިތުރުން އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ ޚަލީފާކަން 2 އަހަރާއި 3 މަސް ދުވަސް ވަންދެން ކުރެއްވިއެވެ. […]

ސިވާކް

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރުކަމެކެވެ.) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ.” –  ސިވާކަކީ އިރާކު ގަހުގެ މުލުން ނުވަތަ ގޮފިކޮޅަކުން ތައްޔާރުކުރެވިފައިވާ ދަނޑިކޮޅެކެވެ. –    ޢަރަބި ބަހުގައި “ސިވާކު” ގެ މާނައަކީ ދަތް އުނގުޅުމެވެ. އަދި އެއީ ސިވާކުގަހުގެ ދަނޑިކޮޅެއް ބޭނުން ކުރުމަށްވެސް ބުނެވޭ ބަހެކެވެ. –    އަލްއިމާމުއް […]

އަޅުގަނޑުމެންނަކަށް މިޕުލެނެޓް ޙިމާޔަތްނުކުރެވޭނެއެވެ.

الله سبحانه وتعالى އަހަރެމެން އިންސާނުން އުފައްދަވާފައި ވަނީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ. އެކަން ކީރިތި ޤުރުއާންގައި ވަރަށް ސާފްކޮށް ބަޔާން ކޮށްދެއްވާފައިވެއެވެ. އަދި އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި އަނބިދަރިން ނަރަކައިން ސަލާމަތް ކުރުމަށް އެއިލާހު ވަނީ އަމުރު ކުރައްވާފައެވެ. އަހަރެމެންގެ ނަފްސުތަކަށް ރައްކާތެރި ވުމަށް އެއިލާހު އަންގަވައެވެ. އެ ނަފްސު އެއިލާހު ނަހީ ކުރެއްވި ކަންތައްތަކުން ދުރުކޮށް ރައްކާތެރި ކުރުމަށެވެ. އެއިލާހު އަހަރެމެންނަށް ކުރުމަށް އަމުރު ކުރައްވާފައި ވަނީ އަހަރެމެންނަށް ކުރުމަށް ކުޅަދާނަވާ ކަންތައްތަކެވެ. އަހަރެމެންނަށް […]

ޤުރުއާނުގެ މާތްކަމާއި މަތިވެރިކަން

އެންމެ ހެޔޮ ބަހަކީ ﷲ ގެ ބަސްފުޅެވެ. ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަދި މުއުމިނުންގެ ދުސްތޫރެވެ. އަދި ތަޤުވާވެރިންގެ ރޫޙީ ޣިޛާއެވެ. އަދި ޢާލަމްތަކުގެ ހިދާޔަތެވެ. އަދި އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާއަށް ދެދުނިޔެ ބާއްޖަވެރިވެއްޖެކަން ކަށަވަރެވެ. އަދި އޭގެ ޢިލްމުން މަޙްރޫމް ވެއްޖެ މީހާ ދަންނައެވެ. ފަހެ އެތައް ހެވަކުން އޭނާ މަޙްރޫމްވެއްޖެކަން ކަށަވަރެވެ. […]

ތިމަންކަލޭގެފާނަށްފަހު އައު ނަބިއްޔަކުނުވެއެވެ.

އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ތިރީސް ( ބައެއް ރިވާޔަތްތަކުގައި ތިރީހާ ގާތްކުރާ ޢަދަދަކަށް) ދޮގުވެރިން ދައްޖާލުން ފާޅުފާނެތެވެ. އެއިން ކޮންމެ މީހަކުވެސް އެއީ ނަބިއްޔެއްކަމަށް ދެކޭނެތެވެ.

މުސްލިމުންގެ ހައިބަތު

މުސްލިމުން އެއްޚިލާފަތެއްގެ ދަށުގައި އުޅުނު ދުވަސްވަރެވެ. މުސްލިމުންގެ ޚަލީފާ މުޢުތަޞިމް އާދައިގެ މަތިން އޭނާގެ މަޖިލީހުގައި، މުސްތަޝާރުންނާއި ވާހަކަ ދައްކަވަން ހުންނެވި ވަގުތެކެވެ. ކުއްލިއަކަށް މަޖިލީހުގައި ތިބި އެންމެންގެ ލޯތައް ހުއްޓުނީ އޭޝިޔާއިން އައި މީހަކާ ދިމާލަށެވެ. ޚަލީފާއަށް ސަލާމްގޮވުމަށްފަހު، އޭނާ ބުންޏެވެ. ” އޭ މުއުމިނުންގެ އަމީރެވެ. އަޅުގަނޑު މި އައީ ޢައްމޫރިއްޔާއިންނެވެ. އެތަނުގެ ބާޒާރުން އަޅުގަނޑަށް މުސްލިމު އަންހެނަކު ފެނުނެވެ. އެއަންހެންމިހާ ރޫމީންގެ މީހެއްގެ އަތުން އެއްޗެއް ގަތުމަށްޓަކައި އޭނައާއި ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް […]

ސުވަރުގެއަށް އެދުންވެރިވާމީހުން

ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި، ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ.

ކައިވެނި ރުޖޫޢަކުރުން

ސުވާލު: ފުރަތަމަ ފަހަރު ވަރިކޮށްފައި ޢިއްދައިގާ އިންދާ ރުޖޫޢަ ކުރީއެވެ. ޢިއްދަ ހަމަނުވަނީސް ރުޖޫޢަކޮށްފައި އަނެއްކާ ދިމާވި ކަމަކާއި ގުޅިގެން ވަރިކުރީއެވެ. އޭރުވެސް ފުރަތަމަ ވަރީގެ ޢިއްދާ ހަމަ ނުވެއެވެ. ސުވާލަކީ މިމުއްދަތުގެ ތެރޭގައި އަލުން ރުޖޫޢަ ކުރެވިދާނެތޯއެވެ؟ الحمد لله والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين.ކޮންމެއަކަސް މިސުވާލުގެ ޖަވާބަށް ދިއުމުގެ ކުރީގައި މުހިއްމު ދެތިން ނުކުތާއެއް ފާހަގަކޮށްލާނަމަވެ. الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ:”مَنْ عَمِلَ […]