[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝެއިޚުންގެ ކިބައިން ފަތުވާއަށް އެދޭމީހާގެ ހުންނަންޖެހޭ ޞިފަތަކަކީ ކޮބާ؟

ކޮންމެ ފަންނެއްގައިވެސް ، އެކަމަކާއި ބެހޭގޮތުން، އެކަމުގެ ޢިލްމުލިބިހުރި މީހަކާއި ސުވާލުކުރުމަށް ﷲ ތަޢާލާވަނީ އަންގަވާފައެވެ. އެގޮތުން އިސްލާމް ދީނުގެ ޙުކުމަކާއި މެދު އޮޅުންއަރައިފިނަމަ ނުވަތަ ސުވާލެއްކުރަން ބޭނުންވެއްޖެ ނަމަ އަޅުގަނޑުމެން ސުވާލުކޮށް އޮޅުފިލުވަން ދާންޖެހޭނީ ދީނީ ޢިލްމު ލިބިގެންހުރި ޝެއިޚެއްގެ ކައިރިއަށެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” فَاسْأَلُوا أَهْلَ الذِّكْرِ‌ إِن كُنتُمْ لَا تَعْلَمُونَ ﴿٤٣﴾ ” މާނަ: ” ތިޔަބައިމީހުންނަށް ނޭންގޭކަމުގައިވާނަމަ ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ. “ އެގޮތުން ޢިލްމުވެރިއެއްގެ […]

ނަމާދުގެ ޝަރުޠުތަކުގެ ތެރެއިން … (6)

ފަސްވަނައީ: ނިޔަތްގަތުން : ނަމާދުގެ ޝަރުޠުތަކުގެ ތެރޭގައި ނިޔަތްގަތުންވެއެވެ. ޢަރަބިބަހުގައި ނިޔަތު ގެ މާނައަކީ ޤަޞްދުކުރުމެވެ. ޝަރުޢުގައި ނިޔަތުގެ މުރާދަކީ، الله سبحانه وتعالى އާ ކުއްތަންވުމުގެގޮތުން އަޅުކަމެއްކުރުމަށް ޢަޒުމުކަނޑައެޅުމެވެ. ނިޔަތްގަންނާނީ ހިތުންނެވެ. ދުލުން ނިޔަތް ކިޔާކަށް ނުޖެހޭނެއެވެ. އަދިކިއެއްތޯއެވެ. ދުލުން ނިޔަތްކިޔުމަކީ ބިދުޢައެކެވެ. (އެބަހީ، ދީނަށް އަލަށް ވައްދާފައިވާ ކަމެކެވެ.) އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ މާތް ސަޙާބީން ދުލުން ނިޔަތް ވިދާޅުވެފައެއްނުވެއެވެ. ނިޔަތް ގަންނާނީ ކުރަން ބޭނުންވާ ނަމާދެއްކުރުމަށް ހިތުންނެވެ. މެންދުރުނަމާދުކަމުގައިވާނަމަ […]

ހުކުރު ޚުޠުބާގެ ދުޢާގައި އަތްއުފުލާނީތޯއެވެ؟

ހުކުރު ޚުޠުބާގައި އިމާމްމީހާ ދުޢާކުރާއިރު ދުޢާއަށް އަތްއުފުލުމަކީ ޝަރުޢުވެގެންވާކަމެއް ނޫނެވެ. ޚުޠުބާދޭމީހާވެސް އަދި އަޑުއަހަންތިބި މީހުންވެސް ދުޢާކުރަން އަތްއުފުލުމެއް ނުވެއެވެ. ޞަޙީޙް މުސްލިމްގައި ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީއެއްކަމުގައިވާ ޢުމާރަތަ ބުން ރުއައިބާ ރަޟިޔަﷲ ޢަންހު އަށް، ބިޝްރު ބުން މަރުވާން މިންބަރުމަތީގައި ދެއަތް އުފުލައިގެން ހުރިތަން ފެނިވަޑައިގެން ވިދާޅުވިއެވެ. “ތިދެއަތް ﷲ ހަޑިކުރައްވާށިއެވެ. (މިއީ ޢަރަބިން ނުރުހުމުގެ ގޮތުން ބޭނުންކޮށްއުޅޭ ޖުމްލައެކެވެ.) ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ (ޚުޠުބާދެއްވަނިކޮށް) ތިމަން ދުށީމެވެ. އެކަލޭގެފާނުގެ އަތްޕުޅުން […]