[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ކޮންދުވަހަކު؟

ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ ” އެއީ ތިމަންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުނު ދުވަހެވެ. ނުވަތަ ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވެވުނު ދުވަހެވެ.”

ތިބާ ވިސްނެވުންހުއްޓެއެވެ!

އޭނާގެ 25 ވަނަ އުފަންދުވަސް ފާހަކަ ކުރީ ވަރަށް ކުލަގަދަކޮށްވެ.
ނަމަވެސް އޭނާ އެއުފަންދުވަސް ފާހަގަ ކޮށްނިމުމަށްފަހު ގެއަށްގެންދެވުނީ އޭނާގެ ފުރާނަ ނެތް ހަށިގަނޑެވެ.

ޤުރުއާނުގެ ގޮންޖެހުން

ޢަދަބިއްޔާތަށް ލޯބިކުރާ މުސްލިމުން ހަމައެހެންމެ ޣައިރު މުސްލިމުން ވެސް ގަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނަކީ ޢަރަބި ބަހުގެ ޢަދަބިއްޔާތުގެ އެންމެ މަތީ ފަންތީގެ ފޮތެވެ.

ސައިޓުގެ ތަޢާރަފް

އެންމެހާ ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ނެތުމުގެ ތެރެއިން އަޅުގަނޑުމެން ޚަލްޤުކުރައްވާ، ޙައްޤުގެ މަގަށް އަޅުގަނޑުމެންނަށް ހިދާޔަތު ދެއްކެވި ﷲ ތަބާރަކަ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ ޙައްޤާއި ބާޠިލު ވަކިކޮށް ދެއްވުމަށްޓަކާ، ﷲ ތަޢާލާ ފޮނުއްވެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. ﷲ ތަޢާލާގެ ރަޙުމަތުން، އަޅުގަނޑުމެންގެ ޤައުމަކީ ދުނިޔޭގެ މުސްލިމް ބައެއް ޤައުމުތަކުގައި އޮންނަފަދަ ބާޠިލު ޢަޤީދާތަކެއް ފެތުރިފައިވާ ޤައުމެއް ނޫނެވެ. ނަމަވެސް ރާއްޖެއަށް ‘ހެޔޮ ބަދަލެއް’ގެ ނަމުގައި، މިއައި ބަދަލަށް […]

ތިބާގެ ލޯ ސަލާމަތުން ހުރިކަމައްޓަކައި ﷲ އަށް ޝުކުރުކުރިން ހެއްޔެވެ؟

ލޯފަން ކުއްޖާ : ތީ އަހަރެންގެ ބޯޑު ބަދަލު ކުރި މީހާތަ؟ ކޯޗެއްތަ އެގަ ލިޔުނީ؟
ފިރިހެންމީހާ : އަހަރެން ލިޔުނީ ތެދު. އަހަރެންވެސް ލިޔުނީ ހަމަ އޭގައި ކުރިން ލިޔެފަ އޮތް އެތި އެހެންނަމަވެސް ތަފާތު ގޮތަކައް.

މާގަދަޔަށް ހީނުހަދާށެވެ.

.ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ.
“ތިމަން ކަލޭގެފާނަށް އެނގިލައްވާއެއްޗެހި ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ ތިޔަބައިމީހުން ހުނީހީ މަދުންނެވެ. އަދި ވަރަށް ގިނައިން ތިޔަބއިމީހުން ރޮއެހަދާނެތެވެ”

ޣީބަ ބުނުމުން ސަލާމަތްވެ ތިބޭށެވެ

އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ.

ވަގުތު ފާއިތުވުމުގެ ކުރިން…

މަދުބަޔަކަށް މެނުވީ، ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތްތަކުން މަޙުރޫމުވުމުންނެވެ. ލޮލުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ލޯ ފަންވީމައެވެ. ސިއްޙަތުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ބަލިވީމައެވެ. އަދި ވަގުތުގެ ނިޢުމަތުގެ އަގުވަޒަން ކުރެވެނީ އެ ނިޢުމަތުން މަޙުރޫމުވުމުންނެވެ. އާދެ، މަރުވުމުންނެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

މުސްލިމު މުޖުތަމަޢުތަކުގައި ޢަބްދުﷲއާއި، ޢަބްދުރަޙްމާނާއި، ޚަދީޖާއާއި ޢާއިޝާ، ކާފިރުންގެ ޢީދުތައް ފާހަގަކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ. ‘ވެލެންޓައިންސްޑޭ’ އާއި ‘ބާރތުޑޭ’ އާއި ‘ނިއުޔާރ’ އާއި ކާފިރުންގެ އެހެނިހެން ޢީދުތައް މުސްލިމުން ފާހަގަކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ. ނަޞާރާއިންގެ އެންމެބޮޑު އެއް ޢީދު ކަމުގައިވާ ‘ކްރިސްމަސް’  މުސްލިމު މުޖުތަމަޢުތަކުގައި ފާހަގަ ކުރަމުންދާއިރު ތިބޭފުޅުން ހައިރާނެއް ނުވެއެވެ.