[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒައްރާތަކާއި ކާއިނާތާއިހުރި ގުޅުން.

މާތްﷲ މި ކައުނު އުފައްދަވާ، ކައުނިގައިވާ ކޮންމެ އެއްޗެއްވެސް ލައަވައިފަނީ އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެކަހަލަ ނިޒާމެއްގެ ދަށުންނެވެ. މާތްﷲ އެއްވެސް އެއްޗެއް ބޭކާރުގޮތުގައި ޚަލްޤެއް ނުކުރައްވައެވެ. މާތްﷲ ޚަލްޤު ކުރައްވާފައިވާ ކޮންމެ އެއްޗަކީވެސް އިންސާނުން އެކަމާއިމެދު ވިސްނައި ފިކުރު ކުރުމުގެ ބޭނުމުގައި މާތްﷲ ޚަލްޤު ކުރައްވާފައިވާ ތަކެއްޗެކެވެ. ކައުނުގައިވާ ކޮންމެ އެއްޗަކަށް ނަޒަރު ހިންގައިލި ކަމުގައިވީނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ކޮންމެ އެއްޗެއްވެސް ތަފާތު އެކި ބައްޓަން ތަކުގައި، ތަފާތު އެކި ބޭނުން ތަކަށް އެއެއްޗެއްގެ […]

ނަމާދުގައި ޚުޝޫޢަތްތެރިވުން 1

އަޅުކަންތައް މާތް ﷲ ޤަބޫލުކުރައްވަނީ ދެ ޝަރުތެއް އަޅުކަމެއްގައި ފުރިހަމަ ވުމުންނެވެ. އެއީ ﷲ އަށް ކުރެވޭ ޢިޚްލާޞްތެރި އަޅުކަމަކަށް ހެދުމާއި ޝަރުޢު ކުރެވުނު ގޮތަށް އެ އަޅުކަމެއް އަދާކުރުމެވެ. އިޚްލާޞްތެރި ނޫން ހިތަކަށް ޙަޤީޤީ މާނާގައި ޚުޝޫޢަތްތެރިއެއް ނުވެނޭއެވެ. ޚުޝޫޢަތްތެރިކަމަކީ ކޮބައިތޯއެވެ؟ ލުޣަވީގޮތުން (ބަހަވީ ގޮތުން) ޚުޝޫޢަތްތެރި ކަމަކީ މަޑުމޮޅިކަމާއި މަޑުމައިތިރިކަމާއި ހިތް ޚަލާޞްކުރުން ކަމުގައި ބުނެވިދާނެއެވެ. އިޞްތިލާޙުގައިވެސް މި ކަލިމައިގެ މާނަ މިގޮތަށް ނެގިދާނެއެވެ. ނަމަވެސް ކުޑަ ބަދަލަކާއެކުއެވެ. އިޞްތިލާޙީ ގޮތުން (ޝަރުޢީ ގޮތުން) […]

އަންހެންކުދިން ޚިތާނުކުރުމާމެދު އިތުރު ތަފްޞީލެއް….

އެއަޚުންނާއި އުޚްތުންގެ މަޤުޞަދަކީ، ބައެއް މީހުން ކަންތައް ކުރާހެން ދީނުގެ ޙުކުމްތަކާއި ދެކޮޅުހެދުންނޫންކަމާއި، ޙައްޤުގޮތް ހޯދުންކަން އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެތަންތަން އިތުރަށް ތިލަކޮށްލެވޭތޯ ބަލާނަމެވެ. މިކަމުގައި ބޭނުންކުރެވޭނެ ބައެއް ޢިބާރާތްތަކަކީ މަޖުބޫރުވެގެން ބޭނުންކުރާ ޢިބާރާތްތަކެއްކަމަށްވާތީ،

އެންމެ މުހިއްމު ކަންތައް

” وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللَّهَ وَاجْتَنِبُواْ الطَّاغُوتَ  ” (النحل : 36)  މާނަ: ” އަދި ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އުއްމަތަކަށްވެސް ރަސޫލުބޭކަލުން ފޮނުއްވީމެވެ. އެއީ ތިމަން އިލާހު އަށް އެކަނި އަޅުކަން ކުރުމަށާއި ތޯޣޫތުންނަށް ކާފަރުވެ ދުރުހެލިވުމަށްޓަކައެވެ. “ (ތޯޣޫތަކީ ﷲ ތަޢާލާ ފިޔަވާ މީސްތަކުން އަޅުކަންކޮށްއުޅޭ ކޮންމެ ފަރާތެކެވެ. ) މަތީގައި ބަޔާންކުރެވުނު އާޔަތަށް ނަޒަރުހިންގާލާއިރު ވަރަށް މުހިންމު ނުޤުތާއެއް ހާމަވެގެންއެބަ ދެއެވެ. […]