[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގެ ފަސް މަޤްޞަދުގެ ތެރެއިން ދީން

އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަކީ މީސްތަކުންގެ މަޞްލަޙަތުތައް ރައްކާތެރިކޮށް ދިނުމެވެ. އެހެނީ މިދީން އައުމުގެ ކުރީން މުލްޚިދުންވަނީ އެމީހުންގެ ކަންތައްތަކުގައި އެއްވެސް ގޮތެއްފޮތެއް ނެތިފައެވެ. އިމާމް ޢަޒާލީ ވިދާޅުވަނީ ޝަރީޢަތުގެ މަޤްސަދުތައް ފަސް ބަޔަކަށް ބެހިގެންވެއެވެ. މި ފަސް ކަމަކީ ސަމާވީ ހުރިހާ ދީންތައް ގޮވާލެއްވި ފަސްކަމެވެ. އަދި ހުރިހާ ނަބިއްޔުންނާއި ރަސޫލުން ( އާދަމް ޢަލައިހިއްސަލާމް އިން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއާއިހަމައަށް ) އެ ފަސްކަން ރައްކާތެރިކުރުމަށް ގޮވާލައްވާފައިވެއެވެ. މި ފަސް މަޤްސަދަށް ރައްކާތެރިވުމަކީ […]

އިންސާނާގެ މަރު 2

އިންސާނާގެ ހަށިގަނޑަށް ދިމާވާ ހުރިހާ ކަންތައްތަކެއް މިހެން ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ ﷲ އިރާދަ ކުރައްވައިފިނަމަ ހަށިގަނޑު އެގޮތަށް ނުބައި ނުވެވެސް އޮވެދާނެއެވެ. ނަމަވެސް ހަށިގަނޑު ނުބައިވުން އެއީ އަހަރުމެންނަށް ވަރަށް މުހިއްމު މެސެޖެއް ދޭކަމެކެވެ. އެއީ ކޮން މެސެޖެއްތޯއެވެ؟ އެއީ ކުރީގެ ދިރިއުޅުމަށް އެނބުރި ދެވޭނެ ހަމައެއްވެސް ގޮތެއް ދެނެއް ނޯންނާކަން ހާމަކޮށްދެއްވުމެވެ. ޢާއިލާގެ މެންބަރުންނާއި އެކު މޭޒުދޮށުގައި ކައިބޮއި ހެދުން، ދަތުރުގޮސް މަޖާކުރުން، ފައިސާ އެއްކުރުން މިއީ ދެން ހަމަ އެއްގޮތަކަށްވެސް ކުރެވޭނެ ކަންތައްތަކެއް […]

ޒުހުދުވެރިކަމުގެ ބައިތައް

އަދި މިހުރިހާކަމެއް އެކުލެވިގެންވާ ޒުހުދުވެރިކަމަކީ، ﷲތަޢާލާ ފިޔަވައި، އެހެން ހުރިހާ ފަރާތަކަށް ޒުހުދުވެރިވުމެވެ. (ހަމައެކަނި އެއިލާހުގެ ޙަޟްރަތުން ކަންކަމަށް އެދުމެވެ.) އަދި އެއިލާހުގެ މަތިން ހަނދުމަކުރުމުން އެއްކިބާކުރާ ހުރިހާ ކަމަކުން ޒުހުދުވެރިވުމެވެ.

ސިޔަރަތު ފިލާވަޅު 1

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد ތިރީގައި އަޅުގަނޑު ކުރުގޮތަކަށް ތިޔަބޭފުޅުންނަށް ހުށައަޅައިދޭން ގަސްދުކޮށްފައިވަނީ މި ދުނިޔެ ދުށް އެންމެ މާތް އިންސާނާ، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه و سلم ގެ ސިޔަރަތެވެ. ސިލްސިލާ ލިޔުންތަކެއް ގޮތުގައި ތިޔަބޭފުޅުންނަށް އެ މާތް ނަބިއްޔާގެ ސިޔަރަތު ކުރުގޮތަކަށް  އަޅުގަނޑު ހުށައަޅައިދެވޭތޯ މި މަސައްކަތްފެށީ د. […]

ޢަރުޝީގެ ހިޔާވަހިކަން…

الحمد الله والصلاة والسلام على نبينا وبعد: ޤިޔާމަތް ދުވަހަކީ، ހުރިހާ ޚަލްޤުތައް، މާތް ﷲ ގެ ޙަޟްރަތަށް ޖަމާކުރެވޭ  ދުވަހެވެ. އެދުވަހުގެ ބިރުވެރިކަމާއި ބެހޭގޮތުން ގިނަގުނަ އާޔަތްތަކާއި ޙަދީޘްތައް ވާރިދުވެގެން އައިސްފައިވެއެވެ. ނަމަވެސް، މި ލިޔުމުގައި، އެ އަޔާތްތަކާއި ޙަދީޘްތަކަށް ޢިޝާރާތްކުރުމުގެ ބަދަލުގައި، އެދުވަހުގެ ނުރައްކާތެރިކަމުން ސަލާމަތްކަން ލިބޭނެ ބައެއް ކަމަށް، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވައިފައިވާ ބައެއް މީހުންގެ ވާހަކަތަކަށް ބަލާލާނަމެވެ. މަޤްސަދަކީ، އެފަދަ މީހުންގެ ސިފަތަކަކީ ކޮބައިތޯ […]

ކައިވެނި (4 ވަނަ ބައި)

މިއުޞޫލުތަކަކީ އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގައި އެކުލެވިފައިނުވާ މުހިއްމު އުޞޫލުތަކެއްކަން މިކަމާމެދު ވިސްނާފިކުރުކުރާ މީހަކަށް އެނގިގެންދާނެއެވެ. ވުމާއެކު، މިމަތިވެރި އުޞޫލުތަކަށް ބޯލެނބުމަކީ އަޅުގަނޑުމެންގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެކެވެ.