[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަޙީޙުލް ބުޚާރީ

ޢިލްމުވެރިންގެ މެދުގައި މިފޮތް މަޝްހޫރުވެފައިވަނީ “ޞަޙީޙުލް ބުޚާރީ” ގެ ނަމުންނެވެ. ނަމަވެސް އިމާމް ބުޚާރީ ރަޙިމަހުﷲ ފޮތައް ދެއްވާފައިވާ ނަން ދަންނައެވެ. އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބުޚާރީ އެފޮތައް ދެއްވާފައިވާ ނަމަކީ…….

ޢަޤީދާ ފިލާވަޅު 2 (އަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

އަލްޢައްލަމާ ޙުއްޖަތުލް އިސްލާމް އަބޫ ޖަޢްފަރުއް ވައްރާޤުއް ޠަޙާވީ ރަޙިމަހުﷲ ތަޢާލާ މިޞްރުގައި ވިދާޅުވިއެވެ.

މިބަޔާންކޮށްދެނީ މިމިއްލަތުގެ ފިޤްހު ޢިލްމުވެރިންކަމުގައިވާ، އަބޫ ޙަނީފާ ނުޢުމާން ބިން ޘާބިތިލް ކޫފީއާއި، އަބޫ ޔޫސުފް ޔަޢްޤޫބު ބިން އިބްރާހީމުލް އަންޞާރީއާއި، އަބޫ އަބްދުﷲ މުޙައްމަދު ބިން އަލްޙަސަން އައްޝައިބާނީ (رضوان الله عليهم أجمعين) ގެ މަޛްހަބުގައި ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން (أهل السنة والجماعة) ގެ ޢަޤީދާއެވެ. އަދި ދީނުގެ އުޞޫލުތަކާމެދު އެބޭކަލުންގެ ޢަޤީދާއާއި ޢާލަމްތަކުގެ ވެރި ربّ އަށް އެބޭކަލުން ދީންވެރިވިގޮތެވެ.

ﷲގެ ރުހިވޮޑިގަތުން – ދެދުނިޔޭގެ ކާމިޔާބު

ﷲގެ ރުހިވޮޑިގަތުން ޙާޞިލުކުރުމީ، އޭނާގެ ދިރިއުޅުމުގެ މަޤްޞަދުކަމުގައި ހަދައި، އެގޮތް މަތީ ހެނދުންކޮށް ހަވީރުކުރާ މީހާ ދަންނާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ، އޭނާގެ ހުރިހައި ބޭނުންތަކެއް ފުއްދާނޭ މަގު ފަހިކޮށް ދެއްވާނެއެވެ. އަދި ކަންބޮޑުވާނެ ހުރިހާ ކަމަކުން އޭނާ ރައްކާތެރި ކުރައްވާނެއެވެ. އޭނާގެ ހިތް އެއިލާހަށް ލޯބިކުރުމަށް ޚާލިޞްކުރައްވާނެއެވެ. އޭނާގެ ދޫ އެއިލާހުގެ މަތިން ހަނދުމަކުރުމުގައި ލަހައްޓަވާނެއެވެ. އަދި އޭނާގެ ގުނަންތައް އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް، އަޅުކަންކުރުމުގައި މަޝްޣޫލު ކުރައްވާނެއެވެ.