[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އާދަމް ޢަލައިހިއްސަލާމްގެ ދެކޮޅުހެއްދެވުމާއި ހަނދުމަފުޅުނެތުން

ފެށުން: މިއަދު އާރކެއޮލޮޖިސްޓުން ދަނީ ދުނިޔޭގައި ކުރީޒަމާނުގައި މީހުން އުޅެފައިވާ ތަންތަނާއި ސަރަހައްދުތައް ހޯދައި އެތަންތަންކޮނެ ދިރާސާތައް ކުރަމުންނެވެ. އަދި މިތަންތަނުން ކުރީގެ އުއްމަތްތަކުގެ މީހުން ގެންގުޅެފައިވާ ތަކެތިހޯދައި އެތަކެއްޗާއި ބެހޭ ތަހުލީލްތައްކޮށްހަދައެވެ. މީގެ ބޭނުމަކީ އަޅުގަނޑުމެންގެ ކާބަފައިން މިދުނިޔޭގައި އުޅެފައިވާގޮތް ދެނެގަތުމެވެ. އަދި އެބައިމީހުންގެ ޚަބަރުތަކާއި ޙާލަތްތައް ދެނެގަތުމެވެ. އެހެންނަމަވެސް މިފަދަ ދިރާސާތަކުން ކަންތައް ހިނގާފައިވާގޮތުގެ ޙަޤީގަތް ސީދާއެނގޭގޮތްވަނީ ވަރަށްމަދު ފަހަރެއްގައެވެ. އަދި ގިނައިން ހުންނަނީ ޙައްޤެއް ބާޠިލެއް ވަކިނުވާ ތިއަރީތަކެކެވެ. ހޯދައިނިމިފައިވާ ޙަޤީޤަތްތަކެއް ނޫނެވެ. […]

މަލާމާތްކުރިމީހުންގެ ސަޒާ

ﷲއަށާއި އެއިލާހުގެ އާޔަތްތަކަށާއި އެއިލާހުގެ ރަސޫލާއަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ ބިރުހުރިކަމެކެވެ. އެއީ އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ޢުޤޫބާތް ލިބިދާނެ ކަމެކެވެ.