[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަން އިތުރުކޮށްދޭ ” ކެޓަލިސްޓް “

الحمد لله. والصلاة والسلام على محمد بن عبد الله صلى الله عليه وسلم ޤަބުރުސްތާނަކީ އަޅުގަނޑުމެން އެންމެވެސް ދާން ވަރަށް ފަސްޖެހޭ ތަނަކެވެ. އަދި ބައެއް މީހުންގެ ނަޒަރުގައި އެއީ ވަރަށް ދާން ފޫހި ތަނެކެވެ. ސަބަބަކީ ގަބުރުސްތާނުގައި ވަނީ ހަމަ އެކަނި ވަޅުލެވިފައިވާ މީހުން ތަކެކެވެ. ކަށްޓަށްވެފައިވާ ހަށިތަކެކެވެ.  އެއްވެސް ފުރާނައެއް ދިރުމެއްނެތް ޤަބުރުތަކެކެވެ. އަދި އެތަނަށް ޒިޔާރަތް ކުރުމުން ވާނެ މާބޮޑު ފައިދާއެއް ނެތް ކަމުގައި ބައެއް މީހުން ދެކެއެވެ. […]

ޔަހޫދީންގެ ލަނޑުދަނޑިތައް

މިބައިމީހުންގެ އެންމެ ބޮޑު ލަނޑުދަނޑިޔަކީ، މުޅި ދުނިޔޭގެ ވެރިކަން، ފަލަސްޠީނުގެ ބިމުގައި މިބައިމީހުން އުފައްދާފައިވާ ‘އިޒްރޭލު’ ގެ ބާރުގެ ދަށަށްގެނައުމެވެ.

ޔަހޫދީންގެ އަސަރު އިސްލާމްދީނަށް

ޢަބްދުﷲ ބުން ސަލާމް، ރަސޫލާއަށް ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ޔަހޫދީންނަކީ ދޮގުހަދާ ބައެކެވެ. ތިމަން އިސްލާމްވުމުގެ ޚަބަރު އެބައިމީހުން ދިނުމުގެ ކުރިން ތިމަންނައާ ބެހޭގޮތުން އެބައިމީހުންނާ ސުވާލުކުރައްވާށެވެ.”

ފާސިދުވެފައިވާ ޔަހޫދީންގެ ޢަޤީދާ

ޔަހޫދީން، މިބައިމީހުންގެ ޙައްޤު ދީން ބަދަލުކޮށް، އެދީނުގެ ތެރެއަށް ތަފާތު އެތައްކަމެއް ގެނެސްގަތެވެ. މިގޮތުން އަންނަނިވި ކަންތައްތައް މިބައިމީހުންގެ ޢަޤީދާގައި ފާހަގަކޮށްލެވެއެވެ.

މުދާހޯދަން މަސައްކަތްކުރުމުގެ މަތިވެރިކަން.

އިސްލާމްދީން ވަނީ މުދާ ހޯދުމަށްޓަކައި ވަރަށްބޮޑަށް ބާރު އަޅުއްވާފައެވެ. އަދި މުދާ ހޯދާނެ ޙަލާލު މަގުތައް ދައްކަވާފައެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވުމުން ހިތަށްއެރި ކޮންމެ ގޮތަކަށް މުދާ ހޯދުމަކީ އަޅުގަނޑުމެންނަށް ހުއްދަ ވެގެންވާ ކަމެއްނޫނެވެ.

ފުރުޞަތު ނަގާނުލަމާތޯއެވެ؟

އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތަކީ އާޚިރަތަށް ތައްޔާރުވުމަށްޓަކައި މަސައްކަތް ކުރަން އޮތް ތަނެވެ. ދާއިމީ ގޮވެތި ބިނާކުރަން އޮތް މަސައްކަތުގެ މައިދާނެވެ. އަޅުގަނޑުމެންގެ މަސައްކަތް ކަމުގައި ވާންޖެހޭނީ ﷲ އަށް އީމާންވެ ﷲ ގެ މަދަދަށް އެދި ހެޔޮ ޢަމަލު ކުރުމެވެ. އެ ދާއިރާގެ ބޭރުން އަޅުގަނޑުމެން ކުރާ ކަންތައްތަކަކީ ބާޠިލްވެގެންވާ ކަންކަމެވެ. އަޅުގަނޑުމެން މިއަދު ޢަމަލުގެ މައިދާނުގައި އުޅޭއިރު ވަރަށް ވެސް ހުޝިޔާރުވާންޖެހެއެވެ. ސަބަބަކީ، ހުޝިޔާރު ނުވެވިއްޖެ ކަމުގައިވަނީނަމަ އާޚިރަތް އަބާއްޖަވެރިވެގެން ހިނގައިދާނެތީއެވެ. ފަރުވާ ކުޑަކުރެވިއްޖެ ކަމުގައި […]

އުފާވެރި، ހިތްހަމަޖެހޭ، ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ކިހިނެއް؟

ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ.