[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ނިޔަފަތިތަކަށް ބަލާށެވެ

މާތްﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ނެތުމުގެ ތެރެއިން ޚަލްޤުތަކުން ޚަލްޤުކުރައްވާ، ފުރިހަމަ ޤަވާއިދާ ނިޒާމްގެ ދަށުން ކަންކަން ހިންގަވަމުންދާ އެންމެ ކުޅަދުންވަންތަ އިލާހެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ވާހަކަ ދައްކައި ކޮޅުން ނުލާހާ ގިނައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. މިގޮތުން މާތްﷲ ގެ ކުޅަދުންވަންތަކަމުގެތެރޭގައި އިންސާނާގެ ފަޔާއި އިނގިލިތަކުގައިވާ ނިޔަފަތިތައް ނުހިމެނި ނުދާނެ ކަމީ ޝައަކެތް އޮތް ކަމެއް ނޫނެވެ. ނިޔަފައްޗަކީ އޭގެ ޒާތުގައި ވަރަށް ޢަޖާއިބުކުރުވަނިވި ގޮތަކަށް […]

ނަބަވީ ބޭސްވެރިކަމުގެތެރެއިން – ޙިޖާމާ 1

ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ.

މުތެއް އުފެދި ބޮޑުވަމުން އަންނަގޮތް – މުސްލިމު އަންހެނުންނަށްވާ ޚުޠުބާއެއް

އަދި ވަރަށް ވަރުގަދަ އަދި އަސަރުން ފުރިގެންވާ، މީސްތަކުންގެ އިޙްސާސްތަކާ ކުޅެލާފަދަ ނަޞީޙަތެއް ދެއްވިއެވެ. އެމީހުންގެ ހިތުގައި އެމީހުންގެ ބިން ރައްކާތެރިކުރުމުގެ ޖޯޝާއި ޝައުޤު އުފެއްދިއެވެ.

ތައުޙީދުގެ ބައިތައް ކުރުގޮތަކަށް

މިއީ ދީނުގެ ފެށުމާއި ދީނުގެ ނިމުން ވެސްމެވެ. އަދި ދީނުގެ ބޭރުފުށާއި އެތެރެފުށަކީވެސް މިއީއެވެ. އަދި މިއީ ރަސޫލުބޭކަލުންގެ އެންމެ ފުރަތަމަ އަދި އެންމެފަހުގެ ދަޢުވަތުވެސްމެވެ. އަދި لا إله إلا الله ގެ މާނައަކީވެސް މިއީއެވެ.

ޢިލްމާއި، ޢިލްމުގެ އަހުލުވެރިންގެ މާތްކަން

ހަމަކަށަވަރުން ޢިލްމު އުނގެނުމަކީ ﷲ ސުބްޙާނަހު ވަތަޢާލާއަށް ވެވޭ ބިރުވެތި ކަމެކެވެ. އެއީ އަޅުކަމެކެވެ. އަދި ޢިލްމު ދިރާސާ ކުރުމަކީ ތަސްބީޙައެކެވެ. ޢިލްމު ހޯދާ އެ ޢިލްމު ލިބިގަތުމައްޓަކައި މަސައްކަތްކުރުމަކީ ޖިހާދެކެވެ. އެހެންމީހުނަށް އެ ޢިލްމު އުނގަންނާދިނުމަކީ ޞަދަޤާތެކެވެ.

ވައްހާބީން ؟ އެއީ ކޮންބަޔެއް؟

  އިހުގެ މާތް ޖީލުތައް ނުވަތަ ސަލަފުން ( ޞަހާބީންނާއި އެބޭކަލުންނާއި ތަބާވީ ޖީލުތައް ) ދެއްކެވި ނަމޫނާ އާއި އެއްގޮތްވާ ގޮތުގެ މަތީން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް އޮތް ވާޖިބެކެވެ. މިދެންނެވި އިހުގެ މާތް ޖީލުތައް ނަމުނާ އަކަށް ބަލައިގެން އުޅޭމީހުންނަށް ނިސްބަތްކޮށް ކިޔެނީ ސަލަފީން ނުވަތަ އަހްލުއްސުންނާ ވަލްޖަމާޢަތެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ގޮތުގައި ހައްޤުގޮތުގައި ހިފަހައްޓައިފ ކޮންމެ މީހަކުމެ […]